ސްޕެއިންގެ ލަލީގާ ގައި ރޭ ބާސެލޯނާ އަދި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު 4 – 1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އަލުން ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ ވަނީ މެޗުގައި ލިބުނު ދެ ހިލޭ ޖެހުން ކާމިޔާބުކޮށް، މި ސީޒަނުގައި އޭނާގެ ފުރަތަަމަ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މެޗުގެ ފުރަތަަމަ ގޯލް ފެނިގެންދިޔައީ 23 ވަނަ މިނެޓުގައެވެ. މި ގޯލު ބާސެލޯނާ އަށް ކާމިޔާބުކޮށްދިނީ ސެލްޓަ ވީގޯގެ ކުޅުންތެރިއެއް އަތުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ޖެހުމުން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި މެސީ އެވެ. ނަމަވެސް ފުރަތަަމަ ހާފް ނިމެން އުޅެނިކޮށް މެޗުގެ 42 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ސެލްޓަ ވީގޯގެ ލޫކަސް އޮލާޒާ ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ތިން މިނެޓު ފަހުން 45 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށްދީ މެސީ ވަނީ ބާސެލޯނާ އަށް އަނބުރާ ކުރި ހޯދަދީފައެވެ.
ދެވަނަ ހާފު ފެށުނުތަނާ މެޗުގެ 48 ވަނަ މިނެޓުގައި ބާސެލޯނާ އަށް އަނެއްކާވެސް ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށް މެސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ގޯލާއެކު ކުޅުނު ހަތް މެޗުން އަށް ގޯލް ކާމިޔާބުކޮށް މެސީ ވަނީ ލަލީގާގެ ގޯލުގެ ޗާޓުގެ ދެވަނަ އަށް ޖެހިލާފައެވެ. އަދި މި ހެޓްރިކާ އެކު މެސީ ވަނީ ލަލީގާގައި އެންމެ ގިނަ ހެޓްރިކްގެ ރެކޯޑާ އަރާ ހާމަކޮށްފައެވެ. 34 ހެޓްރިކާ އެކު މި ރެކޯޑް އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. ބާސެލޯނާގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ މެޗު ނިމެން އުޅެނިކޮށް 85 ވަނަ މިނެޓުގައި ސާޖިއޯ ބުސްކެޓްސް އެވެ.
ރޭ އެއިބާ ގެ މައްޗަށް 4 – 0 ގެ ނަތީޖާއަކުން ކުރިހޯދައިގެން ރެއާލް މެޑްރިޑް ވަގުތީ ގޮތުން ތާވަލުގެ އެއް ވަނައިގައި އޮތް ނަމަވެސް ބާސެލޯނާ މޮޅުވުމުން އެ ޓީމު ވަނީ ދެވަނައަށް ވެއްޓިފައެވެ. ރެއާލް މެޑްރިޑްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ބެންޒީމާ، ސާޖިއޯ ރާމޯސް އަދި ވަލްވާޑޭ އެވެ. ރެއާލް މެޑްރިޑް އަދި ބާސެލޯނާގެ އެލް ކްލެސިކޯ މެޗު ލަސްކުރުމުން އެ ދެ ޓީމު ކުޅެފައިވަނީ އެއް މެޗު މަދުންކަން ފާހަގަކޮށްލެވެއެވެ.
ކުށް ފިލުވީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި