މި އަހަރު ރިލީޒްކުރި “ނިވައިރޯޅި” އާއެކު ފިލްމު ކުޅުން ހުއްޓައިލި ރާއްޖޭގެ އެންމެ މަޤްބޫލު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ އައު ފިލްމެއް ނުފެންނާނެތީ މާޔޫސްވެފައި ތިބި ފަރާތްތަކަށް ހަމަ ގައިމުވެސް މިއީ އުފާވެރި ޚަބަރަކަށް ވާނެއެވެ. މީގެ ފަސް އަހަރު ކުރިން ރިލީޒްކުރަން އުޅުނު ފިލްމު “މާޔޫސް”، ވެބް ސީރީޒެއްގެ ގޮތުގައި ބައިސްކޯފުގައި ދައްކަން ފަށައިފިއެވެ.
ލިޔުންތެރިޔާ މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސްކޮށްފައިވާ “މާޔޫސް” ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ނިޢުމާ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ.
ފުރަތަމަ އެޕިސޯޑް ރޭ ދައްކާފައިވާއިރު، އެ އެޕިސޯޑުން ކޮޕީ އިއްސެ ފެނިގެންދަނީ ތަފާތު މޭކަޕަކާއި ގެޓަޕެއްގައެވެ. ހަމަ އެހެންމެ ނިޢުމާ ވެސް ބުރުގާ އަޅައިގެންނާއި ބުރުގާ ނާޅާ ހުންނަ ޒަމާނެއް ދައްކައިދީފައިވެއެވެ. ފުރަތަމަ އެޕިސޯޑުން އެއްވެސް މާޔޫސްކަމެއް ނުލިބޭހާ މިންވަރަށް “މާޔޫސް” އަށް ބެލުންތެރިންގެ ހިތް ދަމައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.
ބ. އަތޮޅުގައި މަންޒަރުތައް ނެގި “މާޔޫސް” ޑައިރެކްޓްކޮށްފައި ވަނީ އެކްޓަރު އަޖްނާޒް އަލީ (އަޖޫ) އެވެ.
”މާޔޫސް“ގައި ކިޔައި ދެނީ އަންބަކު އޭނާގެ ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮއަކާ އެކު ހިންގާ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ހާދިސާތަކެކެވެ.
ބައިސްކޯފަށް އަހަރެއް ފުރިފައިވާއިރު، ގިނަ އާ ކޮންޓެންޓްތަކެއް އަންނަނީ ހިމަނަމުންނެވެ. ނިޢުމާގެ ޓޯކް ޝޯއެއްވެސް ވަރަށް އަވަހަށް ބައިސްކޯފުން ގެނެސްދޭނެކަމަށް ނިޢުމާ ވަނީ ބުނެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!