ރާއްޖޭގައި އަލަށް އެކުލަވައިލި ގައުމީ އަންހެން ކުރިކެޓް ޓީމަށް ސްރީލަންކާގެ ގައުމީ އަންހެން ކުރިކެޓް ޓީމަށް ކުޅެފައިވާ ޕަދްމާ ކަރުނަރަތުނޭ ހަމަޖައްސައިފިއެވެ.
ގައުމީ އަންހެން ކުރިކެޓް ޓީމަށް އިރުޝާދު ދިނުމަށް ހަވާލުވި ޕަދްމާ ކަރުނަރަތުނޭ އަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ގެ އޮފިޝަލުންނާއި، ގައުމީ އަންހެން ކުރިކެޓް ޓީމުގެ ކުޅުންތެރިންނެވެ.
ޕަދްމާ ކަރުނަރަތްނޭ އަކީ ސްރީލަންކާގެ ގައުމީ އަންހެން ކުރިކެޓް ޓީމަށް ކުޅެފައިވާ ކުޅުންތެރިއެއްގެ އިތުރުން، އެ ގައުމުގެ ފުރަތަަމަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ކޮލަމްބޯ ކުރިކެޓް ކްލަބުގެ އަންހެން ޓީމުގެ ހެޑް ކޯޗުކަން ވެސް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެއްކަން ފާހަގަކޮށްލެވެއެވެ. އޮސްޓްރޭލިއާ އިން ތަމްރީން ހާސިލްކޮށްފައިވާ ލެވެލް 3 ގެ ކޯޗާ އެކީ ތަމްރީނުތައް ހެދުމަށްފަހު، އަންނަ މަހު ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ގައުމީ އަންހެން ކުރިކެޓް ޓީމް ވަރަށް އަވަހަށް ނޭޕާލަށް ފުރާނެ ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތު ދީފައިވެއެވެ.
ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންހެނުނަށް އަމާޒުކޮށްގެން ކުރިކެޓް ތަމްރީން ޕްރޮގްރާމްތައް ހިންގައި، ގައުމީ އަންހެން ކުރިކެޓް ޓީމެއް އެކުލަވާލައި އަދި މިފަދަ ތަޖުރިބާކާރު ކޯޗެއް އައްޔަންކުރުމުން ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ރާއްޖޭގައި އަންހެނުންގެ ކުރިކެޓް ކުރިއަރުވައި، ތަރައްޤީ ކުރުމަށް ކުރާ ބުރަ މަސައްކަތް ހާމަވެގެންދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި