ޒުވާން، އުންމީދީ ލަވަކިޔުންތެރިޔާ ހަޔާ އަޙްމަދު ޝިހާމް (ހައި)ގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވަ، “ވަގުތު” ލަވަފޮށްޓަށް ރިލީޒްކޮށްފި އެވެ. މިއީ ‘އިއްޔަ ރިކޯޑްސް‘ގެ ފުރަތަމަ އަންހެން ސިންގަލް ލަވައެވެ.
ހަޔާ ކިޔައިދީފައިވާ “ވަގުތު” ލަވައިގެ އޮރިޖިނަލް ރާގު ހެދީ މަޝްހޫރު މަޝްހޫރު ބީޓް ބޮކްސަރ އަކްރަމް އަދީލް ސައީދު (އަކޫ) އެވެ. މިއީ ‘އިއްޔަ ރެކޯޑްސް’ގެ ސީއީއޯ އާއިޝަތު އުލްޔާ މުޝްތާގް (އިއްޔަ) އަށް ހަދިޔާއެއްގެ ގޮތަށް ޚާއްޞަކޮށްދިން ރާގެއް ކަމަށް އިއްޔަ ރެކޯޑްސް އިން ބުނެއެވެ. ރާގަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އިއްޔަގެ ބައްޕަ މުސްތާޤް އެވެ.
ލަވައިގެ ލިރިކްސް ހެދީ ފަތީން އާއި އިއްޔަ އެވެ. މިކްސިން އަދި މާސްޓަރިން ހެދީ ސާޒް ސަޢީދު އެވެ.
”ޏ. ފުވައްމުލަކަށް އުފަން ހަޔާ އަޙްމަދު ޝިހާމް (ހައި) އަކީ ’އިއްޔަ ރެކޯޑްސް‘ އިން ސްކައުޓް ކުރަމުން ދަނިކޮށް ސޯޝަލް މީޑިއާގަ ކިޔާފަވާ ކަވަރ ސޯންގް ތަކުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ހުނަރުވެރި އަޑެއްގެ ވެރިއެއް މިއީ.“ ’އިއްޔަ ރެކޯޑްސް‘ އިން ނެރެފައިވާ ފުރަތަމަ އަންހެން ލަވައިގެ އަޑުގެވެރިޔާ އާމެދު ’އިއްޔަ ރެކޯޑްސް’ގެ ވެރިޔާ އާއިޝަތު އުލްޔާ މުޝްތާގް (އިއްޔަ) ބުންޏެވެ.
“މި ލަވަ ކިޔަން ފުރުޞަތު ލިބުމުން ވަރަށް ‘މިކްސްޑް އިމޯޝަންސް’ އިޙްސާސްވި. އެއީ ހައި ގެ ލައިފްގަ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށް ބަދަލުވީމަ. މިއީ އަހަރެންގެ ލަވަކިޔުމަށް އިތުރުވި މޭލުގަލެއް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އަހަރެންގެ އިތުރު ލަވަތައް އަންނާނެ.” މި ފުރުޞަތު ދިނީތީ ހިތުގެ އަޑިން އިއްޔަ ރެކޯޑްސް އަށް ޝުކުރުވެރިވާކަމަށް ބުނަމުން ހައި ބުންޏެވެ.
އިއްޔަ ރެކޯޑްސް އާއެކު ކުރިއަށް ދިއުމަށް ވިސްނަންތޯ މުނިއަވަސް އިން ހައި ކައިރީ އަހާލުމުން ބުނީ އިއްޔަ ރެކޯޑްސް ފަދަ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބަޔަކަށް އޭނާގެ ހުނަރު ފެނި، އޭނާއަށް ލަވަކިޔިދާނެ ކަމަށް ޤަބޫލުކުރެވި އޭނާގެ ލަވަކިޔުމުގެ ގާބިލިއްޔަތު ހުރިކަން ދައްކައިދިނީތީ ހައިރާންވެ ވަރަށް އުފާވެސްވި ކަމަށެވެ.
“އެންމެ ފަހުންވެސް ބުނެލާނީ، ހެލް ޔެސް.” ޒުވާން ލަވަކިޔުންތެރިޔާ ހައި ބުންޏެވެ.
ހަޔާ އަޙްމަދު ޝިހާމް (ހައި) އަކީ މިއުޒިކީ ދާއިރާއަށް އައު ފަންނާނެއް ނަމަވެސް، އޭނާގެ ހިތްގައިމު އަޑުން ކިޔާފައިވާ އެތަނެއް ލަވަތަކެއް އޭނާގެ ފޭސްބްކް އަދި ސައުންޑްކްލައުޑްގައި ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.
”ވަގުތު މި ލަވަ މިއީ ދެ ވާރޝަން އަކަށް ނުކުންނާނެ ލަވައެއް. މީގެ އަންހެން ވާރޝަން ހަޔާ ކިޔާފައި ވާއިރު، މި ލަވައިގެ ފިރިހެން ވާރޝަން ކިޔައިދޭނީ ދިވެހިންގެ ތެރޭގައި މަޝްހޫރު އަޑެއްގެ ވެރިއެއް.“ އިއްޔަ ބުނީ ”ވަގުތު“ ލަވައިގެ ފިރިހެން ވާރޝަންގެ އަޑުގެ ވެރިއަކީ ކާކުކަން އަދި ހާމަކުރަން ބޭނުންނުވާ ކަމަށެވެ.
ހަޔާ ގެ “ވަގުތު” އަޑު އަހައިލެވިއްޖެއެވެ. އަޑު އަހައިލަން ހިތްގައިމު އަޑަކުން، ހިތްގައިމު ރާގަކަށް ކިޔާފައިވާ ވަރަށް ހިތްގައިމު ލަވައެކެވެ. ވަގުތެއް ހޯދައިގެން “ވަގުތު” އަޑު އަހައިލުން ކިހިނެއްވާނެ ހެއްޔެވެ؟ މި ލަވަ އަޑުއަހައިލެވޭނީ ހަމައެކަނި ‘ލަވަފޮށި’ އެޕް މެދުވެރިކޮށްކަން އަދި އެއްފަހަރު ހަނދާންކޮށްދެމެވެ.
ކުށް ފިލުވީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!