ޑާކްރެއިން އެންޓަޓެއިންމެންޓުން 2020ވަނަ އަހަރު ރިލީޒްކުރުމަށް އަމާޒު ހިފާފައިވާ ފިލްމު “ނޮވެމްބަރު” ގެ ލާމު ޝޫޓިން ނިންމައިލުމަށްފަހު ފިލްމުގެ ތަރިންނާއި ކްރޫން މާލެ ގޮސްފިއެވެ.
ފިލްމު “ނޮވެމްބަރު” ގެ ޝޫޓިން ލ. އަތޮޅުގައި ކުރިއަށްގެންދިޔައީ 22 އޮކްޓޫބަރު 2019 އިން 25 އޮކްޓޫބަރު 2019 އަށެވެ. ފިލްމުގައި ހިމެނޭ މަންޒަރުތަކުގެ ތެރެއިން ލ. މާންދޫ ހޮރައިޒަން މަސް ފެކްޓްރީގައި ގިނަ މަންޒަރުތަކެއް ނެގިއެވެ. މީގެ އިތުރުން ލ. ކައްދޫ އިސްކަންދަރު އެއާބޭސް އާއި ލ. ފޮނަދޫގައިވެސް ބައެއް މަންޒަރުތައް ނެގިއެވެ.
ލާމު ބައެއް ރަށްރަށުގައި ފިލްމުގެ ޝޫޓިން ޖެއްސިއިރު ލިބިގެންދިޔަ އެއްބާރުލުން ފާހަގަކޮށް އެކަމުގައި ޝާމިލުވި ފަރާތްތަކަށް ފިލްމުގެ ޓީމާއި ޑާކްރެއިން އިން ޝުކުރުއަދާކުރާކަމަށް ޓީމުން ބުނެެެއެވެ.
ފިލްމުގެ ޝޫޓިން އަށް ލާމަށް ދިޔައީ ފިލްމުގެ ލީޑް ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާގެ އިތުރުން ފިލްމު “މާމުއި” އިން ތަޢާރަފުވި ޢާއިޝަތު ޔާދާ އަދި ބައިސްކޯފު ވެބް ސީރީޒް “ކަރުހަކުރު” ގައި ހަރަކާތްތެރިވާ ޢާއިޝަތު ޢަލީ އެވެ.

ފިލްމު ގެ މަންޒަރެއްގައި ޖުމަލް. ޔަދާ އަދި އައިޝާ
ފިލްމު ކްރޫގައި ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ)، ޑައިރެކްޓަރ އަދި ކެމެރާމަން ޢަލީ ޝިފާޢު (ޗިއްޕެ)، ކެމެރާމަން ޢަޙްމަދު ޝިނާން ގެ އިތުރުން މޭކަޕް އަދި ކޮސްޓިއުމްހަދާ ސޭންޑީ ހިމެނެެެއެވެ.
ފިލްމު “ނޮވެމްބަރު” ގެ ލާމު ޝޫޓިންގެ ތަފްޞީލް ރިޕޯޓެެއް މުނިއަވަސް މިރޭ ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

ވަރަށް ހަޑި ޚަބަރު ރެއް
ވަރަށް ހަޑި ކޮމެންޓެއް 😂