އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަން އަތުން 2-1 ގެ ނަތީޖާއަކުން އާސެނަލް ބަލިވި މެޗުގެ މެދުތެރޭން އޮބަމަޔަންގް ފާޚާނާއަށް ދިއުމުން، އެކަމާއި ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ލިޔުންބާގް ގާތަށް ހިނި އަތުވެއްޖެއެވެ.
އާސެނަލް 2-1 ގެ ނަތީޖާއަކުން ފަހަތުގައި ވަނިކޮށް، ގޯލެއް ޖަހަން ބޭނުންވެފައިވާ އެފަދަ މުހިންމު ދަނޑިވަޅެެއްގައި، މެޗުގެ މެދުތެރޭން އޮބަމަޔަންގް ފާޚާނަ އަށް ދިއުމުން، އެކަމާއި ބެހޭގޮތުން އާސެނަލްގެ ވަގުތީ ކޯޗު ލިޔުންބާގް އާއި ނޫސްވެރިން ސުވާލުކުރުމުން، ހިނިގަނޑެއް ޖަހާލުމަށްފަހު އޭނާ ވަނީ އޮބަމަޔަންގް ދިފާއުކޮށް ވާހަކަ ދައްކާފައެވެ.
ބްރައިޓަން ގެ ނީލް މައުޕޭ ކާމިޔާބުކުރި ގޯލަށްފަހު، އޮބަމަޔަންގް ދަނޑުން ފައިބައިގެން ޓަނަލް އެތެރެއަށް ދިއުމަށް ފަހު، އެނބުރި އައީ އިރުކޮޅެއް ފަހުންނެވެ. އެލެގްޒެންޑްރޭ ލަކަޒެޓް ވެސް ބަދަލުކޮށްފައި ވުމާއެކު, އެވަގުތުކޮޅު އާސެނަލްގެ ކުރިއަށް ކުޅޭ ކުޅުންތެރިއެއް ދަނޑުމަތީގައި ނެތުމުން ބައެއް ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
“އަހަރެންނަށް އަސްލު ނޭނގޭ. އޭނާ ކުއްލިއަކަށް ފައިބައިގެން ގޮސްފައި އެނބުރި އައީ ދޭއް ނޫނީ ތިން ވަރަކަށް މިނެޓް ފަހުން. ގަބޫލުކުރެވެނީ އެހެންކަމަށް.” މެޗުގެ މެދުތެރޭން އޮބަމަޔަންގް ދިޔައީ ފާޚާނާއަށްތޯ ނޫސްވެރިން ސުވާލުކުރުމުން ހިނި އައިސްފައި ލިޔުންބާގް ބުންޏެވެ.
އާސެނަލް ގޯލެއް ބޭނުންވެފައިވާ މުހިންމު ދަނޑިވަޅެއްގައި އެގޮތަށް ދިއުމަކީ ރަނގަޅުކަމެއްތޯ ނޫސްވެރިން ސުވާލުކުރުމުން ލިޔުންބާގް ބުނީ “އަހަރެންނަށް ހީވަނީ ބޮޑަށް ރަނގަޅު ވާނީ އޭނާ ކައިރީގައި ތިޔަ ސުވާލު ކުރިއްޔާ. އެކަމަކަު އެކަމާއި ހެދި ދެރަވަންޏާ އެއީ ހަމަ ދެރަވަނީ. އެކަން ދެން ބަދަލެއް ނުކުރެވޭނެ.”
އުނެއި އެމެރީ ވަކިކޮށް ވަގުތީ ގޮތުން ކޯޗުކަމުގެ ޒިންމާ ލިޔުންބާގް އާއި ހަވާލުކުރި ފަހުން ކުޅުނު ދެ މެޗުގައި ވެސް އާސެނަލް އަށް މޮޅެއް ހޯދޭގޮތެއް ނުވިއެވެ. ނޯވިޗް ސިޓީ އަތުން އެއްވަރުވިއިރު، ބްރައިޓަން އަތުން މިވަނީ ބަލިވެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި