ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓް ސްޓްރީމްކުރާ މަންސަ، “ބައިސްކޯފު” އަށް މިއަދު އަހަރެއް ފުރިފައިވާއިރު، ދިވެހި ފަންނާނުންނާއި ފިލްމު ބެލުންތެރިންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދީ ހިތް އުފާކޮށްދެމުން ދަނީ ފަންނުވެރިކަން ކުރިއެރުވުމުގެ ރޫހާއި ފޯރީގައެވެ.
މުނިފޫހިފިލުވުމުގެ ހުރިހާ އެއްޗެއް އެއް ތަނަކުން ބަލައިލެވޭ ގޮތަށް ހަދާފައިވާ މޯބައިލް އެޕް “ބައިސްކޯފު” ތަޢާރަފުކުރެވުނީ 12 ނޮވެމްބަރު 2018 ގައެވެ. މިއީ ދިވެހި ފިލްމީ ހަޔާތުގައި ރަން އަކުރުން ފަވާލެވޭނެ ތާރީޚެއްކަން މިއަދު މިވަނީ “ބައިސްކޯފު” އިން ޔަޤީންކޮށްދީފައެވެ. މިއަދު ބައިސްކޯފު ސްޓްރީމިންގ އެޕްގެ ސީއީއޯ މުޙައްމަދު މިރުޝާން (މިރޫ) އުފަލުން ހުރީ އެތައް މިލިއަން ރުފިޔާ އެއް ހޭދަކޮށް ދިވެހި ފަންނާނުންނަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށްދެވުމުގެ ހިތްހަމަޖެހުމާ އެކުގައެވެ.
“ބައިސްކޯފު” އަށް އަހަރެއް ވެފައިވާއިރު، ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިފައިވާކަން ބައިސްކޯފުން ފާހަގަކުރެއެވެ. އެގޮތުން މިއުޒިކީ އަދި ފިލްމީ ފަންނާނުންގެ ސަޕޯޓާއެކު ބައިސްކޯފަށް ވަރަށް ގިނަ ތަފާތު ކޮންޓެންޓްތައް ލެވިފައިވާކަން ބައިސްކޯފުން ފާހަގަކުރެއެވެ.
“ދުއިސައްތަ އަށްވުރެން ގިނަ އާޓިސްޓުންގެ ލަވަ މި އެޕްގަ މިހާރު ހިމެނޭ، 100 އަށްވުރެ ގިނަ ފިލްމު ހިމެނޭ، ބައިސްކޯފުގެ އޮރިޖިނަލް އުފެއްދުންތައް ހިމެނޭ. އޭގެ ތެރޭގައި އެންމެ މަޤުބޫލު ވެބް ސީރީޒް “ހުވާ” އާއި “އެހެނަސް” ހިމެނޭ.” ބައިސްކޯފުގެ އޮފިޝަލެއް މުނިއަވަސް އަށް ބުންޏެވެ.
ވެބް ސީރީޒް “ހުވާ” އަކީ ބައިސްކޯފު ވައިގައި ހިއްޕުމަށް އުފެއްދި އެންމެ ކާމިޔާބު ސީރީޒެވެ. ބައިސްކޯފުން އިސްނަގައިގެން އުފެއްދި މި ސީރީޒްގެ ދެވަނަ ސީޒަން މަސައްކަތް ކުރެވެމުން އަންނަ އިރު، މި ސީރީޒް އަކީ ބައިސްކޯފުގެ ފިރުކެން ފަށައި، ހިނގައިގަނެ، ދުއްވައިގަތުމަށް މަސައްކަތްކޮށްދިން ‘މަންމައެއް ފަދަ’ ސީރީޒެއްކަން ފާހަގަކޮށްލެވެއެވެ.
“ބައިސްކޯފު”ގެ އަހުލުވެރިންނަށް އަހަރީ ދުވަހުގެ ހަދިޔާތައް ފުލުފުލުގައި މިއަދުން ފެށިގެން ލިބެމުންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް ވަނީ ދީފައެވެ. އެގޮތުން ވަރުގަދަ، މަޝްހޫރު ފިލްމުތަކެއް މިއަދު ދައްކަން ފަށާނެއެވެ.
އަހަރީދުވަހު ނުކުންނަށް ހުރި ފިލްމުތަކުގެ ތެރޭގައި ފާތުމަތު ނަހުލާގެ ކާމިޔާބު ފީޗާ ފިލްމު “ބޮސް”، ވީމީޑިއާ އޮރިޖިނަލްސްގެ ފުރަތަމަ ފިލްމު “ދަޢުވަތު” ހިމެނެއެވެ. މީގެ އިތުރުން ވެބްސީރީޒް “ހާސާ” އާއި “މާޔޫސް” ހިމެނޭކަމަށް މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބައިސްކޯފުން ބުންޏެވެ.
“މީގެ އިތުރުން މުނިފޫހިފިލުވުމުގެ އިތުރު އެހެން ޕްރޮގްރާމްތައް ވެސް މި މަހު ބައިސްކޯފު އެޕަށް ލެވިގެންދާނެ.” ބައިސްކޯފުގެ އޮފިޝަލް ފާހަގަކުރިއެވެ.
“ބައިސްކޯފުން މިހާރު ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ ބައިސްކޯފު އެޕް އިތުރަށް ތަރައްޤީކުރުން. އެޕް މެދުވެރިކޮށް އާޓިސްޓުންނާއި ތަރިންނާ ސީދާ އިންޓަރެކްޓް ކުރެވޭނެ. އުފަންދުވަހުގެ ތަހުނިޔާ ފޮނުވޭނެ. އެޕް މެދުވެރިކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރެވޭނެ. އެޕުން ނުނިކުމެ ބޭނުންވާ ހުރިހާ ކަންކަން ކޮށްލެވުމަކީ މިހާރުގެ އަމާޒު.” ބައިސްކޯފުގެ ސީއީއޯ މުޙައްމަދު މިރުޝާން (މިރޫ) ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް އާޓިސްޓުންގެ މަޢަުލޫމާތުތަކާއި، މަގުބޫލުކަން ބަލައިލެވޭފަދަ އިންތިޒާމުތައްވެސް ކުރިއަށް އޮތް ތަނުގައި ހަމަޖެހިގެން ދާނެކަން މިރޫ ފާހަގަކުރިއެވެ.
“ބައިސްކޯފު” އެޕަށް މާބޮޑު މާލީ މަންފާއެއް ނުލިބުނަސް، ފިލްމީ އަދި މިއުޒިކީ ދާއިރާ ކުރިއެރުވުމަށް ކޮށްދެމުން އަންނަ މަސައްކަތްތައް ދާއިރާގެ ފަންނާނުން ބަލައިގަނެއެވެ. އެކަން ބައިސްކޯފަށް އިތުރުވަމުންދާ ކޮންޓެންޓްތަކަށް ބަލައިލުމުން ދޭހަވެއެވެ.
“ބައިސްކޯފު”ގެ އެއް އަހަރުގެ މި ދަތުރުގައި މުނިއަވަސް އިން ބައިވެރިވީވެސް ބައިސްކޯފުގެ އަމާޒާ މުނިއަވަސް ގެ އަމާޒާއި ހުރި ގާތް ގުޅުމުގެ ސަބަބުންނެވެ. “ބައިސްކޯފު”ގެ ފުރަތަމަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ކުންފުނީގެ ހުރިހައި ބޭފުޅުންނާއި ފަންނުވެރީންނަށް މުނިއަވަސް ޓީމުން ކިޔަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
Belun therin ufaa kollymajy bauscof ge beynumaky e heyo film hadhaa meehun indha jassalaafa film ge veri faraaiy hooraalaafa producer ge film viyafaariah beynun kuriyas konkahala insaafeh onna gaumeh tah NetFlix ge magaamehnun dheynvee adhi eahthuren mathin magaameh dheyn vee