ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރިއަށް އޮތް ފިލްމު “ނޮވެމްބަރ” އަށް އިންތިޒާރުކުރެވޭއިރު، ފިލްމުގެ ޝޫޓިން މި ނޮވެމްބަރު މަހު ސިންގަޕޫރުގެ ޗާލު ލޮކޭޝަންތަކުގައި ކުރިއަށްދަނީ ރާވާލެވިފައިވާ ޝެޑިއުލް އަކާއެކު ބާރު ސްޕީޑްގައެވެ.
ފިލްމުގެ ޝޫޓިން ލޮކޭޝަން ތަކުން ހިތްގައިމު މަންޒަރުތައް ކޮންމެ ދުވަހަކުވެސް ލިބެމުން އަންނައިރު، މި ފިލްމުން ސިންގަޕޫރުގައި މިވަގުތު ދިރިއުޅެމުން އަންނަ ލެޖެންޑަރީ އެކްޓަރ އިސްމާޢީލް ވަޖީހް ވެސް ފެނިގެންދާނެއެވެ. ވަޖީހްގެ އިތުރުން އޭނާގެ ފިރިހެން ދަރިފުޅެއް ކަމަށްވާ ތަރީޝް އިސްމާޢީލް ވެސް ފެނިގެންދާނެކަން މިހާރުވަނީ އެނގިފައެވެ.
ފިލްމުގެ އެއް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނީ ސިންގަޕޫރުގައި ނަގަންޖެހޭ ހުރިހާ މަންޒަރުތަކެއް 20 ދުވަސްތެރޭ އެއްކޮށް ނަގައި ނިންމާލެވޭނެކަމަށެވެ.
މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ “ނޮވެމްބަރ” ގެ ޝޫޓިންތައް މާލޭގެ އިތުރުން ލ. އަތޮޅު ގަންފޮނަދޫ ގުޅާލާފައިވާ ރަށްތަކުގައާއި ކ. ތުލުސްދޫ އަދި ވެލާނާ އެއަރޕޯޓްގައިވެސް ވަނީ ނަގާފައެވެ. ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމުގައި މުހިންމު ރޯލަކުން ޢާއިޝަތު ޔާދާ އާއި ޢާއިޝަތު ޢަލީ ވެސް ފެނިގެންދާނެއެވެ.
ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ މޮގާގެ އަންހެނުން އައިޝަތު ފުއާދު އާއި އަހްމަދު ތޮލާލު އެވެ. ޑައިރެކްޓް ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އާއި އާއިޝަތު ފުއާދު އެވެ. ފިލްމުގެ މަންޒަރުތައް ނަގަނީ ޗިއްޕެ އާއި އަޙްމަދު ޝިނާން އެވެ. ފިލްމު ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.
އަންނަ އަހަރު ސްކްރީންކުރުމަށް އަމާޒު ހިފާފައިވާ ފިލްމު “ނޮވެމްބަރ” ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
“ނޮވެމްބަރ” ގެ އިތުރުން ބެލުންތެރިންނާއި ހަމައަށް އިތުރު ފިލްމްތަކެއް ގެނެސްދިނުމުގެ މަސައްކަތް ޑާކްރެއިން އިން އަންނަނީ ކުރަމުންނެވެ. އެގޮތުން “ބަޅިނދު” އަދި “ބައިސާ”ގެ ޕްރޮޑަކްޝަން މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށް ޑާކްރެއިނުން ވަނީ ބުނެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!