މާމިގިލީގައި ޝޫޓްކުރަމުން އަންނަ ވެބް ސީރީޒް “ހަނާ”ގެ ވާހަކަ އަށް އެ ސީރީޒްގައި މުހިންމު ރޯލަކުން ފެނިގެންދާނެ އިބްރާހިމް ޖިހާދު (ޖިމީ) ވެސް ވަރަށް ބޮޑަށް ތަޢުރީފުކޮށްފިއެވެ. ސީރީޒްގެ ޕްރޮޑަކްޝަން މެނޭޖަރ ޢަލީ ރަޝީދު (ގޮޅާ) ގެ އަންހެނުން އާމިނަތު ރިނާޒާ ލިޔެފައިވާ “ހަނާ” ގެ ވާހަކައަށް މީގެ ކުރިން ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ވެސް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައި ވެއެވެ.
މާމިގިލީގައި ޝޫޓްކުރަމުން އަންނަ ވެބް ސީރީޒް “ހަނާ”ގައި ޖިމީ ގެ ބައިތައް ނިންމާލުމަށްފަހު އޭނާގެ ފޭސްބްކް ގައި ޖަހާފައިވާ ސްޓޭޓަސް އެއްގައި ބުނީ މިއީ ރިނާޒާގެ ވާހަކައަކަށް އޭނާ ކުޅޭ ފުރަތަމަ ޑްރާމާ ކަމަށާއި އެ ވާހަކައާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
“އައި ޖަސްޓް ލަވް ދަ ސްޓޯރީ. ޑްރާމާއަކަށް ހަމަ ސަޅި.” ޖިމީ ބުނެފައިވެއެވެ.

“ހަނާ” ގެ ޝޫޓިން ތެރެއިން – ފޮޓޯ: މުނިއަވަސް
“ހަނާ ޑްރާމާގެ އަޅުގަނޑުގެ ރޯލު ބުރަކޮށް އުޅެމުންވެސް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލަދެއްވީތީ ޑައިރެކްޓަރު އަމްޖަދު އިބްރާހިމް، ކެމެރާމަން އަދި ޕްރޮޑިއުސަރ ހުސެން ކިޑޫ (ކުޑަ ފޫޅު)، އެޑިޓަރ އަލީ ރަޝީދު އަދި ހުރިހައި ކާސްޓުންނަށް ވަރަށް ޝުކުރު. އަމްޖޭ އާއެކު ފުރަތަމަ މަސައްކަތް ވަރަށް ވެސް ރަނގަޅު އޮމާން މާހައުލެއްގަ ވަރަށް ވެސް ހީވާގިކަމާއެކު ނިންމާލަ ދިން. ކޫލް ޑައިރެކްޓަރެއް.” ޖިމީ ގެ ސްޓޭޓަސް ގައި ފާހަގަކޮށްފައި ވެއެވެ.
“ކިޑޫ އާ އެކުވެސް ފުރަތަމަ މަސައްކަތް، ހުރުމާ ކެއުމާ ހުރިހައި ކަމެއް ވަރަށް ވެސް ފުރިހަމަ. ހަމަ ބެސްޓް ޕްރޮޑިއުސަރެއް.” ވެބް ސީރީޒް “ހަނާ”ގެ ޕްރޮޑިއުސަރުގެ މަސައްކަތަށް ޑައިރެކްޓަރު އަމްޖޭ ތަޢުރީފުކޮށްފައި ވާއިރު، ޖިމީ ވެސް މިވަނީ ހަމަ އެ މޭރުމުން ތަޢުރީފުކޮށްފައެވެ.
“ކާސްޓުން އަޅުގަނޑުގެ ޝޫޓިން ވަކިން އަވަސްކޮށް ނިންމާލަދެއްވުމަށް ވެދެއްވި އެއްބާރުލުމަށް ވަރަށް ވެސް ބޮޑަށް ޝުކުރު އަދާކުރަން. ތެންކިޔު ސޯ މަޗް ގައިޒް. އައި އޭމް ރިއަލީ ރެޑީ ފޯރ އަދާ ޕްރޮޖެކްޓްސް ވިތު ޔޫ ގައިޒް.” އެހެން ޕްރޮޖެކްޓެއްގައިވެސް އެ ޓީމާއެކު މަސައްކަތްކުރަން ތައްޔާރަށް ހުރިކަން ފާހަގަކުރަމުން ޖިމީގެ ސްޓޭޓަސް ނިންމައިލިއެވެ.
ޖުމްލަ 13 އެޕިސޯޑްގެ “ހަނާ”ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ)، ގުލިސްތާނު، ނޫރާ، ޝަމީލް، ނިޝާ ހިމެނެއެވެ.
ވެބް ސީރީޒް “ހަނާ” ޝޫޓިންގެ 90 އިންސައްތައަށް ވުރެން ބޮޑު ބައި ނިމިފައިވާއިރު، ޑަބިން އާއި އެޑިޓިންގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށް ޕްރޮޑަކްޝަން މެނޭޖާ އަލީ ރަޝީދު މަޢުލޫމާތު ދެއެވެ.
މި ސީރީޒް ދައްކަން ފަށާނީ މި މަސް ތެރޭގައި ‘ބައިސްކޯފު’ އެޕް މެދުވެރިކޮށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!