‘ޕާގަލް ޕަންތީ’ އާއި ‘ފްރޯޒަން 2’ ސްކްރީނުގައި ދެއްކި ފުރަތަމަ ދުވަހުގެ ވިޔަފާރި ދަށްވި ނަމަވެސް ނިމި ދިޔަ ހަފުތާ ބަންދުގައި އެދެވޭ ބޮޑު ކާމިޔާބިއެއް ދެ ފިލްމަށްވެސް ވަނީ ލިބިފައެވެ.
ބޮކްސް އޮފީހުގެ ރިޕޯރޓުގައި ވާ ގޮތުން ޑިޒްނީގެ އެނިމޭޝަން ފިލްމު ‘ފްރޯޒަން 2’ ގެ ފުރަތަމަ ހަފްތާ ބަންދަށް ފަހު ހޯމަ ދުވަހު 1.75 ކުރޯޑު ރުޕީސް ލިބިފައި ވާއިރު ވޭތުވެދިޔަ 4 ދުވަހުގެ ތެރޭގައި ޖުމްލަ 20 ކުރޯޑް ރުޕީސް ވަނީ ފިލްމަށް ލިބިފައެވެ.
ހަމަ އެ ރިޕޯޓުގައި ހިމަނާފައި ވާ ގޮތުން އަނީސް ބަޒްމީގެ ‘ޕާގަލް ޕަންތީ’ ފުރަތަމަ ހަފްތާ ބަންދަށް ފަހު ހޯމަ ދުވަހު ޖުމްލަ 2.50 ކުރޯޑު ރުޕީސް ލިބިފައި ވެއެވެ. މިއާއެކު ވޭތުވެ ދިޔަ 4 ދުވަހުގެ ތެރޭގައި ފިލްމަށް ވަނީ ޖުމްލަ 22 ކުރޯޑް ރުޕީސް ލިބިފައެވެ.
ގައުމުން ބޭރުގައި އަޅުވައިގެން މިއަދާ ހަމައަށް އެންމެ ގިނަ އާމްދަނީއެއް ލިބުނު އެނިމޭޝަން ފިލްމެއްގެ ގޮތުގައި ‘ފްރޯޒަން 2’ ހިމެނިފައިވާއިރު އެ ފިލްމަށް ގައުމުން ބޭރުން ލިބިފައިވަނީ ޖުމްލަ 350.2 މިލިޔަން ޔޫއެސް ޑޮލަރެވެ.
‘ޕާގަލް ޕަންތީ’ ގެ ސްޓާރުންގެ ޓީމުގައި ހިމެނޭ އަނިލް ކަޕޫރު، ޖޯން އަބްރަހަމް، އިލީނާ ޑީކްރޫޒް، އަރުޝަދު ވަރްސީ، އުރްވަޝީ ރައުޓެލާ، ޕަލްކިޓް ސަމްރަތު، އަދި ކްރިތީ ޚަރްބަންދާ ބުނެފައިވަނީ މި ހަފްތާ ނިމޭއިރު 28 ކުރޯޑް ރުޕީސް ނުވަތަ 29 ކުރޯޑް ރުޕީސް އާ ހަމައަށް އާމްދަނީ އިތުރު ވެގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ