ރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި ހަފްލާގައި ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ޝަރަފުވެރި ބެލޮންޑިއޯ އެވޯޑް ހަވަނަ ފަހަރަށް މެސީ އުފުލާލިއިރު، އިޓަލީގެ މިލާންގައި ބޭއްވި ހަފްލާއެއްގައި އިޓާލިއަން ލީގުގެ މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ އުފުލާލައިފިއެވެ.
ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 33 މެޗުގައި 22 ގޯލު ޖަހައި، 11 އެސިސްޓް ހަދާފައެވެ. އަދި، އޭނާ ވަނީ ޔުވެންޓަސް އަށް އިޓާލިއަން ލީގާއި، އިޓާލިއަން ސުޕަ ކަޕް ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައިެވެ.
އިޓަލީގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް އިންޓަ މިލާންގެ ހޭންޑޮނޮވިޗް ހޯދިއިރު، އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް ލިބުނީ ނަޕޯލީގެ ކޫލިބާލީ އަށެވެ. ލާޒިއޯގެ މިލިންކޮވިޗް ސަވިޗް އެންމެ މޮޅު މިޑްފީލްޑަރުގެ އެވޯޑް ހޯދިއިރު، ސަމްޕްޑޯރިއާގެ ކުައަގްލިއަރެއްލާ ވަނީ އެންމެ މޮޅު ފޯވާޑްގެ އެވޯޑް ހޯދާފައެވެ. 26 ގޯލު ޖަހައިގެން އިޓާލިއަން ލީގުގެ މިދިޔަ ސީޒަނުގެ ރަން ބޫޓް ވެސް ހޯދާފަައިވަނީ ކުައަގްލިއަރެއްލާ އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ރޯމާގެ ޒަނިއޯލޯ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެޓްލާންޓާގެ ކޯޗް ޖިއާން ޕިއެރޯ ގެސްޕެރިނީ އެވެ.
ރޭގައި އިޓާލިއަން ލީގުގެ ތާރީޚްގައި ފުރަތަަމަ ފަހަރަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އެވޯޑް ވެސް ވަނީ ދީފައެވެ. މި އެވޯޑް ހާސިލްކުރީ ރޯމާގެ މެނުއެލާ ޖިއުގްލިއާނޯ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި