ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ދާދި ދެންމެއަކު މަގާމުން ވަކިކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިކަން ކަށަވަރުކޮށްދެއްވަމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޓާ ސެގާޓް އާއި އެފްއޭއެމް އާއި ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު، އެ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އަދި އެފްއޭއެމް އާއި ފުޓްބޯޅަ އާއިލާގެ ނަމުގައި އޭނާ އަށް ޝުކުރު އަދާކޮށްފައިވެއެވެ.

މިހާރަކަށް އައިސް ގައުމީ ފުޓްބޯޅަ ޓީމުން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ޕީޓާ ސެގާޓް އަށް ވަނީ ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައެވެ. ނަމަވެސް އޭނާ ވަނީ އެކިފަހަރު އެކި އުޒުރުތައް ދައްކައިގެން ގައުމީ ޓީމު ނެރެމުންދިޔަ ދަށް ނަތީޖާތައް ދިފާއުކޮށް ވާހަކަދައްކާފައެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުން ޒުވާން ގައުމީ ޓީމު ވަނީ އެއްވެސް ޕޮއިންޓެއް ނުލިބި އެންމެ ފުލަށް ގޮސްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.