ބައިނަލްއަޤްވާމީ މުބާރާތަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ރޭ ފިލްމީދާއިރާއިން ހާސިލްކުރީ ފިލްމީތަރި ރިޝްމީ ރަމީޒެވެ.
އެންމެފަހުން ރިޝްމީއަށް މެޑަލްއާއި ހަނދާނީލިޔުމަކާއެކު އޭނާގެ ހައްޤު ލިބުނީއެވެ. 2017 ވަނަ އަހަރު އެކި ޤައުމުތަކުން ހުށަހެޅި 16 ފީޗާ ފިލްމާއި ވާދަކޮށް، ފިލްމް ވިޝްކާއިން ސާކްގެ އެންމެ މޮޅު ބަތަލާއަށް ރިޝްމީ ހޮވުމަކީ މިއެވޯޑް ރިޝްމީއަށް ހައްޤުވާކަމުގެ ހެއްކެކެވެ.
ފިލްމީ އާއިލާއަކަށް އުފަން ރިޝްމީ މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވެއެވެ.

ސާކް އެވޯޑާއެކު ރިޝްމީ – ފޮޓޯ: ރިޝްމީގެ ފޭސްބްކް
މިހާރު ގިނައިން ސްކްރީންގެ ފުރަގަހުގައި މަސައްކަތް ކުރަމުން އަންނަ ރިޝްމީއަކީ ހަމައެކަނި މޮޅު އެކްޓަރެއް އެކަންޏެއްނޫނެވެ. ހިތްތައް ކަތިލާފަދަ ކުޅަދާނަ ނެށުންތެރިއެއްވެސްމެއެވެ. ތަފާތު ދައްކުވައިދެމުން އަންނަ ޒުވާން ޑައިރެކްޓަރެއްވެސްމެއެވެ.

ލިބުނު ކާމިޔާބީއާ ގުޅިގެން ރިޝްމީ އިންސްޓަގްރާމް ކުރި ޕޯސްޓެއް
މިވަގުތު ރިޝްމީ ހަރަކާތްތެރިވަމުން އަންނަނީ ބައިސްކޯފުގެ މަޝްހޫރު ސީރީޒް އެހެނަސް-02 ގެ ޝޫޓިންގައެވެ. ސީރީޒްގެ ފުރަތަމަ ސީޒަން ނިމުނު މަންޒަރުން ރިޝްމީ ފެނުނީ ޝާއިރާގެ ކެރެކްޓާއިންނެވެ.
ރިޝްމީއަށް ތިޔަލިބުނު ކާމިޔާބީއަށް މުނިއަވަސް ފަޚްރުވެރިވަމެވެ. މަރުޙަބާ ކިޔަމެވެ. އެދެނީ އަބަދުވެސް ކާމިޔާބީއަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.