އިސްލާމްދީން ގޮވާލަނީ ދުނިޔޭގެ ވަގުތީ އުފަލާއި މަޖަލަށް ހެއްލުންތެރި ނުވުމަށް ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ﷲ ތަޢާލާ ވަހީ ކުރަށްވާފައި ވެއެވެ. يَا أَيُّهَا النَّاسُ إِنَّ وَعْدَ اللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا ۖ وَلَا يَغُرَّنَّكُمْ بِاللَّهِ الْغَرُورُ (سورة فاطر ٥) މާނައީ: “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲގެ ވަޢުދުފުޅަކީ ހައްޤުތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައި މީހުން ހެއްލުންތެރި ކުރިޔަ ނުދޭހުށިކަމެވެ.”
ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން އެއްކިބާކުރުވަނިވި ހުރިހާ ކަމަކުން ދުރުހެލިވުމަށް މިއަދުގެ ޚުތުބާގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. މިގޮތުން މިއަދުގެ ޚުތުބާގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، މުނިފޫހިފިލުވުމުގެ ގޮތުން އިސްލާމީ އުޞޫލުތަކާއި އަދަބުތަކާއި ޚިލާފު ނުވާގޮތަށް، ގޭމުތައް ކުޅުމާއި އަދި ފައިދާ ކުރުވަނިވި ގޭމުތައް ކުޅުން އިސްލާމްދީން މަނައެއް ނުކުރެއެވެ. ނަމަވެސް މިއާއި ޚިލާފަށް ބައެއް އިލެކްޓްރޯނިކް ގޭމްތަކަކީ އަޤީދާ ފުނޑުފުނޑު ކޮށްލާފަދަ ގޭމްތަކެކެވެ. އަދި އެފަދަ ގޭމްތަކުގެ އެންމެ ނުރައްކާތެރި ކަމަކީ، އެ ކުޅޭ މީހާ އަޅުވެތި ކޮށްލާކަމެވެ. އެއަށް ދެވިހިފުމުގެ ސަބަބުން، އޭނާގެ އަގުހުރި ވަގުތުތަށް ބޭކާރު ކޮށްލައެވެ. ދީނީ ވާޖިބުތައް އަދާކުރުމާއި ދުރުހެލިކުރުވައެވެ. މިފަދަ ގޭމުތަކުގެ އަވައިގައި ޖެހުމުގެ ސަބަބުން ތަޢުލީމު ޙާޞިލު ކުރަމުންދާ ދުވަސްވަރާއި އަދި ވަޒީފާގައި އުޅޭދުވަސްވަރު ވެސް އެކަންކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރުވައެވެ. ރައްޓެހިންނާއި ގުޅުން ކެނޑިގެން ދިއުމުގެ އިތުރުން އެ މަގަކީ ޝައިޠާނާގެ މަގެއްކަމުގައި މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
“އިލެކްޓްރޯނިކް ގޭމުތަކުން ލިބޭ ގެއްލުންތައް، ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އެފަދަ ގޭމްތައް ކުޅޭ ޒުވާނުންގެ މެދުގައި ކުށްކުރުމާއި، މީހުން މެރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ޚިޔާލު އަށަގަތުމުގެ އިތުރުން، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ޚިޔާލު ވެސް އުފެދޭކަމަށް ވެއެވެ. އެފަދަ ޒުވާނުންގެ ކިބައިން މުރާލިކަން ކެނޑި ކަންނެތްކަން އަށަގަނެއެވެ. ސިކުނޑިއަށް ތަފާތުމައްސަލަތައް ދިމާވެއެވެ. ދީނީ އަޚުލާގީ މިންގަނޑު ފަހަނައަޅައި ގޮސް ހަވާނަފުސުގެ އަޅަކަށް ވެދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އިލެކްޓްރޯނިކް ގޭމުތަކުގެ ތެރޭގައި ހިމެނޭ، ޕަބުޖީ، ޖަސްޓު ކޯސް، ޕޯކެމަން ގޯ، ފޯޓްނައިޓް ފަދަ ގޭމުތަކަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔެވީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅާ ގޭމުތަކެވެ.” އިސްލާމްދީނަކީ މިފަދަ ހުރިހައި ސިފަތަކާއި ވިޔާނުދާ އަޤީދާތަކާއި ޞިއްހަތަށް ގެއްލުން ލިބޭ އާދަތަކުން އިންސާނާ ސަލާމަތްކޮށްދޭ ދީންކަމުގައި މިއަދުގެ ޚުތުބާގައިވެއެވެ.
އިސްސާނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސުލްމާލަކީ އޭނާގެ އުމުރުގެ ދުވަސްތަކެވެ. ނަމަވެސް އިންސާނާގެ އުމުރުގެ ދުވަސްތައް ވަކިވެގެންދަނީ ހީވެސް ނުކުރާހައި އަވަސް މިނެއްގައެވެ. ވަކިވެގެންދާ އެއްވެސް ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން ވަގުތު ބޭކާރު ކުރުވާނޭފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމާއި އަދި ވަގުތުގެ ނިޢުމަތަށް ޝުކުރުވެރިވާ ބަޔަކަށް އަޅުގަނޑުމެން ވާން ޖެހޭކަމުގައި މިއަދުގެ ޚުޠުބާގައި ވެއެވެ.
މިއަދުގެ ޚުޠުބާގައިވަނީ، ﷲ ތަޢާލާ އިންސާނާ ހައްދަވާފައިވަނީ އެކަލާންގެއަށް އަޅުކަން ކުރުމަށެވެ. އަދި އެކަލާންގެއަށް ކިޔަމަން ވެވޭނޭ ހުރިހައި މަގެއް އިންސާނާއަށް ފަހިކޮށްދެއްވާފައި ވެއެވެ. ﷲ ތަޢާލާ ވަހީ ކުރައްވާފައި ވެއެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ (الذاريات ٥٦) މާނައީ: “ތިމަން ރަސްކަލާންގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަން ރަސްކަލާންގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި