އެއްވެސް ދިރުމެއްނުވާ އަދި އެއްވެސް ދިރުމަކަށް ނޫޅެވޭނެ ތަނެއް ދުނިޔެއިން ސައިންސްވެރިން ހޯދައިފިއެވެ.
އިތިއޯޕިއާގެ އުތުރުގައި އޮންނަ ޑައްލޮލް ކިޔާ ކުޑަ އަވަށެއްގައި އޮތް މި ފެންގަނޑު (ލޭކް) އަކީ ވިހަ ގޭހާއި، ލޮނުން ފުރިފައިވާ ތަނެއް ކަމަށް ސައިންސްވެރިން ހާމަކޮށްފައިވެއެވެ. ޑެޑްސީ އާއި، އެންޓާޓިކާ އަދި ދުނިޔޭގެ ކޮންމެ ސަރަހައްދަކުން ވެސް ކޮންމެވެސް ވައްތަރެއްގެ ދިރުމެއް ފެނިފައިވާއިރު، މި ކޯރުގައި އެންމެ ކުދި ދިރޭތަކެތި، “މައިކްރޯބްސް” ގެ އަސަރެއް ވެސް ފެންނަން ނެތްކަން ސައިންސްވެރިންގެ ހޯދުންތަކުން ހާމަވެފައިވެއެވެ.
މިހާރު ޖިންނީންގެ އަވަށުގެ ގޮތުގައި މަޝްހޫރުވެފައިވާ، ފިނިހޫނުމިނުގައި އާންމުގޮތެއްގައި 45 ޑިގްރީސް ހުންނަ ޑައްލޮލް އަވަށަކީ ދުނިޔޭގެ އެންމެ ހޫނު އެއް ސަރަހައްދެވެ. ޑައްލޮލް ގައި އޮތް މި ލޭކް ގެ ފެން ހޫނުކަމުން އަބަދު ކެކިކެކި ހުންނަ އިރު، ވިހަ ގޭސްތައް ހުއްޓުމެއްނެތި ބޭރުވަމުންދާކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.
“ކުރިއަށްވުރެން ގިނަ ސާމްޕަލްތަކެއް ނަގައިގެން ތަހްލީލް ކުރުމަށްފަހު، ލޮނާއި، ވިހަ ގޭހާއި، އަދި އެހާމެ ހޫނު، މި ލޭކް ގައި އެންމެ ކުދި ދިރޭތަކެތީގެ ދިރުމެއް ވެސް ނެތްކަން އަހަރެމެންނަށް ޔަގީންވި.” ފްރެންޗް ނޭޝަނަލް ސެންޓަރ ފޮރ ސައިންޓިފިކް ރިސާރޗް ގެ ސައިންސްވެރި އެއް ކަމަށްވާ ޑރ. ލޮޕޭޒް ގާސިއާ ބުނެފައިވެ.
މި ސަރަހައްދުން ލޮނުގައި އެކުލެވޭ “މައިކްރޯބްސް” ފެނިފައިވާއިރު، ލޭކް ތެރެއިިން އެއްވެސް ދިރުމެއް ނުފެނުނު ކަމުގައި ސައިންސްވެރިން ބުނެފައިވެއެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ، މި ލޭކް އަށް އެރޭ އެއްވެސް ދިރޭ އެއްޗެއް ސަލާމަތެއް ނުވާނެއެވެ.
“އަހަރެމެންގެ ހޯދުންތަކުން ލިބުނު ހެކިތަކަކަށް ބަލާއިރު ފެން ހުރި ނަމަވެސް، ދިރުމެއްނުވާ ޑައްލޮލް ލޭކް ފަދަ ތަންތަން ދުނިޔޭގައި އެހެން ސަރަހައްދުތަކުގައި ހުރުން އެކަށީގެންވޭ.” ނޭޗަރ އިކޮލޮޖީ އެންޑް އިވޮލިއުޝަން މަޖައްލާގައި ޑރ. ލޮޕޭޒް ގާސިއާ ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި