‘ފްރޯޒަން 2’ ސްކްރީނަށް ނެރުނު ދެވަނަ ދުވަހުގެ ޓިކެޓް ދެ ގުނަ އިތުރަށް ވިކިފައިވާކަމަށް ބޮކްސް އޮފީހުން ބުނެފިއެވެ.
އެލްސާ އަދި އާނާ ދެބެއިންގެ ޖާދުވީ މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ބައި ނިކުމެފައިވަނީ 2013 ވަނަ އަހަރުއެވެ.
ބޮކްސް އޮފީހުގެ ރިޕޯރޓުގައި ވާގޮތުން މި ފިލްމުގެ ފުރަތަމަ ދުވަހު ލިބިފައިވާ އަދަދުގެ ދެގުނަ ދެވަނަ ދުވަހު ފިލްމަށް ވަނީ ލިބިފައެވެ. މި ދިޔަ ހޮނިހިރު ދުވަހު ފިލްމަށް ޖުމްލަ ލިބިފައިވަނީ 6.75 ކުރޯޑް ރުޕީސް އެވެ. މިއާއެކު ދެ ދުވަހުން ޖުމްލަ 10 ކުރޯޑް ރުޕީސް ވަނީ ‘ފްރޯޒަން 2’ އަށް ލިބިފައެވެ.
މި ހަފްތާ ބަންދުގައި ފިލްމަށް ލިބޭ ތަރުހީބު އަދިވެސް އިތުރު ވާނެ ކަމަށް ވާހަކަ ދެކެވޭއިރު ހަފްތާ ދުވަސް ތަކުގައި މި އަދަދަށް ކިހާ ވަރެއްގެ ބަދަލެއް އަންނާނެ ބާވައޭ މީ އުފެދޭ ސުވާލެކެވެ.
‘ފްރޯޒަން 2’ އާ ދެން އެންމެ ވާދަ ކުރާ ފިލްމެއްގެ ގޮތުގައި ޖޯން އަބްރަހަމްގެ ‘ޕާގަލްޕަންތީ’ ފާހަގަ ކޮށްލެވޭ އިރު އެ ފިލްމުވެސް ވަނީ ދެ ދުވަހުން 10.25 ކުރޯޑް ރުޕީސް ހޯދާފައެވެ.
‘ފްރޯޒަން 2’ ގެ ހިންދީ އަޑު އަޅާފައިވަނީ ޕްރިޔަންކާ ޗޯޕްރާގެ ދެބެއިންނެވެ. މި ކަމަށް އަމާޒުކޮށް ޕްރިޔަންކާ ބުނެފައިވަނީ ކޮއްކޮ ޕަރިނީތީ އާ އެކު މިފަދަ ގޮތަކަށް މަސައްކަތް ކޮށްލުމުގެ ފުރުޞަތު ލިބުމުން ވަރަށް ބޮޑަށް އުފާ ވާ ކަމަށާއި، ކޮއްކޮ އާއެކު މިފަދަ ކިތައްމެ ކަމެއް އަދި ފެނިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ