ކުރިއަރަމުން އަންނަ ރެކޯޑް ލޭބަލް އިއްޔަ ރިކޯޑްސް‘ އިން އުފެއްދި ތިންވަނަ ވީޑިއޯ ލަވަ “ވަގުތު”ގެ ވީޑިއޯ މިއަދު ރިލީޒްކޮށްފިއެވެ.

“ވަގުތު” ލަވަ ރިލީޒްކުރުމާއެކު ލަވަ ބަލަން ފެށީ އުންމީދީ ލަވަކިޔުންތެރިޔާ ހަޔާ އަޙްމަދު ޝިހާމް (ހައި)ގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވައި ވީޑިއޯ ބަލައިލުމަށެވެ. އަސަރުގަދަ ހާދިސާއެއް ސިފަކޮށްދެމުން ހަމޫދު ހަދާފައިވާ ތިންވަނަ ޑައިރެކްޝަން ބަލައިލުމަށެވެ.

ލަވަ ނިންމައިލީ ‘ޓު ބީ ކޮންޓިނިއުޑް..’ އަރުވަމުންނެވެ. ދެން އެއަށްފަހު ލިބުނީ ސަޕްރައިޒެކެވެ.

17 ޑިސެމްބަރު 2018 ގައި ރެޖިސްޓްރީކޮށްގެން ހިންގަންފެށުމުގެ މާކުރިންވެސް ފިލްމާއި މިއުޒިކީ ދާއިރާގެ ގިނަ ފަންނާނުންތަކެއް މުނިއަވަސް ބަލައިގަތެވެ. މުނިއަވަސް އިން ވެސް އައީ ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަމުންނެވެ. އަލަށް މި ދާއިރާތަކަށް ނުކުންނަ ފަންނާނުންނަށް ޚާއްޞަ އިސްކަމެއްދިނީ ހިންދެމިލަން ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަން މުނިއަވަސް ޓީމަށް ރަނގަޅަށް އެނގޭތީއެވެ.

ރެކޯޑް ލޭބަލްއެއްގެ ގޮތުގައި ‘އިއްޔަ ރިކޯޑްސް‘ ނުކުތުމާއެކުހެން މުނިއަވަސް އަށް ހުށައެޅުމެއް ލިބުނެވެ. އެމީހުންގެ ޚަބަރެއް ޖަހައިދިނުމަށެވެ. ފުރުސަތުދިނީ ކުރިން ދެންނެވި ސަބަބަށްޓަކައެވެ. ކޮންމެއަކަސް އޭގެ ފަހުން، އުފެދިގެން އައީ ގާތް ގުޅުމެކެވެ. ފަންނުވެރިކަމުގެ ލޯބީގެ ގުޅުމެއްގެ ވާހަކަ އެއްސެވިންތޯއެވެ. އަޅުގަނޑުމެންގެ ދެމެދުގައި އޮތީ އެފަދަ ގުޅުމެކެވެ. އެއްކަލަ ސިޔާސަ ސިޔާސީ ބޭފުޅުން ކިޔާހެން އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ހޯދައިގެން ކުރިއަށް ދިއުމުގެ ޖޯޝާއެކުގައެވެ.

ސަޕްރައިޒެއްގެ ވާހަކައިން މި ފެށި ދަތުރުގެ މިސްރާބު އޮޅުނީއެއްނޫން އިނގޭތޯއެވެ. އެހެން ކަމަކަށް ވަގުތުކޮޅެއް ދެވުނީ އިނގޭތޯއެވެ. ވަގުތަކީ އެންމެ މުހިންމެ އެކައްޗަށް ވަނީވެސް އެހެންވެއެވެ. އެހެންކަމުން ހަޔާގެ “ވަގުތު”ގެ މަތިން ހަނދާންކޮށްލަމާ ހިނގާށެވެ.

ހަޔާ ކިޔައިދީފައިވާ ”ވަގުތު“ ލަވައިގެ ވީޑިއޯ ނިމިގެން، ‘އިއްޔަ ރިކޯޑްސް‘ ގެ ލޯގޯގެ ވެސް ކުރިއަށް، ފެނިގެންދިޔައީ މުނިއަވަސްގެ އެނިމޭޓެޓް ލޯގޯއެވެ. ‘އިއްޔަ ރިކޯޑްސް‘ ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް ކަމަށް ލިޔެފައި އޮތެވެ. އަންތަރީސްވީ، ސަޕްރައިޒްވީ މި ސަބަބާހުރެ އެވެ.

މަޝްހޫރު މަޝްހޫރު ބީޓް ބޮކްސަރ އަކްރަމް އަދީލް ސައީދު (އަކޫ) ގެ އޮރިޖިނަލް ރާގަކަށް ހަޔާ ކިޔައިދިން “ވަގުތު” ލަވައިގެ ވީޑިއޯއާއެކު ‘އިއްޔަ ރިކޯޑްސް‘ގެ އޮންލައިން މީޑިއާއަކީ މުނިއަވަސްކަން އިއުލާނުކުރެވިގެން ދިޔައީއެވެ.

އިއްޔަ ރިކޯޑްސް‘ އާ މުނިއަވަސް އާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ނިންމުން އެ ރެކޯޑްސް އިން މުނިއަވަސް އަށް އެ އެންގީ ސަޕްރައިޒެއްގެ ގޮތުގައެވެ. ވަރަށް ޝުކުރުވެެރި ވަމުން، މުނިއަވަސް އިން ވެސް ކަމަރު ބަނދެލައިގެން މި ތިބީ ‘އިއްޔަ ރިކޯޑްސް‘ ކުރިއެރުވުމަށެވެ. އެ ލޭބަލް އާއި ގުޅިފައިވާ ފަންނުވެރިން ކުރިއެރުވުމަށެވެ.

ފަތީން އާއި އިއްޔަ ލިރިކްސް ހެދި ލަވައިގެ މިއުޒިކު ހެދީ މާއިޝް އާއި ޝާޒް އެވެ. މިކްސިން އަދި މާސްޓަރިން ހެދީ ސާޒް ސަޢީދު އެވެ. ވީޑިއޯ ލަވައިގެ ޑައިރެކްޝަން ހެދީ މަޤްބޫލު ލަވަކިޔުންތެރިޔާ ހަމޫދު އަޙްމަދު އެވެ. ވީޑިއޯ އިން ފެނިގެންދަނީ ހަޔާ އާއި ފަތީން އެވެ.

ވަގުތު މި ލަވަ މިއީ ފިރިހެން ވާޝަން އެއްވެސް ނެރުމަށް ނިންމާފައިވެއެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.