އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ވެސްޓްހޭމް ޔުނައިޓެޑް ގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ކުރި ހޯދައި، މޮރީނިއޯ ގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަަމަ މެޗު ޓޮޓެންހަމް ހޮޓްސްޕަރ ކާމިޔާބުކޮށްފިއެވެ.
ވެސްޓްހޭމް ގެ ދަނޑުގައި ކުޅުނު މި މެޗުގެ 36 ވަނަ މިނެޓުގައި ޑެއްލޭ އަލީ ތަނަވަސްކޮށްދިން ފުރުސަތަކުން ސޮން ވަނީ ގޯލެއް ޖަހާ ޓޮޓެންހަމް އަށް މެޗުގެ ކުރި ހޯދައިދީފައެވެ. ފުރަތަަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވާން 2 މިނެޓަށް ވެފައިވަނިކޮށް ސޮން ތަނަވަސްކޮށްދިން ފުރުސަތަކުން ލޫކަސް މޯރާ ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ހަދާފައެވެ.
ދެވަނަ ހާފް ފެށިތަނާ މެޗުގެ 49 ވަނަ މިނެޓުގައި ސާޖް އޮރިއޭ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން ހެރީ ކޭން ވަނީ ޓޮޓެންހަމްގެ ލީޑު ފުޅާކޮށްދީފައެވެ. މި ގޯލަކީ ޓޮޓެންހަމް އަށް ކޭން ކާމިޔާބުކޮށްދިން 175 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ. މި ގޯލާއެކު ޓޮޓެންހަމް އަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިންގެ ލިސްޓުގެ ތިންވަނަ އަށް ކޭން ވަނީ ޖެހިލާފައެވެ. ޓޮޓެންހަމް އިން 3 ގޯލުގެ ލީޑެއް ނެގުމުން ވެސް، ވެސްޓްހޭމް އިން ހިތްވަރު އެލުވާ ނުލައި، ކުޅުން ވަރުގަދަކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމުގެ ނަތީޖާއަކަށްވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މިކައިލް އެންޓޯނިއޯ މެޗުގެ 73 ވަނަ މިނެޓުގައި ގޯލެއް ޖަހާ ވެސްޓްހަމް އަށް އުންމީދު އާ ކޮށްދިނުމެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ވެސްޓްހޭމް ގެ މިޑްފިލްޑަރ ޑެކްލަން ރައިސް ޖެހި ގޯލް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ވަނީ ނިންމާފައެވެ. ވެސްޓްހޭމް ގެ ދެވަނަ ގޯލް މެޗުގެ ފަހު މިނެޓްގައި ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ އެ ޓީމުގެ ޑިފެންޑަރު އެންޖެލޯ އޮގްބޮންނާ އެވެ.
މި މޮޅާއެކު ކުޅުނު 13 މެޗުން 17 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް ވަނީ ތާވަލުގެ ނުވަވަނަ އަށް ޖެހިލާފައެވެ. މިއީ މި ސީޒަނުގައި ރަށުން ބޭރުގައި ޓޮޓެންހަމް މޮޅުވި ފުރަތަަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި