ދިވެހި ފިލްމީ ދާއިރާ އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ކުރިއަރަމުންނެވެ. އިތުރު ކުރިތައް އަރައި ފޯދި ފައްކާވަމުންނެވެ. ދިވެހި ފިލްމީ ދާއިރާއިން ޒުވާން މޫނުތަކެއް ޖާގަ ހޯދަމުންނެވެ. އެފަދަ ޒުވާނުން ތެދުވެރިކަމާ، މަސައްކަތަށް ހުންނަ ކުލުނުވެރިކަމާ ލޯތްބާއި، ހިތްވަރާއި ޢަޒުމާއެކު މަސައްކަތްކުރުމުގެ ރޫޙުގެ ސަބަބުން އިއްޔެގެ ތަރިން ފަހަތަށް ޖައްސައިލަމުން އަންނަ ޒުވާން ތަރިންވެސް މަދެއް ނޫނެވެ.

އެކްޓްކުރުމަކީ ފެންފޮދެއް ބޯލާހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ޒުވާން، ތަރިން މިއަދު ވަނީ ކުރިމަތިވާ ހުރިހައި ގޮންޖެހުންތަކެއް ގިރާކޮށް، ބެލުންތެރިން އެންމެ ހިތްހަމަޖެހޭ ފަދަ ފިލްމުތައް ގެނެސްދިނުމަށް ކަމަރު ބަނދެލާފައެވެ.

މިފަހަރު މިއޮތީވެސް އެފަަދަ ޒުވާން، ފިލްމީ ދާއިރާއިން ފޮނި ހުވަފެންތަކެއް ދެކެމުން އަންނަ ޒުވާން ފިލްމީތަރިއެއްގެ ވާހަކައެވެ. އުމުރުން އެންމެ 20 އަހަރުގައި ދިވެހި ފިލްމު “ފޯޓީ ޕްލަސް” އިން ފެނިގެން ދިޔަ އިރުފާނާ އިބްރާހީމް (އެރޫ) ގެ ވާހަކައެވެ. އެރޫ އަކީ މަދުދުވަސް ކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޒުވާން ތަރިއެކެވެ.

އެރޫއާ ބެހޭ އިތުރު މައުލޫމާތު ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކޮށްލީމެވެ.

ކިހިނެއް ފިލްމީ ދާއރާއަށް ނިކުމެވުނީ؟

ފައިސަލް އަކީ އިރޫގެ ވަަރަށް ގާތް ފުރެންޑެއް. ދެން ފައިސަލް ދިން ފުރުސަތަކުން ފިލްމީ ދާއިރާއަށް ނިކުމެވުނީ.

އެންމެ ފުރަތަމަ މަސަތްކަތާ ދޭތެރޭ ދެކެނީ ކިހިނެތް؟  

ހީކުރީ ނުވާނެ ކަމަށް! އެކަމު ވަރަށް ތަޖުރިބާހުރި ޓީމް އަކާ އެކު ދެވުނީ. އެންމެންވެސް ވަރަށް އެހީތެރިވި އަލަށް ދިޔަ ކުއްޖަކާ ބަލާފަ. އެމީހުންގެ އެހީތެރިކަމާއެކު ވަރަށް ފަސޭހައިން ސޫޓިންގް ނިންމާލެވުނު.

ފޯޓީ ޕްލަސް ގައި އެރޫ މޯލު އެކްޓިންއެއް ދެއްކި

އެންމެ ކަމުދާ ފިރިހެން އަދި އަންހެން ފިލްމީތަރި އަކީ ކޮބާ؟

ނިއުމާ އެންޑް ސީޒަން.

މި ދާއިރާގަ އެރޫ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބާ؟\

މި ދާއިރާއިން އެވޯޑް އެއްލިބޭ ދުވަސް.

ރިލީޒް ވުމަށް ތައްޔާރުވަމުން އަން، އެރޫ ލީޑުން ފެނިގެންދާނެ ފިލްމެއް

ފިލްމީ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި އެންމެ އެކަށީގެންވާ ގޮތެއްގައި އެ ފުރުސަތު އޮތްކަމަށް އެރޫ ގަބޫލުކުރަންތަ؟

ޔެސް، ގަބޫލުކުރަން. ޔޫއްޕެ، ސީޒަން، ނަހޫ، ސަފީގު، ފައިސަލް، އެރޫ އަށް އެނގޭ ބައެއް ޕުރޮޑިއުސަރުންނާއި، ޑައިރެކްޓަރުން ހަމަ އާކުދިން ހޯދައިގެން އެކުދިންނާ ވާހަކަ ދައްކާ އިންޓެރެސްޓް ހުރިއްޔާ މި ދާއިރާއަށް ނެރެދިނުމަށް ވަރަށް މަސަތްކަށް ކޮށްދޭ. އެއީވެސް ވަރަށް ބޮޑު ފުރުސަތެއްކަން ނޭނގެ އަލަށް ނިކުންނަށް ބޭނުންވާ ކުދިންނަށް.

“ސިންގަލް” ތަ؟

ޔެސް، ސިންގަލް ހަމަ.

ދޮން އައްޔައާ “ބުރޭކް އަޕް” ވީ ކީއްވެ؟

ރިލޭސަން ކުރިޔަށް ގެންދަން އޭރުގަ އެހާ ރެޑީ ނޫންވީމަ ދެމީހުން ވާހަކަ ދައްކާފަ ދުރުވީ.

މިހާރު ފިލްމީ ދާއިރާގަ ކުރިޔައްދާ މަސައްކަތްތަަކަކީ ކޮބާ؟

މިހާރު ކުރިޔަށް ދަނީ “ހުވާ”ގެ ސޫޓިންގް އާ “ކޮސްގިން މިސްޓޭކް” ގެ އިތުރުން ފިލްމު “5.1” ގެ ސޫޓިންގް

ވީމީޑިއާގެ “ކޮސް ގިނަ މިސްޓޭކް” ގައިވެސް އެރޫ ހަރަކާތްތެރިވޭ

އުމުރުން މިހާރު އެންމެ 22 އަހަރުގެ އެރޫ ދިވެހި ފިލްމީ ދާއިރާއަށް ދެކެމުން އަންނަނީ ވަރަށްވެސް ފޮނި ހުވަފެންތަކެކެވެ. ބެލުންތެރިން ބަލައިގަންނަ ފަދަ، ބެލުންތެރިންނަށް ކަމުދާ ފުރިހަމަ މަސައްކަތްތަކެއް މިދާއިރާއިން ނެރެދިނުމަކީ އެނާގެ އެންމެ ބޮޑު އެއް އުންމީދެވެ. މުނިއަވަސް އިން އެރޫއަށް އެދެނީ އިތުރު ކުރިއެރުމާއި އަރުތަ އަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.