މިއީ ޝައިޚް ވާާޙިދު އިބުނު ޢަބްދުއްސަލާމް ބާލީ ލިޔުއްވާފައިވާ ފޮތަކުން ނަގާފައިވާ ވާހަކައެއްގެ ދިވެހި ތަރުޖަމާ އެކެވެ. މި ފޮތުގެ މުސައްނިފުވަނީ ސިހުރުހާހޫރަ ޖެހިފައިވާ މީހުންނާއި ޖިންނި އަވަލާފައިވާ މީހުންނަށް އޭނާ ފަރުވާދިން އިރު ދެކެވިފައިވާ ވާހަކަތައް ރެކޯޑްކޮށްފަ އެވެ. ޝައިޚަށް ސުވަރުގޭގެ އެއްމެ މަތީ ދަރަޖަ ދެއްވާށި އެވެ.
އަހަރެންގެ ކަައިރިއަށް އަންހެނެއްގެ ފިރިމީހާ އައިސް ބުންޏެވެ. “އަހަރެންގެ އަނބިމީހާ އާއި އަހަންނާއި ދެމެދު ވަރަށް ވަރުގަދައަށް ޒުވާބުކުރެވުމާއި އަރާރުންވުން ކުރިއަށް އެބަދެއެވެ. އޭނާ އަހަރެންދެކެ އަންނަ ރުޅިން އަހަރެން ބުނާ އެއްވެސް ބަހެއް އަޑުއަހަންވެސް ބޭނުން ނުވަނީ އެވެ. އޭނާ ބޭޭނުންވަނީ އަހަރެން ކައިރިން ވަރިވެގެން ދާށެވެ. އަހަރެން ގޭގައި ނުހުންނަ ވަގުތު އޭނާއަށް މާބޮޑަށް ހިތްހަމަޖެހުން ލިބޭކަމަށް ވެއެވެ. އަދި އަހަރެން ގެއަށް އައިސް ވަންނައިރަށް އޭނާގެ ނަފުސަށް އުނދަގޫވާން ފަށައެވެ. އަދި އޭނާ ގާާތަށް ރުޅިއައިސް ރަންކަނި ބުރާން ފަށައެވެ.”
އެ އަންހެން މީހާ ކައިރީގައި އަހަރެން ރުޤްޔާގެ އާޔަތްތައް އެއްމެފުރަތަމަ ކިޔަވާން ފެށުމުން، އޭނާގެ ހުޅުހުޅަށް ބާރުވެ، އަތްފައި ބުޅިވާގޮތް ވިއެވެ. މެޔަށް ބާރުވެ ފުރޭގޮތް ވިއެވެ. ބޮލުގައި ރިއްސަން ފަށައެވެ. އެހެންނަމަވެސް، އޭނާއަށް ފިޓްޖެހޭގޮތެއް ނުވެއެވެ. އަހަރެން އޭނާއަށް އޯޑިއޯ ޓޭޕެއް ދިނީމެވެ. އެއީ ރުޤްޔާގެ އާޔަތްތައް ކިޔަވައި ރެކޯޑްކޮށްފައިވާ ޓޭޕެކެވެ. އެ ޓޭޕްގައިވާ އާޔަތްތައް ސާޅީސް ފަސްދުވަސް ވާންދެން އަޑުއެހުމަށްފަހު، އަހަރެން ކައިރިއަށް އެ ދެމަފިރިން އައުމަށް ބުނީމެވެ. ސާޅީސް ފަސްދުވަސްފަހުން، އެ އަންހެންމީހާގެ ފިރިމީހާާ އަހަރެން ކައިރިއަށް އައެވެ. އޭނާ އައިސް ބުނީ ވަރަށް ފައްކާ ކަމެއް ވެއްޖެ ކަމަށެވެ.
‘ވަރަށް ފައްކާ ކަމެކޭ!’ އަހަރެންގެ ހިތަށް އެރި އެވެ.
އެމީހާ އޮޅުންފިލުވައިދޭން ފެށިއެވެ. “ސާޅީސް ދުވަސް ފަހުން، އެއްދުވަހަކު އަހަރެންގެ އަންހެނުންގެ ގަޔަށް ބާރު އަރަންފެށި. އަދި އަންހެނުން މެދުވެރިކޮށް ޖިންނި ވާހަކަދައްކަން ފެށި. ޖިންނި ބުނި: ‘ފަންޑިތަ ހަދާ މީހާ ކައިރިއަށް ނުދާމަތިން ވެގެން އުޅޭ ހުރިހައި ކަމެއް އަހަރެން ކިޔައިދޭނަން. އަހަރެން މި އަންހެންމީހާގެ ގަޔަށް ވަދެ މިހުރީ ސިހުރުވެރިއެއްގެ ސިހުރުގެ ސަބަބުން. އަހަރެން މިހަދަނީ ދެތުކަން ނުވަތަ ދޮގުކަން ޔަޤީންކުރަން ބޭނުންނަމަ އެއޮތް ބާލީސް ގެނޭ. ބާލީސް ގެނެސް ފަޅާލައިގެން އެތެރެ ބަލާ. ފެންނާނެ ސިހުރު ހަދާފަ އޮތް އެތި. (ޖިންނި މިހެން ބުނީ ކައިރީގައި ހުރި އެނދުމަތީގައި އޮތް ބާލީހަކަށް އިޝާރާތް ކުރަަމުން)
ޖިންނި ބުނިގޮތަށް ބާލީސް ފަޅާލައިގެން އެތެރެެ ބެލީމެވެ. ޖިންނި ބުނިގޮތަށް އެ ބާލީސް ތެރެއިން ކުދިކުދި ކަރުދާސްކޮޅުތަކެއް ފެނުނެވެ. ކޮންމެ ކަރުދާސްކޮޅެއްގައިވެސް ކުރެހުންތަކަކާއި އަކުރުތަކެއް ލިޔެފައި ހުއްޓެވެ. އެވަގުތު އަހަރެންގެ އަންހެނުން މެދުވެރިކޮށް ޖިންނި ބުނަން ފެށިއެވެ. ‘އެ ކަރުދާސްކޮޅުތައް އަންދާލާ. އޭރުން ސިހުރު ބާތިލުވާނެ. އަހަރެންވެސް މިވަގުތު މީނަގެ ހަށިގަނޑުން ނިކުންނާނަން. އަދި އަހަަރެން އެނބުރި ނުވެސް އަންނާނަން. އެކަމަކު އެއީ ޝަރުޠެއްގެ މަތިން. އަހަރެން ކަލޭގެ އަންހެނުންނަށް ފެންނަ ގޮތް ވެގެން ބޭނުންވޭ އޭނާއާއި ސަލާމް ކޮށްލަން.’
ޖިންނި އެހެން ބުނުމުން އަހަރެން އާނބަސް ބުނިން. އެވަގުތު އަހަރެންގެ އަންހެނުންނަށް ހޭވެރިކަން ވެގެން ތެދުވެ މޯޅިއަކަށް ދެމިލި. އެއަށްފަހު މީހަކާ ސަލާމް ކޮށްލަން އަތް ދިއްކޮށްލާ ގޮތަށް އަތް ދިއްކޮށްލި.”
ފިރިހެން މީހާ އެވާހަކަތައް ކިޔައިދީ ނިމުމުން އަހަރެން ބުނީމެވެ. ކޮއެފުޅާއެވެ. ކަލޭގެ އަނބިމީހާ އާއި ޖިންނި ސަލާމްކުރުމުގެ ފުރުޞަތު ދިންކަން ތިޔައީ ކަލެއަށް ހެދުނު ބޮޑު ގޯހެކެވެ. ސަބަބަކީ ހިލޭ ފިރިހެނަކާއި ސަލާމްކުރުން އަންހެނުންނަށް ހަރާމް ވާގޮތަށް، ހިލޭ ފިރިހެން ޖިންނިއަކާއި ސަލާާމްކުރުންވެސް އެއީ ފާފައެކެވެ. އެހެނީ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘް ބަސްފުޅުން އެނގެން އޮންނަގޮތުން ކައިވެނި ހެޔޮވާ ފިރިހެނަކާއި އަންހެނެއް ސަލާމް ކުރުމަކީ މަނާކުރައްވާފައި ކަމެކެވެ.
ހަފުތާއެއް ފަހުން އަނެއްކާވެސް އެ އަންހެންމީހާ ބަލިވި އެވެ. އަނެއްކާވެސް އަހަރެން ކައިރިއަށް އޭނާ ގެނައެވެ. އަހަރެން އޭނާ ކައިރީގައި ޤުލް އަޢޫޛް ބިﷲ މިނައްޝައިޠޯނިއް ރަޖީމް ރަނގަޅަށް ކިޔަން ނުފެށި އުޅެނިކޮށް އޭނާާގެ ގަޔަށް ބާރު އަރައި ތެޅެން ފެށިއެވެ. އިރުކޮޅަކު ބާރު އެރުމަށްފަހު މައިތިރިވި އެވެ. އެއަށްފަހު އަހަންނާއި ޖިންނިއާއި ދެމެދު އަންނަނިވި މުޢާމަލާތް ކުރިއަށް ދިޔައެވެ.
އަހަރެން: ކަލޭ ތީ ދޮގުވެރިއެއް، ކީއްވެގެން ކަލޭ އެނބުރި ތިޔަ އައީ؟
ޖިންނި: އަހަރެން ހުރިހައި ވާހަކައެއް ކިޔައިދޭނަން، އެކަމަކު އަހަންނަށް އަދަބު ނުދޭތި.
އަހަރެން: އެއްމެ ރަނގަޅު.
ޖިންނި: އާނ. އަހަރެން އެމީހުންނަށް ހެދީ ދޮގު. އެ ބާލީސް ތެރެއަށް ކަރުދާސްކޮޅުތައް އެޅީވެސް އަހަރެން. އެއީ އަހަރެންގެ ވާހަކަތައް އެމީހުން ޤަބޫލުކުރާގޮތް ހެދުމަށް. އަހަރެން އޭނާގެ ހަށިގަނޑުން ނުވެސް ނިކުންނަން.
އަހަރެން: އެހެންވީމާ ކަލޭ އަހަންނަށްވެސް ތިޔަ އޮޅުވައިލަނީދޯ.
ޖިންނި: އޭނާގެ ހަށިގަނޑު ތެރޭގައި އަހަރެން ޤައިދުވެފައި ވަނިކޮށް އަހަންނަށް ކުރެވޭނީވެސް ކޮން ކަމެއް؟
އަހަރެން: ކަލެއަކީ މުސްލިމް ޖިންނިއެއްތަ؟
ޖިންނި: އާނ
އަހަރެން: މުސްލިމު ޖިންނިއެއް ވެއްޖެއްޔާ ސިހުރުވެރިއަކާއި އެކު މަސައްކަތް ކޮށްގެން ނުވާނެ. އެއީ ސިހުރަކީ ޙަރާމް އެއްޗަކަށްވާތީ. އަދި ސިހުރު ހެދުމަކީ އެއްމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް. ކަލޭ ބޭނުންވޭތަ ސުވަރުގެއަށް ދާން؟
ޖިންނި: އާނ. އަހަރެންވެސް ބޭނުން.
އަހަރެން: އެހެންވެއްޖެއްޔާ ތިޔަ ސިހުރުވެރިޔާ ދޫކޮށްލާާފަ ގޮސް ﷲ އަށް ކުއްތަންވެ، އެކަލާންގެއަށް އީމާންވާ މީހުނާާއެކުގައި ވޭ. ސިހުރުވެރިޔާގެ މަގަކީ މި ދުނިޔެއާއި އާޚިރަތުގައިވެސް އަބާއްޖަވެރިކަމެއް.
ޖިންނި: އެކަމަކު ސިހުރުވެރިޔާ އޭނާގެ ކޮންޓްރޯލްގެ ދަށުގައި އަހަރެން ބަހައްޓާފައި ހުއްޓާ ކިހިނެތް ތިކަން ކުރާނީ؟
އަހަރެން: އާނ. އޭނާ ކަލޭ ކޮންޓްރޯލް ކުރަމުން އެގެންދަނީ ކަލޭގެ ފާފަތަކުގެ އެހީގަ. އެކަމަކު ކަލޭ ހެޔޮހިތުން ތަޢުބާވެއްޖެ ނަމަ، ކަލޭގެ ބޭނުން އެ ސިހުރުވެރިޔާއަށް ކުރުމުގެ ފުރުޞަތެއް ނުދެއްވާނެ. އެހެނީ މާާތްﷲ ގެ ވަޙީ ބަސްފުޅުގައި ވަނީ ‘އަދި، مؤمن ންގެ މައްޗަށް كافر ންނަކަށް އެއްވެސް މަގެއް اللَّه ނުލައްވާނެތެވެ.’ (ސޫރަތުއް ނިސާ ގެ 141 ވަނަ އާޔަތުން)
ޖިންނި: އަހަރެން ހަމަ މިހާރު ތަޢުބާވަން. އަހަރެން މީނަގެ ހަށިގަނޑުން ނިކުންނާނަން. އަދި ދުވަހަކުވެސް އެނބުރި ނުވަންނާނަން.
އެ ޖިންނި މާތްﷲ ގަންދީ ހުވާކުރި އެވެ. ދުވަހަކުވެސް އެނބުރި ނާންނާނެ ކަމަށެވެ. އެހެން ބުނެފައި އެ ޖިންނި ދިޔައީ އެވެ.
އޭޭގެ ދުވަސްކޮޅެއް ފަހުން އަންހެން މީހާގެ ފިރިމީހާ އަނެއްކާވެސް އަހަރެން ކަައިރިއަށް އައެވެ. އެމީހާ ބުނީ އޭނާާގެ އަންހެނުން މިހާރު އެއްކޮށް ރަނގަޅު ކަމަށެވެ. ހުރިހައި ޙަމްދު ޘަނާ އެއް ޙައްޤުވެގެންވަނީ އަރަހުށިވަންތަ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!