ގިނަ އަދަދެއްގެ ދިވެހި ފީޗާ ފިލްމުތަކެއް ދިވެހި ވީޑިއޯ ސްޓްރީމިން އެޕް ބައިސްކޯފުން ރިލީޒްކުރަމުންދާއިރު، މި މަހަކީ ވަރުގަދަ ތިން ފިލްމެއް ބައިސްކޯފަށް އަންނާނެ މަހެކެވެ. އެގޮތުން ރިލީޒްނުވެ ގިނަ ދުވަސްތަކަކަށް ދެމިގެން ގޮސްފައިވާ ފިލްމު “މާޔޫސް” ވެސް މިމަހު ބައިސްކޯފަށް އަންނާނެ ކަަމަށް ވަނީ ބުނެފައެވެ.
ބައިސްކޯފަށް އެއް އަހަރު ފުރެނީ މިމަހުގެ 12 ވާ އަންގާރަ ދުވަހުއެވެ. ބައިސްކޯފުގެ ފުރަތަމަ އަހަރީ ދުވަހާއި ދިމާކޮށް ގެނެސްދޭން ހުރި އުފެއްދުންތަކުގެ ތެރޭގައި “މާޔޫސް” ހިމެނޭކަން ބައިސްކޯފުގެ ޕްރޮމޯއެއްގައި ވަނީ ބުނެފަ އެވެ.
“މާޔޫސް” އަކީ މީގެ ފަސް އަހަރު ކުރިން ރިލީޒްކުރަން އުޅުނު ފިލްމެކެވެ. މިއީ ސްކްރީން ރައިޓަރު މަހުދީ އަހުމަދު ލިޔެ، ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

“މާޔޫސް”ގެ ޝޫޓިން މަންޒަރެއް – ފޮޓޯ: މާޔޫސް ފޭސްބްކް ޕޭޖް
“މާޔޫސް” ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ހުނަރުވެރި ބަޠަލާ ނިއުމާ މުހައްމަދާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. މިއީ 2014 ވަނަ އަހަރު ސްކްރީނަށް ގެންނަން މަސައްކަތްކުރި ފިލްމެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ފީޗާ ފިލްމެއް އަލަށް ޑައިރެކްޓް ކުރި އެކްޓަރު އަޖްނާޒް އަލީ (އަޖޫ) އެވެ.
“މާޔޫސް”ގައި ކިޔައި ދެނީ އަންބަކު އޭނާގެ ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮއަކާ އެކު ހިންގާ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ހާދިސާތަކެކެވެ.
ފިލްމު ރިލީޒް ނުވެ ކިތަންމެ ދުވަހެއް ވިޔަސް، މިއަދު މާޔޫސްވުމުގެ ބޭނުމެއް ނެތެވެ. ބައިސްކޯފުގެ އަހަރީ ދުވަހު ބައިސްކޯފުގެ އަހުލުވެރިން މާޔޫސް ނުވާނެހާ ގިނަ އާ ކޮންޓެންޓްތައް އަންނާނެ ކަމުގެ ޔަޤީންކަން މިވަނީ ދީފައެވެ. އެހެންކަމުން މަހުދީގެ “މާޔޫސް” ފެންނާނެ ކަމާމެދު ދެން މާޔޫސްވާނެ ކަމެއްނެތެވެ. “މާޔޫސް” ބަލަން ތައްޔާރުވާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!