ކޮޅުމަޑުލު ތިމަރަފުށީގައި އެ އަތޮޅުގެ ހަތް ރަށަކަށް ހުޅުވާލައިގެން “އެމްޕީ ކަޕް 2019” ގެ ނަމުގައި އެއްލައްކަ ރުފިޔާގެ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް ބާއްވާ މި މުބާރާތް ރާވައި، ހިންގުމުގެ ހުރިހާ ކަމެއް ހަވާލުކޮށްފައިވަނީ ތިމަރަފުށީ ޒުވާނުންގެ މަރުކަޒާއެވެ.
ރާއްޖޭގެ އެންމެ ހިންގުންތެރި، ނަމޫނާ ޒުވާނުންގެ މަރުކަޒުގެ މަގާމް 2016, 2017 އަދި 2018 ވަނަ އަހަރު ހޯދާފައިވާ މި މަރުކަޒުގެ ހިންގުންތެރި ވެރިޔާ އަޙްމަދު ނާސިރު، މުނިއަވަސް އަށް ވިދާޅުވިގޮތުގައި މި މުބާރާތް ހަތް ރަށަކަށް ހުޅުވާލި ނަމަވެސް، މުބާރާތުގައި ބައިވެރިވެފައިވަނީ ފަސް ރަށަކުން ކަމަށެވެ. ތިމަރަފުށި، ވޭމަންޑޫ، ކިނބިދޫ، އޮމަދޫ، ވަންދޫ، ކަނޑޫދޫ އަދި ހިރިލަންދޫ އަށް މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ފޮނުވިއިރު، ކިނބިދޫ އަދި އޮމަދޫ ފިޔަވައި ބާކީ ފަސް ރަށުން ވަނީ ދައުވަތު ގަބޫލުކޮށް މުބާރާތުގައި ބައިވެރިވެފައެވެ.
މުބާރާތުގެ ގުރުނެގުން އިއްޔެ ތިމަރަފުށީ ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ދިޔައިރު، މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ވެސް އެއް ޓީމު އަނެއް ޓީމާއި ވާދަކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށް ކަމަށް، ތިމަރަފުށީ ޒުވާނުންގެ މަރުކަޒުގެ ވެރިޔާ އަހްމަދު ނާސިރު ވިދާޅުވިއެވެ.
މުބާރާތް ކުރިއަށް ދާނީ 26 ޑިސެމްބަރު 2019 ވަނަ ދުވަހުން ފެށިގެން 9 ޖެނުއަރީ 2020 ގެ ނިޔަލަށެވެ. މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ތިމަރަފުށި އަދި ކަނޑޫދޫ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ބައިލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި