ބައިސްކޯފުން ދެއްކުމަށް، ޙުސައިން މުނައްވަރު (ކުޑަފޫޅު) ޕްރޮޑިއުސްކޮށް އަމްޖަދު އިބްރާހިމް ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް “ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މުނިއަވަސް ހަމަޖައްސައިފިއެވެ.
“ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސް އަށް ހަވާލުކުރުމަށް ޕާޓްނަރޝިޕް އެގްރިމެންޓްގައި ސޮއިކުރުން އޮތީ ރޭ މާބްލް ހޮޓެލްގައެވެ. “ހަނާ” ސީޒްގެ ފަރާތުން އެގްރީމެންޓްގައި ސޮއިކުރީ ޕްރޮޑިއުސަރަ ޙުސައިން މުނައްވަރު އެވެ. މުނިއަވަސް އިން ސޮއިކުރީ ޑެޕިއުޓީ އެޑިޓަރ އަދި މާކެޓިން ހެޑް ޢަލީ ނިހާސް އެވެ.

“ހަނާ” ގެ އޮންލައިން މީޑިއާ ޕާޓްނަރު އެއްބަސްވުމުގައި ހުސެން އަދި ނިހާސް ސޮއިކުރަނީ – ފޮޓޯ: ހަނާ ޓީމު
މުނިއަވަސް އަށް މީޑިއާ ޕާޓްނަރުކަން ދިނުމަށްފަހު ހުނަރުވެރި އެކްޓަރ އަދި “ހަނާ”ގެ ޕްރޮޑިއުސަރ ހުސެން ބުނީ މުނިއަވަސް އަކީ ފިލްމީ ދާއިރާއާއި އާޓިސްޓުންގެ މަސައްކަތް ވަރަށް ރަނގަޅަށް ކަވަރކޮށް މި ދާއިރާ ޕްރޮމޯޓްކުރުމަށް މަސައްކަތްކުރަމުން އަންނަ އޮންލައިންއެއް ކަމަށް ފާހަގަވާތީ މުނިއަވަސް އަށް މީޑިއާ ޕާޓްނަރުކަން ދިނުމަށް ނިންމީ ކަމަށެވެ.
“މީޑިއާ ޕާޓްނަރަކަށް މުނިއަވަސް ހަމަޖެއްސުމުގެ ކުރިންވެސް “ހަނާ”ގެ ޚަބަރުތައް މުނިއަވަސް އިން އަންނަނީ ވަރަށް ރަނގަޅަށް ކަވަރުކުރަމުން. އޭގެ އިތުރުންވެސް ފިލްމީ ދާއިރާގެ ކަންކަން ވަރަށް ރަނގަޅަށް އަންނަނީ ގެނެސްދެމުން.” ހުސެން ފާހަގަކުރިއެވެ.
މުނިއަވަސް އިން ފިލްމީ ދާއިރާގެ ޚަބަރުތަކާއި މަޢުލޫމާތުތައް ގެނެސްދެމުން އަންނަ ގޮތަށް ވަރަށް ބޮޑަށް ތައުރީފުކޮށް ހުސެން ވާހަކަދެއްކިއެވެ.

“ހަނާ” ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މުނިއަވަސް އަށް ދިނުން – ފޮޓޯ: ހަނާ ޓީމު
ޕްރޮޑިއުސަރ ހުސެން ބުނީ “ހަނާ” ޑްރާމާގެ ޑަބިން މަސައްކަތްވެސް މިހާރު އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައިވާކަމަށެވެ. އެގޮތުން މިހާރު ނުކުރެވި ހުރި މަސައްކަތަކީ ސީރީޒްގެ ބެކް މިއުޒިކްގެ މަސައްކަތްކުރުން އެކަނިކަންވެސް އޭނާ ފާހަގަކުރިއެވެ. މި މަހު ގެނެސްދިނުމަށް އަމާޒުހިފި ސީރީޒް މި މަހު ނުގެނެސްދެވި ލަސްވާތީ އެކަމަށް ބެލުންތެރިންގެ ކިބައިން މަޢާފަށް އެދެމުން ހުސެން ބުނީ ސީރީޒް ގެނެސްދިނުން ލަސްވަމުންދަނީ އިތުރަށް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރަމުން އަންނާތީ ކަމަށެވެ.
ވެބް ސީރީޒް “ހަނާ” އަކީ މޮޅު ސީރީޒްއެކޭ، އެވޯޑަކަށް ހުށައަޅައިފިއްޔާ އެވޯޑް ލިބޭނޭ ނުބުނާނެ ކަމަށާއި ނަމަވެސް މި ސީރީޒް ބެލުމަށްފަހު ބެލުންތެރިން މާޔޫސްނުވާނެ ކަމަށާއި ހިތްހަމަ ޖެހުމާއެކު ސީރީޒް ބަލާނެކަމަށް ހުސެން ބުންޏެވެ.

“ހަނާ” ގެ ޝޫޓިން ތެރެއިން – ފޮޓޯ: މުނިއަވަސް
“ހަނާ”ގެ ލީޑް ކުޅެނީ ނުވަ ވަނަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރުގެ ރޯލާއި ސްޕެޝަލް ޖޫރީ ޕްރައިޒް، އައުޓްސްޓޭންޑިންގ އޯލްރައުންޑް ޕާރފޯމަރގެ އެވޯޑް ހޯދާފައިވާ އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ)، ނޫރާ، ޝަމީލް، ގުލިސްތާނު އަދި ނިޝާ (ނިޝްކޮ) ހިމެނެއެވެ.
“ހަނާ” އަކީ 13 އެޕިސޯޑްގެ ވެބް ސީރީޒްއެކެވެ. ސީރީޒް ކެމެރާ ކުރީ ހުސެން މުނައްވަރެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ ޢަލީ ރަޝީދު (ގޮޅާ) އެވެ. ވާހަކަ ލިޔުނީ އާމިނަތު ރިނާޒާ އެވެ.
މުނިއަވަސް ރެޖިސްޓްރީ ވިތާ އަހަރެއް ފުރެން ކައިރިވެފައިވާއިރު، މިހާރަކަށް އައިސް އުފައްދަމުން އަންނަ ގިނަ ދިވެހި ފިލްމުތަކުގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރަމުން އަންނަނީ މުނިއަވަސް އިންނެވެ. މީގެ އިތުރުން ބައެއް މިއުޒިކް ބޭންޑްތަކުގެ މީޑިއާ ޕާޓްނަރުކަން ވެސް މުނިއަވަސް އިން ގެންދަނީ ކުރަމުންނެވެ.
“ހަނާ” އަކީ ވެބް ސީރީޒެއްގެ އޮންލައިން މީޑިއާ ޕާޓްނަރު ކަން މުނިއަވަސް އިން ކުރާ ފުރަތަމަ ސީރީޒެވެ. މީގެ އިތުރުން ބައިސްކޯފުން ދެއްކުމަށް އުފައްދާފައިވާ އުފެއްދުމެއްގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރާ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު