އަޑު އަހާ ނަމެއް ދޯ އެވެ. އެކަމަކު އެއީ ނަހުލާ ގެ ފިލްމު ‘ބޮސް’ ގެ ބަޠަލުގެ ބައި ކުޅެފައިވާ ޔުނާން ގެ ނަން ދޯ އެވެ. މައްސަލައެއް ނެތްތާ އެވެ. މިއީ ވެސް ޔުނާން އެކެވެ. އަންހެން ކުދިންގެ ހިތް ދަމައިގަންނަ ފަދަ ރީތި ކަމެއް ލިބިފައިވާ ޔުނާން އަކީ ޒާނާ މިހާރު ލިޔަން ފަށާފައިވާ ސިލްސިލާ ވާހަކަ ‘ލޯބި ވެވުނީ އެވެ.’ ގެ ފިރިހެން ޞަޚްސިއްތު ނުވަތަ ކެރެކްޓަރ އެވެ.
މި ވާހަކަ އަކީ ޒާނާ ލިޔާ ވަރަށް ތަފާތު ވާހަކަ އެކެވެ. ލޯބީގެ ބިރުވެރި ވާހަކަ އެކެވެ. އާއްމުކޮށް ދިވެހިންގެ ތެރޭގައި ފެންނަ މިފަދަ ވާހަކަތަކާއި މި ވާހަކަ ވަރަށް ބޮޑަށް ތަފާތު ކުރުމަށް ޒާނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ވާހަކައިގެ ކުރު ޚުލާޞާ އަކަށް ބަލާލާއިރު މިއީ ލޯބީގެ ތިނެސްކަން ވާހަކަ އެކެވެ. ނަމަވެސް ތަފާތު ގޮތަކަށް ލިޔަން މަސައްކަތްކުރާ ބިރުވެރި ވާހަކަ އަކަށް ވުމުން މިއީ އާދައިގެ ތިނެސްކަން ލޯބީގެ ވާހަކަ ތަކާއި ތަފާތު ވާހަކަ އަކަށް ވުމަކީ ޒާނާ ގެ ހުނަރުވެރިކަމަށް ބަލާއިރު ވެދާނެ ކަމެކެވެ.
‘ޙަޤީޤީ ލޯބީގެ މާނައަކީ ކާމިޔާބު ވުމެއް ނޫނެވެ. ބައެއް ފަހަރު ނާކަމިޔާބު ވުން ވެސް އެކަށީގެން ވެއެވެ. ޔުނާން އަށް އެ ޙަޤީޤަތް ވިސްނައިދިނީ ކަމީލާ އެވެ. ކޮން ފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ! ނަމަވެސް…. ފަރުދާގެ ފުރަގަހުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް އެ ދެމީހުންނަކަށް ނޭނގެއެވެ. އެނގުނު ނަމަ އެވެ.’ މިއީ މި ވާހަކައިގެ ކުރުކުރު ޚުލާޞާ އެކެވެ.
ވާހަކައިގެ ފުރަތަމަ އެޕިސޯޑުން ކިޔުންތެރިންނަށް ވަރަށް ޚާއްޞަ ސަޕްރައިޒެއް ލިބިގެންދާނެ ކަމަށް ބުނެލަމުން ޔުނާން ގެ ވާހަކަ ދެއްކުން މިވަގުތަށް މަޑުކޮށްލާނަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!