ވެބް ސީރީޒް ”ހަނާ“ ޓީމުގެ ފަރާތުން ކުރިއަރަމުން އަންނަ އެކްޓަރ ޢަލީ އާޒިމް (ދޮން އައްޔަ) އަށް ސަޕްރައިޒް ކެއުމެއް ދީފިއެވެ.
“ހަނާ”ގެ ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) މުނިއަވަސް އަށް ބުނީ ދޮން އައްޔަށް ސަޕްރައިޒް ކެއުމެއް ދިނީ ދިވެހި “ފިލްމު އެވޯޑްސް 9” ގައި އައްޔަ ހޯދި ކާމީޔާބީ ފާހަގަކުރުމަށް ކަމަށެވެ.
އަމްޖޭގެ ގޭގައި ދިވެހި ކެއުންތަކާއެކު ތައްޔާރުކުރި ކެއުމުގައި އައްޔަގެ ކާމިޔާބީ ފާހަގަކުރުމަށް ހަދާފައިވާ ޚާއްޞަ ކޭކެއް ފެޅުންވެސް އޮތެވެ. ރޭ ބޭއްވި މި ކެއުމުގައި “ހަނާ”ގެ ބައެއް ކާސްޓުންނާއި ކްރޫ މެންބަރުން ބައިވެރިވިއެވެ.

ދޮން އައްޔަށް ދިން ސައޕްރައިޒް ގައި ފެޅި ކޭކް – ފޮޓޯ: ހަނާ ޓީމް
“އަސްލު ވަރަށް ސަޕްރައިޒްވި، ހަމަ އެހާ ހެޕީވެސް ވި.” މި ސަޕްރައިޒް އާމެދު މުނިއަވަސް އަށް އައްޔަ ބުންޏެވެ.
“ދާއިރާގެ ވަރަށް ގިނަ އިސް ބޭފުޅުންނާ ފެމެލީ އެންޑް ފްރެންޑްސް ވެސް ދަނީ ހަމަ ވަރަށް ގިނަ ގޮތްގޮތުން މި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ތަފާތު ކަންކަން ކުރަމުން. އަސްލު ވަރަށް ވަރަށް އުފާވި. ޓީމު ‘ހަނާ’ގެ ހުރިހާ ކުދިންނަށްވެސް ވަރަށް ބޮޑަށް ތޭންކްސް އަދި ޚާއްޞަކޮށް ހުސެން، އަމްޖޭ، އައްޔަ ނޫރާ، އަދި ގުލިސްތާނަށް.” އަމްޖޭ މަންމަ އާއި އަމްޖޭގެ އަންހެނުންގެ ނަން ވެސް ފާހަގަކޮށްލަމުން ދޮން އައްޔަ ބުންޏެވެ.

ދޮން އައްޔަށް ދިން ސައޕްރައިޒް ކެއުމުގައި ތައްޔާޜުކޮށްފައިވަނީ ދިވެހި ކެއުންތައް – ފޮޓޯ: ހަނާ ޓީމް
13 އެޕިސޯޑްގެ މި ސީރީޒްގެ ލީޑް ކުޅެނީ ޢަލީ އާޒިމް (ދޮން އައްޔަ) އެވެ. އައްޔަގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ)، ގުލިސްތާނު، ނޫރާ، ޝަމީލް، ނިޝާ ހަރަކާތްތެރިވެއެވެ.
މާމިގިލީގައި ޝޫޓްކޮށްފައިވާ “ހަނާ” ޕްރޮޑިއުސްކޮށް ކެމެރާކުރީ ހުސައިން މުނައްވަރު (ކުޑަފޫޅު) އެވެ. ބައެއް މަންޒަރުތައް ޢަލީ ރަޝީދު (ގޮޅާ) ކެމެރާކޮށްފައިވާއިރު، އޭނާއަކީ ސީރީޒްގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތަކާ ހަވާލުވެހުރި ފަރާތެވެ. ތިނެސްކަން ލޯބީގެ މި ޑްރާމާގެ ވާހަކަ ލިޔުނީ ޢަލީ ރަޝީދުގެ އަންހެނުން އައިމިނަތު ރިނާޒާ އެވެ.
“ހަނާ” ސީރީޒް މި ނޮވެމްބަރު މަސްތެރޭގައި ބައިސްކޯފުން ދައްކަން ފަށާނެ ކަމަށް ޓީމުން މަޢުލޫމާތުދެއެވެ.

ދޮން އައްޔަށް ދިން ސައޕްރައިޒް ކެއުމުގައި ތައްޔާޜުކޮށްފައިވަނީ ދިވެހި ކެއުންތައް – ފޮޓޯ: ހަނާ ޓީމް
ލިޔުންތެރިޔާގެ ފުރަމަލަ
