އުނގަންނައި ދިނުމުގައި ޙަރަކާތްތެރިވަމުން އަންނަ މުދައްރިސުންނަކީ ވަރަށް ވަދިކޮށް (ބިޒީކޮށް) މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. އެބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަކީ އެކަމުގެ އަގު ކޮންމެ ފަރުދަކުވެސް ވަޒަންކޮށް ޝުކުރު އަދާކުރަންޖެހޭ ވަރުގެ ކަމެކެވެ.

ވަދިކޮށް އުޅުއްވާ މުދައްރިސުންނަށް ވަރަށް ބޭނުންތެރިވާނެ ކަމަށް އަޅުގަނޑަށް ފެންނަ ބައެއް ވެބް ސައިޓް ތަކުގެ ލިންކް ތަކެއް މިތަނުގައި ހުށައަޅާލާނަމެވެ. މީގެ އިތުރުން މި ލިންކް ތަކަކީ ބެލެނިވެރިންނާއި ދަރިވަރުންނަށްވެސް ހަމަ އެހާމެ މުހިންމުވާނެ، ފައްކާ ލިންކް ތަކެކެވެ.

1- ޚާން އެކަޑަމީ

މިއީ ދުނިޔޭގެ ފެންވަރުގެ ތަޢުލީމީ ވަޞީލަތްތައް ހިލޭ ފޯރުކޮށްދިނުމަށް ހިންގަމުން އަންނަ ވެބްސައިޓެކެވެ. މި ވެބްސައިޓުން ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިންނަށް ބޭނުންވާނެ ގިނަގުނަ މަޢުލޫމާތުތައް ލިބިގެންދާނެއެވެ.

އިންސްޓަކްޝަން ވީޑިއޯ، އެކިއެކި މާއްދާތަކުން ފަރިތަކުރުމުގެ ތަމްރީނުތައް ހިމެނެއެވެ. އެގޮތުން ހިސާބު، ކެމިސްޓްރީ، ފިޒިކްސް، ސައިންސް، އާޓްސް، ހިއުމެނިޓީސް އާއި އިތުރު މާއްދާތައް ވެސް ހިމެނެއެވެ.

2- ރީޑް ރައިޓް ތިންކް

ރީޑްރައިޓްތިންކް ވެބްސައިޓުން ކުލާސްރޫމަށް ބޭނުންވާނެ ތަފާތު މެޓީރިއަލްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް ބޭނުންވާނެ ގިނަގުނަ ވަޞީލަތްތައް ލިބެން ހުންނާނެއެވެ. އެގޮތުން އިންޓަރެކްޓިވް ލެސަން ޕްލޭން، ޕްރިންޓް އައުޓްސް، މޯބައިލް އެޕް، ސްޓްރެޓެޖީ ގައިޑްތަކުގެ އިތުރުންވެސް ގިނަ ވަޞީލަތްތައް ލިބެން ހުންނާނެއެވެ.

3- ކޮމަން ސެންސް މީޑިއާ

 

މި މަންސައަކީ މުދައްރިސުން ތައްޔާރުކޮށްފައިވާ އުގެނުމަށް ބޭނުންކުރާ ވަޞީލަތްތަކާއި މޯބައިލް އެޕްތަކާއި، ރެޑީ-މޭޑް ލެސަން ޕްލޭންތަކާއި، ވެބިނާރސް، ވީޑިއޯއާއި އެހެނިހެން އިތުރު ވަޞީލަތްތައް ވެސް ހިމެނޭ ވެބްސައިޓެކެވެ.

4- ސީކޭ 12

ސީކޭ-12 އަކީ ޓީޗަރުންނަށް ބޭނުންވާނެ ލެސަން ޕްލޭން، އެކްޓިވިޓީތައް، ސްޓަޑީ ގައިޑްތަކާއި ޕްރެކްޓިސް ކުރުމަށް ބޭނުންވާނެ ތަމްރީނުތައް ފަދަ އެތަކެއް ވަޞީލަތްތަކެއް ހިމެނެއެވެ.

5- ސްމިތުސޯނިއަމް ލާރނިންގ ލެބް

ސްމިތުސޯނިއަން ލާރނިންގ ލެބް މިއީ އުނގެނުމަށް ބޭނުންވާ އެތަކެއް ބައިވަރު ވަޞީލަތްތަކެއް އެކުލެވޭ ވެބްސައިިޓެކެވެ.

6- އޯއީއާރް ކޮމަންސް

އޯޕަން އެޑިއުކޭޝަނަލް ރިސޯސަސް (އޯއީއާރް) އަކީ އާއްމުކޮށް ހުޅުވައިލެވިފައިވާ ސްމޭކް ލައިބްރަރީ އެކެވެ. މި މަންސައަކީ ތަޢުލީމީ ވަޞީލަތްތައް ހޯދާބަލައި، އުފައްދައި، ތަޢުލީމީ ދާއިރާގެ މީހުންނާއި އެކުގައި މަސައްކަތްކޮށް މުޤައްރަރު ތަރައްޤީ ކުރުމަށް ބޭނުންކުރެވިދާނެ ތަނެކެވެ.

7- ޑިސްކަވަރީ އެޑިއުކޭޝަން

ޑިސްކަވަރީ އެޑިއުކޭޝަން އަކީ ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށް އެހީވެދޭނެ އެތަކެއް ހާސް ވަޞީލަތްތައް އެކުލެވޭ މަންސައެކެވެ. މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންކުރެވިދާނެ އެތަކެއް ބައިވަރު ވަޞީލަތްތައް މިތަނުން ލިބެން ހުންނާނެއެވެ.

8- ޓެޑް އެޑް

 

މިއީ މަޝްހޫރު ޓެޑް ޓޯކްސް ހިންގާ ޓެޑް ގެ ފަރާތުން މުދައްރިސުންނަށް، ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށް، ދަރިވަރުންނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ މަންސައެކެވެ. މިތަނުން އިންޓަރެކްޓިވް ވީޑިއޯ ފިލާވަޅުތައް ލިބެން ހުންނާނެއެވެ.

9- އެޑްޝެލްފް

މިއީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންކުރެވޭނެ މޯބައިލް އެޕްތައް، ޑެސްކްޓޮޕް ޕްރޮގްރާމުތަކާއި އެލެކްޓްރޯނިކް ވަޞީލަތްތައް ލިބެން ހުންނަ މަންސައެކެވެ.

10- ސިމްބަލޫ އެޑިއު

ސިމްބަލޫ އެޑިއު އަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދަރިވަރުންގެ ވިޒުއަލް ރިސޯސް މެނޭޖްމެންޓް އާލާތެކެވެ. މިތަނުގައި ވެބްސައިޓްތަކުން ލިބެންހުންނަ ތަކެތި ތަރުތީބުކޮށް ހިއްސާކުރުމަށް ފަސޭހަ ގޮތްތަކެއް ތަރުތީބުކޮށްފައިވެއެވެ. މި ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުން އެމީހުންގެ ވަޞީލަތްތައް ‘ކްލައުޑް‘ގައި ރައްކާކޮށް ބޭނުން ތަނެއްކައި ހުރެ މޯބައިލް ފޯނު، ޓެބްލެޓް އަދި ކޮމްޕިއުޓަރުން ބޭރުން އިރަކު ބޭނުންކޮށްލެވޭނެއެވެ.

11- ބުކްބޮކްސް

މިއީ ތަފާތު ވޯކްޝީޓް ތަކާއި އެމްޕީތުރީ ކޮންޓެންޓްސް އާއި އޯޑިއާ އާއި ގޭމް އަދި ވީޑިއޯ އެކުލެވޭ މުހިންމު ވެބް ސައިޓެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.