ބާސެލޯނާގެ ހުނަރުވެރި ފޯވާޑް ލުއިސް ސުއަރޭޒް އަށް އަންނަ ޖެނުއަރީ މަހުގައި 33 އަހަރު ފުރޭއިރު، އޭނާގެ މަގާމު ފުރާނެ ކުޅުންތެރިއެއް ހޯދުމަށް ބާސެލޯނާ އިން ދަނީ މަސައްކަތްކުރަމުންނެވެ.
ސުއަރޭޒް ގެ އުމުރު މަތިވަމުން ދާތީ، ކައިރި މުސްތަގުބަލެއްގައި އޭނާގެ ބަދަލުގައި ބާސެލޯނާ އިން ފޯވާޑެއް ހޯދުމާއި ގުޅޭގޮތުން ދާދިފަހުން “ވަން ފުޓްބޯލް” އަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒް ވަނީ ވާހަކަ ދައްކާފައެވެ.
“މިހާރު ވަރަށް ގިނަ ހުނަރުވެރި ކުޅުންތެރިން އަރަމުން އެބައާދޭ. އޭގެތެރޭގައި، އަހަރެން އެ ކުޅުންތެރިން ކުޅޭތަން ބަލާ ބައެއް ސްޓްރައިކަރުން އެބަތިބި. ބައެއް ސްޓްރައިކަރުންނަކީ ޒުވާން ކުޅުންތެރިން. އަނެއްބައި ސްޓްރައިކަރުންނަކީ ތަންކޮޅެއް އުމުރުން މަތި ކުޅުންތެރިން. އަހަރެން ވަރަށް ގަޔާވޭ ފުޓްބޯޅަ ބަލަންވެސް.”
“ޓެމީ އަބްރަހަމް އަކީ އެއް ސްޓްރައިކަރު. އޭނާ އަކީ ޗެލްސީގެ ނަންބަރު 9. އޭނާ އަކީ އަހަރެންނަށް ވަރަށް މޮޅު ސްޓްރައިކަރެއް. އޭނާ އަކީ ވަރަށް ޒުވާން ކުޅުންތެރިއެއް ނަމަވެސް، އޭނާގެ ހަރަކާތްތަކާއި, ނިންމުން ވަރަށް ރަނގަޅު.”
“އަނެއް ސްޓްރައިކަރަކީ މެކްސީ ގޯމޭޒް. އޭނަ އަހަރެންނަށް ކަމުދަނީ ކޮންމެހެން އުރުގުއޭ މީހަކަށް ވީމަ އެއްނޫން. ސެންޓްރަލް ފޯވާޑެއްގެ ހުންނަންޖެހޭ ހުރިހާ ކޮލިޓީ ތަކެއް އޭނާގެ ކިބައިގައި އެބަހުރި.”
“ދެން ހުރީ ލަޓާރޯ މާޓިނޭޒް. އޭނާ އަކީ މަތީ ލެވެލްގެ ފޯވާޑެއް ކަން އޭނާ އެދަނީ ސާބިތުކޮށްދެމުން.”
ސުއަރޭޒް އަށް އެންމެ ކަމުދާ ނުވަތަ އެންމެ ލޮލުގައި އަޅައިގަންނަނީ ކޮން ފޯވާޑުން ތަކެއްތޯ “ވަން ފުޓްބޯލް” އިން ސުވާލުކުރުމުން ޖަވާބުގައި އޭނާ ބުނެފައިވެއެވެ.
185 ގޯލާއެކު، ބާސެލޯނާގެ ތާރީޚުގައި ހަތަރުވަނަ އަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ސުއަރޭޒް ބުނެފައިވަނީ ރިޓަޔަރ ކުރުމުގެ ވިސްނުމެއް އަދި އޭނާ ނުގެންގުޅޭކަމަށާއި، ގަތަރުގައި 2022 ވަނަ އަހަރުގައި ބާއްވާ ވޯލްޑް ކަޕް ގައި އޭނާ ކުޅެން ބޭނުންވާކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި