ކަސްރަތު ކުރުމަކީ މީހާގެ ހަށިގަނޑުގެ ދުޅަހެޔޮ ކަމާއި އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ނަމަވެސް ކަސްރަތު ކުރުމުގެ ތެރެއިން ހިފަހައްޓަންޖެހޭ ބައެއް އަޚްލާގު ހިފެހެއްޓުމުގައި އިހުމާލު ވެވޭނަމަ އެކަމުގެ ސަބަބުން ހަންގަނޑަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް އަންހެން ބޭފުޅުންގެ ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. މިކަމަށް ސަމާލުވުމުގައި އަންހެން ބޭފުޅުންގެ ދައުރު ވަރަށް ބޮޑެވެ.
އިންޑިއާގެ ކޮސްމެޓޮލޮޖިސްޓެއް ކަމަށްވާ އެސްޓެޓިކޯ – ދަ ފޭޝަލް ބަރ ގެ ފައުންޑަރ ސީމާ ނަންދަރ ހާމަ ކޮށްފައިވާ ގޮތުގައި ކަސްރަތު ކުރުމުގެ ކުރިންނާއި، ކަސްރަތުގެ ތެރެއިން، އަދި ކަސްރަތު ކުރުމަށްފަހު ހަންގަނޑަށް ސަމާލު ވުމަށްޓަކައި ކުރެވޭނެ ކަންކަން ހިމަނާލާނަމެވެ.
ކަސްރަތަށް ފެށުމުގެ ކުރިން އިސްތަށިގަނޑު އައްސާލުން
ކަސްރަތު ކުރަން ފެށުމުގެ ކުރިން މޫނު މައްޗަށް ވެއްޓިފައި ހުންނަ އިސްތަށި ތަކާއެކު އިސްތަށިގަނޑު އައްސާލާ ހައްޔަރު ކޮށްލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިސްތަށިގަނޑު ދޫކޮަށްލާފައި ބަހައްޓާނަމަ ދަލާއެކު މޫނަށް ފައިބާ، ބޮލުގައި ލާފައި ހުންނަ އެކި ޒާތުގެ ކްރީމްތަކުގެ ސަބަބުން މޫނުމަތީގެ ހަނގަނޑަށް ގެއްލުންތައް ކުރިމަތި ކުރެއެވެ. މި ސަބަބަށްޓަކައި އިސްތަށިގަނޑު ފަހަތަށް ވާގޮތަށް އައްސާލުމާއެކު ހެޑް ބޭންޑެއް ބޭނުން ކުރުން ވަރަށް ރަނގަޅުވާނެއެވެ. އިސްތަށިގަނޑު ކުރު ބޭފުޅުން ދަތި ޖަހައިގެން ނަމަވެސް އިސްތަށިގަނޑު ހައްޔަރު ކޮށްލުމަކީ ކަސްރަތަށް ފެށުމުގެ ކުރިން ކުރަން ވަރަށް މުހިއްމު ކަމެކެވެ.
މޫނުގައި އަތް ނުލުން
ކަސްރަތުކުރުމުގެ ތެރޭގައި ހިއްލާ ދާ އަތުން ފުހުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ޖިމްގައި ހުންނަ ތަކެތީގައި ނުވަތަ ކަސްރަތުކުރަން ބޭނުންކުރާ ތަކެތީގައި ބެކްޓީރިއާގެ އަސަރު ހުންނާނެއެވެ. ވުމާއެކު އެ ތަކެތީގައި އަތް ލާފައި އަތުން ހަންގަނޑު ފުހުމުން ބެކްޓީރިއާ އިންފެކްޝަނަށް މަގު ފަހިވެއެވެ. އޭގެ ބަދަލުގައި ދާ ފުހުމަށްޓަކައި ސާފު ތުވާލިކޮޅެއް ބޭނުން ކުރެވިދާނެއެވެ.
މޭކަޕް ކޮށްގެން ކަސްރަތު ނުކުރުން
ކަސްރަތު ކުރަން ފެށުމުގެ ކުރިން މޫނު ދޮވެލާ މޭކަޕްތައް ސާފު ކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. މޫނުގައި އުނގުޅާފައި ހުންނަ ތަފާތު އެއްޗިއްސާއި ދަލާ އެކުވުމުން މޫނުގެ ހަންގަނޑު ހަލާކުވުމަށް މަގު ފަހިވެއެވެ. އަދި ބޭރުގައި ކަސްރަތު ކުރާނަމަ ސަން ކްރީމެއް ބޭނުން ކުރުން ވަރަށް މުހިންމެވެ. އޭގެ ސަބަބުން އިރުގެ ހޫނުން ހަންގަނޑު ސަލާމަތް ކޮށްދެއެވެ. ބޭރުގައި (އިރުގެ ހޫނުގައި) ކަސްރަތު ކުރަން ފެށުމުގެ 15 ނުވަތަ 20 މިނެޓް ކުރިން ސަން ކްރީމް ބޭނުން ކުރާށެވެ. އޭރުން ހަންގަނޑުގެ ތެރެއަށް ކްރީމްތައް ވަނުމަށް ވަގުތު ލިބި ހަންގަނޑު ހިމާޔަތް ކޮށްދެއެވެ.
ކަސްރަތު ކުރުމަށްފަހު މޫނު ރަނގަޅަށް ސާފުކުރުން
ކަސްރަތުކޮށް ނިންމާލުމަށްފަހު ރަނގަޅު ފޭސް ވޮޝް އެއް ބޭނުންކޮށްގެން މޫނުގެ ދާތައް ރަނގަޅަށް ސާފުކުރުމުން މޫނުގެ ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރި ކޮށްދެއެވެ.
ހަށިގަނޑަށް ރައްކާތެރިވުން
ކަސްރަތު ކުރުމަށްފަހު ދާހިއްލާފައި ހުންނަ ހެދުމުގައި ގިނަ އިރު ހުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ހަށިގަނޑުން ބޭރުވާ ދަލާއެކު ބައެއް ވިހަ މާއްދާވެސް ބޭރުވާނެއެވެ. އެ ހުރިހާ ތަކެއްޗެއް ހަރުލާނީ ލައިގެން ހުންނަ ހެދުމުގައި ކަމުން ކަސްރަތު ކޮށް ނިންމުމަށް ފަހު ހެދުން ބާލައި ރަނގަޅަށް ފެންވަރައިގެން ސާފު އެހެން ހެދުމަކަށް ބަދަލުކުރުމަކީ ހަށިގަނޑުގެ ހަންގަނޑު ސަލާމަތް ކުރުމަށްޓަކައި ކުރަން ވަރަށް މުހިންމު ކަމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ