“11 ފިރިހެނުން ހައްޔަރުކުރީ އަސްލު އަހަރެން ހައްޔަރު ކުރަން!”
މިފަހުން މީޑިޔާގައި އެންމެ ބާރަށް ދެކެވުނު ވާހަކައަކީ ބަނގުރަލާއެކު ޕާޓީ ކުރަނިކޮށް ފިލްމީ ތަރި މަލް އާއި 11 ފިރިހެނަކު ހައްޔަރު ކުރި ވާހަކައެވެ. ފާޑު ފާޑުގެ މީމްސްތައް ހަދައިގެން މީސް މީޑިޔާ ފުރާލީ މަލާމާތާ ފުރައްސާރައިންނެވެ. އަސްލު ކަން ހިނގައި ދިޔަ ގޮތް ބަލައިލަން އެކަކުވެސް ބޭނުންވިހެންނެއް ހީވެސްނުވެއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް އެޅުނުވަރަކަށް ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ރަހަ ހެޔޮވަރު ކުރީއެވެ.
ކަން މިހެން ހުރިއިރު ހާދިސާގެ އަނެއްކޮޅު އޮތްގޮތް ބަލާލުން މުހިންމެވެ. އެރޭގެ ހާދިސާއާ ބެހޭ ގޮތުން މުނިއަވަސް އަށް މައުލޫމާތު ދެމުން މަލީހާ ވަހީދު (މަލް) ބުނީ އެތަނަށް ދިޔައީ އެތާ ރިސެޕްޝަންގައި އުޅޭ އެކުވެރި އަކާ އެކީ ކޮފީއެއް ބޯލުމަށް ކަމަށެވެ.
“ކޮފީ ބޯން ޓެރަސްއަށް ދިޔައީ. ދިޔައިރު މަލް މެން ދިޔަ ފަރާތުގައި 3 މޭޒު ޖައްސައިގެން ތިބި ބަޔަކު. މަލް މެން ގޮސް އިށީނީ އެތާ އެއްފަރާތުގައި ވަކިން އިން ގޮޑި އެއްގައި. ގޮސް މާއްކޮ (އެކުވެރިޔާގެ ނަން) ދިޔައީ ތިރިއަށް ފޯނު ބަލާ. ދިޔަތަނާ ޕޮލިހުން އައީ” މަލް ބުންޏެވެ.
ހާދިސާގެ ޚަބަރު ފަތު އަޑު ކިޔާފައި ފެތުރިގެން ދިޔައިރު މަލް ބަރަހަނާވެ ނިމިއްޖެއެވެ.
“އައިސް ބުނީ އެންމެ ޗެކްކުރަން. މަލް ބުނީން އެމީހުންނާ އެކީ އެއްނޫނޭ މީނީ. ބުނީމަ ވެސް ބުނީ އެމީހުންނާ އެކީއޭ ތީނީ. 4 ފިރިހެނުން އައީ ދެން މަލް އަކީ އަންހެނެއްވީމަ ދަބަސް ޗެކް ކުރީ. ޗެކްކޮށްފަ ބުނީ އޯކޭއޭ ދެން ދާށޭ. އޭރު އެތަނުން އެއް ޕޮލިސް އަނެއް މޭޒުގައި އިން މީހެއް ގޮވައިގެން ދިޔައީ ބޭރަށް. ދެން މަލް ދިޔައީ ޓެރަސް ދޮރުކައިރިއަށް. ދިޔަތަނާ ބޭރަށް ދިޔަ ފުލުސްމީހާ އައިސް ބުނީ އެކަކަށްވެސް ނުދެވޭނޭ. ދެން ފޯނުތައް އަތުލާފަ ބުނީ މޭޒުގައި ހުރި ހުސްތަށިތައްކުގައި ހުރީ ރާކަމަށް ޝައްކުވެޔޭ. ދެން ޕޮލިހަށް ގެންގޮސް ޓެސްޓް ހަދާފަ ދޫކޮށްލާނަމޭ. އެކަމަކު ގެންގޮސް އެއްޗެހިތައް އަތުލާފަ ބުނީ ތިހުރީ ހައްޔަރުކޮށްފައޭ” މަލް ބުންޏެވެ.
މަލް ބުނި ގޮތުގައި މަލްގެ މައްސަލަ އެއް މިހާރުވެސް ހިނގަމުން ދާތީ އެމައްސަލަ އާއި މިމައްސަލަ ގުޅުވަން މަސައްކަތް ކުރާކަން ފުލުހުންގެ ވާހަކައިން އެނގޭ ކަމަށެވެ. މަލް އިތުރަށް ބުނީ އެއްވެސް އެއްޗެއް ނުފެނި ހައްޔަރުކޮށްގެން ފުލުހުން ބޭނުންވީ ތަހުގީގު ނިމެންދެންވެސް ހައްޔަރުގައި ބަހައްޓަން ކަމަށާއި ކޯޓުން 4 ދުވަސް ޖެހުމުން ވެސް ފުލުހުން ތިބީ ހިތްހަމަ ނުޖެހިފަކަމަށެވެ.
“މުޅި ތަން ބަލާ ފާސް ކުރި. އެތާ ހުރި ގަސްތަކާ އެއްޗެހި ބެލި. އެކަމަކު އެއްވެސް އެއްޗެއް ނުފެނުނު. ފުލުހުން ހަމައެކަނި ގެންދިޔައީ އެތާ ހުރި ތަށިތަކެއް. މަލް އަށް ހީވަނީ މަލް ހައްޔަރު ކުރަންވެގެން އަނެއް 11 މީހުންވެސް ހައްޔަރު ކުރީ. އެއްވެސް އެއްޗެއް ނެތި” މަލް އިތުރަށް ބުންޏެވެ.
މަލް އާއެކު 11 ފިރިހެނުން ހައްޔަރުކުރި މައްސަލައިގައި ފުލުހުން މާ ގިނަ ވާހަކެއް ނުދައްކައެވެ. މަލް ހައްޔަރުކުރި ރޭ ފުލުހުން ބުނީ އެ 12 މީހުން ހައްޔަރުކޮށްފައިވަނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި ހާދިސާގައި 11 ފިރިހެނުން ހައްޔަރުކުރިއެވެ. އަބުރު ކަތިލާ ހަނާކޮށްލީ މަލްގެ އެވެ. މަލް ގެ އެހެން މައްސަލައެއް އޮތުމުން ކަމަށްވެސް ވެދާނެއެވެ. އަންހެން ކުއްޖަކަށް ވުމުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ފިލްމީ ތަރިއަކަށް ވުމުން ކަމަށްވެސް ހަމަ ވެދާނެއެވެ.
މަލް ކުރި ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ލިބެންވާނެއެވެ. ނަމަވެސް އިތުރު މީހުންތަކަކާއެކު ހައްޔަރު ކުރެވުނު އިރު ހަމައެކަނި މަލްގެ އަބުރު ކަތިލުމުގައި މީސް މީޑިއާއާއި މާސް މީޑިއާއިން ރޯލެއް ކުޅުމަކީ ދެރަވަރު ކަމަކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މާރޗް 2021ޚަބަރުލަވަކިޔުންތެރިޔާ ޝްރެޔާ ބަނޑުބޮޑު!
- 28 ޖެނުއަރީ 2021ޚަބަރުއިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި
- 10 ޑިސެމްބަރ 2020ޚަބަރުދެކުނު އިންޑިޔާ ސިނަމާއިން އެންމެ “ހޭންޑްސަމް” ފަސް ތަރިން
- 9 ޑިސެމްބަރ 2020ރިޕޯޓްލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ.
ރީތި މަންޖެއެއް. ޑްރަގްސް ކަންތަކާ ދުރުގަ ހުރެވޭތޯ ބަލާ. ކުށް ކުރެވޭނެ. ތައުބާވެފަ ކުރިއަށްދޭ.
މަލް ވަރަށް ސަޅި. ތި ވާހަކަތައް ތެދު ނަމަ ދެރަ
Mal varah loabi. Varah loabivey mal dheke. Dhen nudhahchey ethanah coffee boan.
Saabas.. mash hooru enmenah engey meehaku kameh kureema adu araa leh bodu vaane kan nengi hure tha hama film kulheny.. anhen kujjeh v ma yo… bo halaak
Haha..salaamay vaan vegen dhahkaabahanaa thee