‏އިނގެރޭސި ލީގުގައި މިއަދު މެންޗެސްޓަރ ޔުނައިޓެޑް އަދި ބޯންމައުތު ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ބޯންމައުތު ކާމިޔާބުކޮށް މެންޗެސްޓަރ ޔުނައިޓެޑް ބަލިވުމުގެ ސިލްސިލާ އަށް ބޮޅެއް އިތުރުކޮށްދީފިއެވެ. 

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ހަމައެކަނި ގޯލް 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބޯންމައުތުގެ ޖޯޝުއާ ކިންގް އެވެ. ބޯންމައުތުގެ ޑިފެންޑަރު އެޑަމް ސްމިތު ހުރަސްކޮށްދިން ރީތި ބޯޅައެއް މެއިން، ކޮންޓްރޯލްކޮށް މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރު ބިސާކާ ބޯމަތިން ހިއްލާލުމަށްފަހު ކިންގް ވަނީ ގޯލްތެރެއަށް ފޮނުވާލާ ބޯންމައުތަށް 3 ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. 

މިއީ މެންޗެސްޓަރ ޔުނައިޓެޑް އިނގެރޭސި ލީގުގައި ކުޅުނު 11 މެޗުން ބަލިވި 4 ވަނަ ފަހަރެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.