އަހަރުގެ ބޮޑު ފިލްމު “ނޯޓީ 40” މާލެ އާއި ރާއްޖޭގެ އެތަކެއް ރަށެއްގައި ކާމިޔާބު ކަމާއިއެކު ދެއްކި ފަހުން މަހެއްވެސް ނުވެ އުޅެނިކޮށް އެ ފިލްމުގެ ކޮޕީއެއް އޮންލައިން މީޑިއާ އެއްގައި ލީކް ކޮށްލައިފި އެވެ.
“ނޯޓީ 40” އިން ހަދާފައިވާ ‘ޒިޔާ ލާމު ކޮޕީ’ ލީކްވެފައިވަނީ ކޮން ގޮތަކުންކަން ނޭނގުނު ނަމަވެސް ލީކް ވެފައި މިވަނީ ޔޫއްޕެގެ އުފެއްދުންތަކުން ވަރަށް ގިނައިން ފެންނަ ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ޒިޔާ ގެ ނަމުގައި ހަދާފައިވާ ކޮޕީ އެކެވެ. އެއީ ލ. އަތޮޅުގައި ދެއްކުމަށް ހަދާފައިވާ ކޮޕީ އެއްކަމަށް މަޢުލޫމާތު ލިބެއެވެ.
ދިވެހި ފަންނާނުން އެތަކެއް ފައިސާ އަކާއި ވަގުތު ހޭދަކޮށްގެން އުފައްދާ ފިލްމުތައް ވަރަށް ފަސޭހައިން ރާއްޖޭގައި އަންނަނީ ލީކު ވަމުން ނެވެ. އެގޮތުން ދާދި ފަހުން އުފެއްދި ފިލްމު މަލިކާ ވެސް މިހާރު ވަނީ ލީކް ވެފައެވެ.
މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް، އެންވިޝަން އެންޓަޓައިންމަންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ މޮޅު ފިލްމެކެވެ. ގިނަ ތަރިންތަކެއް އެކުލެވޭ “ނޯޓީ 40” ގެ ކާސްޓަކީ މިހާތަނަށް ދިވެހި ފިލްމަކުން ފެނިގެންދިޔަ އެއްމެ ބޮޑު ކާސްޓެވެ.
މަޝްހޫރު އަދި ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ ޔޫއްޕެ، ނިއުމާ، އަލީ ސީޒަން، އަހުމަދު ސައީދު އަދި މުހައްމަދު މަނިކުގެ އިތުރުން ކުރި އަރަމުން އަންނަ ދޮން އައްޔަ އާއި ސްޓެޕް އައްޔަ ވެސް މި ފިލްމުގައި ފާހަގަ ކުރެވޭ ރޯލެއް ކުޅެފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!