އަންނައަހަރު ޖޫން މަހުގެ 12 ވަނަ ދުވަހުންފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޔޫރަޕުގެ ތަފާތު 12 ގައުމެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރުނެގުން މިރޭ ރޫމޭނިއާގެ ބުކަރެސްޓް ގައި ބާއްވައިފިއެވެ.

ގުރުނެގުމުގައި އެންމެންގެ ލޯތައް އަމާޒުވެފައިވަނީ ގުރޫޕް އެފް އަށެވެ. “ގްރޫޕް އޮފް ޑެތް” ގެ ގޮތުގައި ބެލެވޭ މި ގުރޫޕުގައި ހިމެނެނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްގެ އިތުރުން، މުބާރާތް ދެފަހަރު ހޯދާފައިވާ އެންމެ ފަހުގެ ރަނަރަޕް ފްރާންސް އަދި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ޖާމަނީ އެވެ. 

ގުރޫޕް އޭ: އިޓަލީ، ސްވިޒަލޭންޑް، ތުރުކީ، ވޭލްސް

ގްރޫޕް ބީ: ބެލްޖިއަމް، ރަޝިޔާ، ޑެންމާކް، ފިންލޭންޑް

ގުރޫޕް ސީ: ޔޫކުރޭން، ނެދަލޭންޑްސް، އޮސްޓްރިއާ، ޕްލޭއޮފް ގެ ގުރޫޕް ޑީ އިން މޮޅުވާ ޓީމު ( ޖޯޖިއާ، ބެލަރޫސް، ނޯތް މެސެޑޯނިއާ ނުވަތަ ކޮސޯވޯ )

ގުރޫޕް ޑީ: އިންގްލެންޑް، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ޕްލޭއޮފް ގެ ގުރޫޕް ސީ އިން މޮޅުވާ ޓީމު ( ނޯވޭ، ސާބިއާ، ސްކޮޓްލޭންޑް ނުވަތަ އިޒްރޭލް )

ގުރޫޕް އީ: ސްޕެއިން، ޕޮލެންޑް، ސްވިޑަން، ޕްލޭއޮފް ގެ ގުރޫޕް ބީ އިން މޮޅުވާ ޓީމު (ބޮސްނިއާ އެންޑް ހާޒަގޮވީނިއާ، ނޮދަން އަޔަލެންޑް، ސްލޮވާކިއާ ނުވަތަ ރިޕަބްލިކް އޮފް އަޔަލެންޑް)

ގުރޫޕް އެފް: ޖާމަނީ، ފްރާންސް، ޕޯޗުގަލް، ޕްލޭއޮފް ގެ ގުރޫޕް އޭ އިން މޮޅުވާ ޓީމު (ބަލްގޭރިއާ، ހަންގޭރީ، އައިސްލެންޑް ނުވަތަ ރޫމޭނިއާ )

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.