ރޭ ޔުއެފާ ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ޖާމަނީގެ ފްރޭންކްފަޓް އަތުން 2-1 ގެ ނަތީޖާއަކުން އާސެނަލް ބަލިވުމުން، އެޓީމުގެ ކޯޗު އުނައި އެމެރީ މަގާމުން ދުރުކޮށްފިއެވެ.
އުނެއި އެމެރީ އާސެނަލްގެ ކޯޗުކަމުން ވަކިކޮށްފައި މިވަނީ މިއަދުގެ ވަގުތެއްގައި ބޭއްވި ބޯޑު ބައްދަލުވުމަށްފަހުގައެވެ.
“އުނައި އަދި އޭނާއާ އެކު މަސައްކަތް ކުރި މީހުން، އަހަރެމެންގެ އެދުމާއި އެއްގޮތަށް ކުލަބު ވާދަވެރި ލެވެލް އަކަށް ގެންދިއުމަށްޓަކައި ކުރި މަސައްކަތަށް ޝުކުރުވެރިވަން.” އާސެނަލް އިން ނެރުނު ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ. ދާއިމީ ކޯޗެއް އައްޔަންކުރަންދެން ކުލަބަށް އިރުޝާދު ދިނުމަށް ހަމަޖެހިފައިވަނީ އެމެރީ ގެ ދަށުން މަސައްކަތްކުރަމުން އަންނަ ކުރީގެ އާސެނަލްގެ ތަރި ފްރެޑީ ލިޔުންބާގް އެވެ.
އާސެނަލް އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅެއް ހޯދިފައިނުވާއިރު، އިނގިރޭސި ޕްރިމިއަރ ލީގުގައި އެޓީމު އޮތީ 8 ވަނައިގައެވެ. ރެކޯޑުތައް ދައްކާ ގޮތުން ފާއިތުވި 27 އަހަރުތެރޭގައި މި ސީޒަނަކީ އެންމެ ދަށް ނަތީޖާތަކެއް އާސެނަލް އިން ނެރެމުންދާ ސީޒަން ކަން ފާހަގަކޮށްލެވެއެވެ.
ސްޕެއިންގެ ސެވިއްޔާ އާ އެކު ތިންފަހަރު ޔޫރޮޕާ ލީގު ހޯދައި، ޕީއެސްޖީ އާ އެކު ފްރާންސް ލީގު އެއްފަހަރު ހޯދާފައިވާ އެމެރީ ވަނީ އާސެނަލް އާ ހަވާލުވި ފުރަތަަމަ ސީޒަނުގައި އެޓީމު ޔޫރޮޕާ ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އެމެރީގެ އިރުޝާދުގެ ދަށުން ކުޅުނު މެޗުތަކުން މޮޅުވެފައިވަނީ %40 އެވެ. ނަމަވެސް ޔޫރަޕުގައި ކުޅުނު މެޗުތަކުން %70 މޮޅުވެފައިވެއެވެ.
ޚަބަރުތައް ބުނާގޮތުން އާސެނަލްގެ ކޯޗު ކަމަށް ގެނައުން އެންމެ ގާތީ އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބެއް ކަމަށްވާ ވޮލްވަހޭމްޓަންގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ އެވެ. މަސިމިލިއާނޯ އެލެގްރީ އާއި، ރަފާ ބެނިޓޭޒް އަދި މިކޭލް އާޓެޓާ އަކީ ވެސް އާސެނަލް އިން ފާރަލަމުންދާ ކޯޗުން ކަމަށް ޚަބަރުތައް ބުނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި