ރެޕް އާޓިސްޓެއްގެ ގޮތުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެއް ކަމަށްވާ ޔާސިފް މުހައްމަދު (ޔެސީ) ޑައިރެކްޓުކޮށް ބައިސްކޯފުން އުފައްދާ ކޮމެޑީ ފިލްމު “5.1” (ފައިވް ޕޮއިންޓް ވަން) ގައި އަޙްމަދު އިފްނާޒް ފިރާޤް (އިފްނާޒް) ހަރަކާތްތެރިވާކަން އެނގޭހެއްޔެވެ؟
އައި ފިލްމްސްގެ ސަސްޕެންސް ތްރިލާ “ބަވަތި” އިން ފިލްމީ ދާއިރާއަށް ތަޢާރަފުވި އިފްނާޒް އެ ފިލްމުން ފެނިފައިވަނީ ވަރަށް އޯގާތެރި ފިރިއެއްގެ ރޯލުންނެވެ. އިފްނާޒްގެ އޯގާތެރިކަމާ އެއްވަރަށް ފިލްމުގެ ލޮނު އިތުރަށް ހެޔޮވަރުކޮށްދީ ވަރަށް ހުނަރުވެރި ކަމާއެކު ބެލުންތެރިން ހެއްވައިލަ ދިނީ ސަކަ މިޒާޖެއް ހުންނަ އިފްނާޒެވެ.

ޔެސީ ގެ ކޮމެޑީ ފިލްމު “5.1”ގެ ޕޯސްޓަރެއްގައި އިފްނާޒް – ފޮޓޯ: 5.1 ދަ މޫވީ ފޭސބްކް ޕޭޖް
ފިލްމުގެ 40 އިންސައްތަ ޝޫޓިން މިހައިތަނަށް ނިމިފައިވާ “5.1”ގެ ލީޑް ކުޅެނީ އިފްނާޒް އާއި އިރުފާނާ އިބްރާހިމް (އިރޫ) އެވެ. މީގެ އިތުރުން އައިންތު އާއި ނުޒުހަތު ޝުޢައިބް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
މީގެ އިތުރުން ޓިކްޓޮކްގެ ރާނީ ފާތިމަތު ޝަޒީލާ (ޝަޒީ)، ސުނީ، ރިޝްފާ، ސަދާ، އުޝާ، ހަމްދާން ފަދަ ތަރިންގެ އިތުރުން، އިތުރު ތަރިންތަކެއްވެސް އެ ފިލްމުން ފެނިގެން ދާނެއެވެ.
މީގެ މަހެއް ހައި ދުވަސް ކުރިން މަސައްކަތް ފަށާފައިވާ ކޮމެޑީ ފިލްމު “5.1” އަކީ ބައިސްކޯފާއި ގުޅިގެން އުފައްދާ ފިލްމެކެވެ.
ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ސިނަމާއަށެވެ. އެހެން ނަމަވެސް ފިލްމު ރިލީޒިންއަށް ފަހު ބައިސްކޯފުން ވެސް ފިލްމު ފެނިގެންދާނެ ކަމަށް ފިލްމު ޑައިރެކްޓްކުރާ ޔެސީ ބުނެފައިވެއެވެ.
ބައިސްކޯފު މޫވީސްގެ މި އުފެއްދުމަކީ ހުރިހައި އުމުރު ފުރާއެއްގެ މީހުންނަށް ވެސް ބަލައިލެވޭ ގޮތަށް ހަދާ ކޮމެޑީ ފިލްމެކެވެ.

ޔެސީ ގެ ކޮމެޑީ ފިލްމު “5.1”ގެ ޕޯސްޓަރެއްގައި އިރޫ އާއި އައިންތު – ފޮޓޯ: 5.1 ދަ މޫވީ ފޭސބްކް ޕޭޖް
ކުށް ފިލުވީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު