ލަންޑަންގެ އޯ 2 އަރޭނާ ގައި ކުރިއަށްދާ “ނިއްޓޯ އޭޓީޕީ ފައިނަލްސް 2019” ގެ ސެމީ ފައިނަލުގައި ޓެނިހުގެ ރަސްގެފާނު ރޮޖަރ ފެޑެރާ ބަލިކުރުމަށްފަހު އަރަމުން އަންނަ ޒުވާން ތަރި ސްޓެފަނޯސް ސިޓްސިޕަސް ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މުބާރާތް 6 ފަހަރު ކާމިޔާބުކޮށްފައިވާ ފެޑެރާގެ މައްޗަށް 6-3 އަދި 6-4 ގެ ނަތީޖާއަކުން ކުރިހޯދައިގެން 21 އަހަރުގެ ސިޓްސިޕަސް ވަނީ 2009 ވަނަ އަހަރު ފައިނަލަށް ދަތުރުކުރި ހުއާން މާޓިން ޑެލްޕޯޓޯ އަށްފަހު، މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
ފެޑެރާ އޭނާގެ ފުރަތަަމަ ވިމްބްލެޑަން މުބާރާތް 2003 ގައި ކާމިޔާބުކުރިއިރު ސިޓްސިޕަސްގެ އުމުރަކީ އެންމެ 5 އަހަރެވެ. މި މެޗު ކާމިޔާބު ކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސިޓްސިޕަސް ބުނެފައިވަނީ “މިއީ ހުވަފެނެއް ހަގީގަތަކަށް ވުން. އަހަރެން އުއްމީދުކުރިން ކޮންމެވެސް ދުވަހަކުން ފެޑެރާ އާ އެއްކޮށް ކުޅެން ލިބޭނެކަމަށް. އަހަރެން ބޮޑުވީ ފެޑެރާ ވިމްބްލެޑަން، އޭޓީޕީ އަދި އެހެން މުބާރާތްތައް ކުޅުނުތަން ބަލަމުން. އަހަރެން ހަނދާން އެބަހުރި މިތަނުގައި ކުޅިބަލަން އިންނަ މަތިން. އޭރު ހިތަކަށް ނާރާ މިތަނުގައި މިގޮތަށް ކުޅެވޭނެކަމެއް. އެކަމަކު އެކަން ވާނެކަން މިއަދު އެނގިއްޖެ.”
އަނެއްކޮޅުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެލެގްޒެންޑަރ ޒްވެރެވް 7-5 އަދި 6-3 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ޑޮމިނިކް ތިއެމް މުބާރާތުގެ ފައިނަލުން ވަނީ ޖާގަ ހޯދާފައެވެ.
ސިޓްސިޕަސް އަދި ތިއެމް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި