އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް އަތުން 3-1 ގެ ނަތީޖާއަކުން އަކުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ ވީ
އޭ.އާރު (ވީޑިއޯ އެސިސްޓެންޓް ރެފްރީ) ބޭނުންކޮށް ގެން ރެފްރީން ނިންމި ނިންމުންތަކާ މެދު ކުޅުންތެރިންގެ ހިތްހަމަނުޖެހުމުގެ ޝުޢޫރުތައް ފާޅުކުރުމަށް މީސްމީޑިޔާ ބޭނުން ނުކުރުމަށް އިރުޝާދު ދީފައިވާނެކަމަށެވެ.
ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެން ދިޔަ މި ފޯރިގަދަ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލް މެޗުގެ ހަވަނަ މިނެޓުގައި ކާމިޔާބުކުރީ އޭގެ ސިކުންތު ކޮޅެއް ކުރިން މެންޗެސްޓަރ ސިޓީގެ ބާނާޑޯ ސިލްވާ ނެގި ހުރަހެއް ލިވަޕޫލްގެ ޑިފެންޑަރު އެލެކްސެންޑާ އާނޯލްޑް ގެ އަތުގައިު ޖެހުނުކަމަށް ސިޓީގެ ކުޅުންތެރިން ރެފްރީ ގާތުގައި ޝަކުވާ ކުރަމުންދަނިކޮށެވެ. އެ ގޯލަށްފަހު ވީ.އޭ.އާރު (ވީޑިއޯ އެސިސްޓެންޓް ރެފްރީ) ބޭނުންކޮށްގެން ޗެކް ކުރުމަށް ފަހު ރެފްރީ ނިންމާފައި ވަނީ ޕެނަލްޓީއެއް ނޫންކަމުގައެވެ.
މެޗުގެ ފަހުކޮޅުގައި ސިޓީގެ މިޑްފިލްޑަރ ރަހީމް ސްޓާލިން ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ޑިފެންޑަރ އެލެކްސެންޑާ އާނޯލްޑް އަތުގައި ޖެހުމުން އެއީވެސް ޕެނަލްޓީއެއް ނޫންކަމުގައި ރެފްރީ ވަނީ ނިންމާފައެވެ. އަދި ޕެނަލްޓީ އޭރިޔާ ތެރެއިން ސިޓީގެ މިޑްފިލްޑަރ ރަހީމް ސްޓާލިން އަށް ކުރި ފައުލަކީ ޕެނަލްޓީއެއް ކަމަށް މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން ޝަކުވާ ކޮށްފައި ވެއެވެ. ލިވަޕޫލްގެ ދެވަނަ ގޯލް ސަލާހް ކާމިޔާބުކުރީ އޮފްސައިޑް މަގާމެއްގައި ހުރެ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެފައިވެއެވެ. ނަމަވެސް ވީ.އޭ.އާރު ބޭނުންކޮށްގެން ރެފްރީ އެ ގޯލު ރަނގަޅުތޯ ބަލާފައި ނުވެއެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ވަނީ ރެފްރީގެ ނިންމުންތަކަށް އެއްޗެއް ބުނުމަށް ދެކޮޅު ހަދާފައެވެ. “ތިޔަ ސުވާލު ރެފްރީންގެ ކައިރީގައި ނުވަތަ ޕްރިމިއަރ ލީގުގެ ވެރިން ކައިރީގައި އަހާ. އަހަރެން ކައިރީގައި ނާހާ. މެޗުގެ ރެފްރީ މައިކަލް އޮލިވަރ ކައިރީގައި އަހާ. އަދި ވީ.އޭ.އާރު ޗެކްކުރި އޮފިޝަލުން ކައިރީގައި އަހާ.” ގާޑިއޯލާ ބުންޏެވެ.
މެޗު ނިމުމަށްފަހު ރެފްރީންނާ ސަލާމްކޮށް ގާޑިއޯލާ ޝުކުރު އަދާކުރީ މަލާމާތެއް ކޮށްލުމަށްތޯ ނޫސްވެރިން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ ” ނޫން. އަހަރެން ވަރަށް ބޮޑަށް ޝުކުރިއްޔާ އޭ ބުނީ މަލާމާތް ކުރުމުގެ ނިޔަތުގަ އެއް ނޫން. އަހަރެން އަަބަދުވެސް ރެފްރީންނާ އަދި މި ދާއިރާގެ އެހެން މީހުންނާ ވާހަކަދައްކާ ހަދާއިރު ޝުކުރިއްޔާއޭ ބުނެ އަދި ރަނގަޅު ކާމިޔާބަށް އެދެން.”
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި