މިމަހު 29 ވަނަ ދުވަހު ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ ވެބް ސީރީޒް “ހުވާ“ގެ ދެވަނަ ސީޒަންގައި ކިތަންމެ ނިކަމެތި ގޮތެއް ވާންވެސް ތައްޔާރަށް ހުރި ކަމަށް އެ ސީރީޒްގެ ފުރަތަމަ ސީޒަންގައިވެސް އެންމެ ހާލުގައި އުޅޭ ކެރެކްޓާ ދެއްކި، ހުނަރުވެރި ފަންނާނު އާމިނަތު ރިޝްފާ މިއަދު ބުނެފިއެވެ.
“އުފާވެރި ދިރިއުޅުމަށް ކުރި ކުޑަކުޑަ އުއްމީދު، ތި އަނދިރިކަމުން ސަލާމަތްކުރަން އުޅެއުޅެ ގޮތްހުސްވެއްޖެ…. އަހަރެންގެ މާޒީގައި ކުރެވުނު ކުށެއް، ވަލު ޖަނަވާރެއް ޝިކާރަ ފަހާދުވާހެން އަހަރެންގެ ފަހަތުން … ކިތަންމެ ނިކަމެތިގޮތެއް ވާންވެސް ހަމަ ރެޑީ. ތިބާ އަށް ހަމައެކަނި ފެންނާނީ އަހަރެންގެ ހިނިތުންވުން، އަހަރެންގެ ރުއިމެއް ނުފެންނާނެ … ހުވާ-02” ރިޝްފާގެ ފޭސްބްކްގައި ޖަހާފައިވާ ސްޓޭޓަސް ގެ ޖުމްލަ މާނައިގައި ބުނަނީ މިހެންނެވެ.
ރިޝްފާގެ ސްޓޭޓަސް އަށް “ހުވާ“ގެ ޕްރޮޑިއުސަރު އަދި އެއް ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) ބުނީ ހިތްވަރުކުރެވޭތޯ ބެލުމަށާއި ޗެލެންޖް އެކްސެޕްޓްކޮށްފި ކަމަށެވެ. “ނިމުމަކާ ކައިރިވަންދެން އަހަރެން ތިބާ (ރިޝްފާ ނުވަތަ ޝައުނާ) ރޮއްވާނަން! ކަންބޮޑު ނުވޭ، ތިބާ ހުންނާނީ އެކަންޏެއް ނޫން، އޯޑިއަންސް ވެސް ތިބާގެ ހިތާމައާއި ތަދު ހިއްސާކުރާނެ.” ނަހޫގެ ސްޓޭޓަސް އިން ދޭހަވަނީ ސީޒަން ދޭއްގައި ޝައުނާގެ ދިރިއުޅުމަށް ލައްކަ ގިނަ ތޫފާންތައް އަންނާނެކަމަށެވެ.
“ހުވާ” ސީޒަން އެކެއްގައި ނިކަމެތި އާއިލާއެއްގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ‘ޝައުނާ’ގެ ރޯލު ކުޅުނު ރިޝްފާ ވަނީ ވަރަށް މޮޅު އެކްޓިން އެއް “ހުވާ”ގައި ދައްކާފައެވެ.
ހުނަރުވެރި ގިނަ ތަރިންތަކެއް ހިމަނައިގެން ބައިސްކޯފާއި ނަހުލާ ޕްރޮޑިއުސްކޮށް ގެނެސްދިން “ހުވާ” އަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ސީރީޒެކެވެ. “ހުވާ” އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ވެބްސީރީޒްއެވެ.
“ހުވާ” ޑައިރެކްޓްކުރީ މުޙައްމަދު ފައިސަލް އާއި ނަހޫއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
މިފަހަރު ފަސް މިނެޓު ދޯ