އަޒާން އާއި ނުހާ ދަންނަން ހެއްޔެވެ؟ މިއީ ވަރަށް ލޯބިން، އެހެނަސް ވަކިން އުޅޭ ޖޯޑެކެވެ. މި ދެމީހުން އުޅެނީވެސް ‘ވަކިން ލޯބިން‘ މި ނަމުގައި ޑާކްރެއިން އެންޓަރޓެއިންމެންޓުން މިހާރު ޝޫޓިންގ ކުރިއަށް ގެންދާ ފިލްމުގަ އެވެ.

ކާމިޔާބު ފިލްމުތަކެއް އުފައްދަމުން އަންނަ ޑާކްރެއިން އެންޓަރޓެއިންމެންޓުން މިވަނީ  ‘ވަކިން ލޯބިން‘ ގައި ލީޑްރޯލު ކުޅޭ މަރްޔަމް މަޖްދާ (މަޖޫ) އާއި މުޙައްމަދު ޖުމައްޔިލް (ޖުމާ) މި ފިލްމުގައި އަދާކުރާ ކެރެކްޓަރ ގައި އެމީހުންނަސް ކިޔާ ނަން ހާމަކޮށްފަ އެވެ. ޒުވާން ކާސްޓުން ތަކެއް ހިމަނައިގެން ޒުވާން އޯޑިއަންސަށް ކަމުދާނެ ހުރިހައި ރަހަތަކެއް ހިމަނައިގެން ‘ވަކިން ލޯބިން‘ ޝޫޓިން ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހު އެވެ. 

ވަކިން ލޯބިން” އަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި ވަރިފަށަށް އެރުމުން ދިމާވާ މައްސަލަތަކެއް ދައްކައިދޭ ޢާއިލީ ޑްރާމާ އެކެވެ. މި ފިލްމުވެސް ޑައިރެކްޓް ކުރާނީ ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ.

ވަކިން ލޯބިން” ގެ ޝޫޓިންގ ފެށުމުގެ ކުރިން ފިލްމު ގެ ޑައިރެކްޓަރ އަދި ސްކްރީންޕްލޭ ލިޔުނު ޢައިޝަތު ފުއާދު ވަނީ ފިލްމުގެ ތަރިންނާއި އެކު ފިލްމުގެ މަންޒަރުތަކާއި ޑައިލޮގް ތަކުގެ ރިހަރސަލް ތަކެއް ބާއްވައި ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

“ވަކިން ލޯބިން” ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗްމަހުގެ ފަހެއްގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.