ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އަދި ސައުތަމްޓަން ބައްދަލުކުރި މެޗު ފަހު ވަގުތުގައި ކައިލް ވޯކާ ޖަހައިދިން ގޯލުން 2-1 ގެ ނަތީޖާއަކުން އުނދަގޫ ގޮތަކަށް މޮޅުވެ ލީގު ހޯދުމަށް ކުރަމުން އަންނަ އުންމީދުތައް މެންޗެސްޓަރ ސިޓީ އިން ދަމަހައްޓައިފި އެވެ.
މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓުގައި ސައުތަމްޓަންގެ މިޑްފިލްޑަރ ސުޓުއާޓް އާމްސްޓްރޯންގް ފޮނުވާލި ހަމަލާ މެންޗެސްޓަރ ސިޓީ ގެ ކީޕަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި އަތުގައި ޖެހިފައި ބޭރަށް ނިކުތް ގަޑީގައި ޖޭމްސް ވާރޑް ޕްރޯސް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސައުތަމްޓަން އަށް ކުރި ހޯދައިދީފައެވެ. ފުރަތަަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއަކުން ސައުތަމްޓަން ކުރީގައި އޮވެގެންނެވެ.
މޮޅަށް ކުޅެމުންދިޔަ ނަމަވެސް ސައުތަމްޓަންގެ ފަހަތް ފޫއަޅުވާލުމަށް ފަހު މެންޗެސްޓަރ ސިޓީ އަށް ގޯލެއް ކާމިޔާބު ކުރެވޭގޮތްވީ ދެވަނަ ހާފުގައި މެޗުގެ 70 ވަނަ މިނެޓުގައެވެ. ކައިލް ވޯކާ ނަގައިދިން ހުރަހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯ އެވެ. މެންޗެސްޓަރ ސިޓީ ލީގު ހޯދުމަށް ކުރަމުން ގެންދާ އުންމީދުތައް ފަނޑުވެގެން ދިޔަ ނުދީ ހިފަހައްޓައި ދިނީ މެޗުގެ 86 މިނެޓުގައި ކައިލް ވޯކާ ކާމިޔާބުކޮށްދިން ގޯލުންނެވެ.
މި މެޗުން ހޯދި މޮޅާ އެކު ކުޅުނު 11 މެޗުން 25 ޕޮއިންޓް ހޯދައިގެން މެންޗެސްޓަރ ސިޓީ އޮތީ ތާވަލްގެ 2 ވަނައިގައެވެ. 1 ވަނައިގައި އޮތް ލިވަޕޫލް އާ މެންޗެސްޓަރ ސިޓީ އާ ދެމެދު 6 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނޮވެމްބަރު 10 ވަނަ ދުވަހު މި 2 ޓީމުގެ ބޮޑު ކުރިމަތިލުން ލިވަޕޫލް ދަނޑުގައި އޮންނާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި