އެސްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އެހީއެއްގެ ގޮތުން މި ހިމަނާލަނީ ޢާއްމުކޮށް އިމްތިހާނު ކަރުދާސްތަކުގައި އެކުލެވޭ 100 ރައިވަރާއި އެ ރައިވަރުތަކުގެ ބަސްތައް ތަރުތީބުކޮށް ރައިވަރުގެ ޖުމްލަ މާނަ އެވެ. ރައިވަރު މާނަކުރަން އުނދަގޫ ދަރިންވަރުންނަށް ހަމަ ގައިމުވެސް މިއީ ރަނގަޅު ލިޔުމަކަށް ވެގެންދާނެ އެވެ. މީގެ އިތުރުންވެސް ރީތި ރައިވަރުތަކެއް އެއްތަނަކުން ހޯދުމަށް ފަސޭހަވެގެން ދިއުމަކީ މި ލިޔުން ހިމަނާލުމުގެ މައިގަނޑު ބޭނުމެވެ.

ރައިވަރު: 01

ވައިމަތީ ދިގުރުކޭ ( ވައިމަތީ ދިގުރުކޭ )
ސާހިބާ ބައްލަވާށޭ ( ސާހިބާ ބައްލަވާށޭ )

ށާކަ ގޮޑި ހުސްވަނީޔޭ ( ގޮޑި ކޮށާ ހުސްވަނީޔޭ )

ރާއެއްދެ ނެއްނުވާނޭ ( ދެނެއް ރާއެއްނުވާނޭ )

ރާހިބެލިއަސް ރުކަށްމައެރި ( މައެރި ރުކަށް ރާހިބެލިއަސް )

ރާރުކޭއެހާރުއެރި ( އެހާރު އެރި ރާރުކޭ )

މާނަ: ސާހިބާ ބައްލަވާށެވެ. މީ ވައިމަތީ ދިގު ރުކެވެ. އޭރު އަޅުގަނޑު ރާ އެރި ރުކެވެ. މިހާރު އެތް ކޮށަމުންގޮސް އެތުގެ ގޮޑިވެސް ހުސްވަނީއެވެ. އަހަރެން އެރި ރުކަސް ރާހި ބެލިއަސް ދެން މިރުކެއް ރާއެއް ނުވާނެއެވެ.

ރައިވަރު: 02

ގޮނޑުދޮށަށް ބިސްއަޅާ ( ގޮނޑުދޮށަށް ބިސްއަޅާ )
ބޮޑުކަނޑުތެރޭ ދިރުންވާ ( ދިރުންވާ ބޮޑުކަނޑުތެރޭ )

ބޮޑުކުކުޅު އަޑުނުގޮއްވާ ( ބޮޑުކުކުޅު އަޑުނުގޮއްވާ )

ބޮޑުގޮނަކު ބިސްފާއަޅާ ( ބޮޑުގޮނަކު ބިސް އަޅާފައި )

ގޮނޑުގޮނޑުދޮށުންއެސޮރުދާނެ ( ގޮނޑުގޮނޑުދޮށުންއެސޮރުދާނެ )

ބޮޑުއަޑަކުން ނުގޮވާނެ ( ބޮޑުއަޑަކުން ނުގޮވާނެ )

މާނަ: ދިރުންވާ ބޮޑުކަނޑުތެރޭން އެއްގަމަށް އަރާ، ބޮޑުކުކުޅުގެ އަޑުނުގޮއްވާ ބޮޑުގޮނެއްގެ ބިސް އަޅާފައި، ގަދަ އަޑުން ނުގޮވައި، ގޮނޑުގޮނޑުދޮށުންއެސޮރު (ވެލާ) ދާނެއެވެ.

ރައިވަރު: 03

ހަވާސާގޭތެރޭ ( ހަވާސާގޭ ތެރޭ )
ލަވާއެކު ޗޯރުން އުޅޭ ( އެކުލަވާއުޅޭ ޗޯރުން )

ޖަވާހިރު ކިއްލާމަގޭ ( މަގޭ ޖަވާހިރު ކިއްލާ )

ދަވާލާތޯ ބަލާށޭ ( ދަވާލާތޯ ބަލާށޭ )

ސަވާބޭ މަދުހަށިންވާނީ ( ހަށިންމަދުވާނީ ސަވާބޭ )

ޙވާލުނޭ މަތިވާނީ ( މަތިވާނީ ޙވާލުނޭ )

މާނަ: ހަވާސާގޭ ތެރޭ އެކުލަވާއުޅޭ ޗޯރުން މަގޭ ޖަވާހިރު ކިއްލާ ދަވާލާތޯ ބަލާށެވެ. ހަށިން މަދުވާނީ ސަވާބެވެ. އަދި މަތިވާނީ ޙަވާލުނެވެ.

ރައިވަރު: 04

ހީލަތުން ގަނޑައްރޭ ( ރޭގަނޑަށް ހީލަތުން )
ވީމާއި ކުޑަނިދީހޭ ( ނިދީގައި ހޭކުޑަވީމާ )

ފީއަސްރަ ކިއްލާމަގޭ ( މަގޭ އަސްރަފީ ކިއްލާ )

މީހަކު ފެޅިޔަނުދޭށޭ ( މީހަކު ފެޅިިޔަނުދޭށޭ )

ދީނުގާ ސަދަވަގުން ވާހަ ( ވަގުންވާ ހަސަދާގައި ނުދީ )

ށީހުއްޓާ ނޭވާހަ ( ހަށީ ނޭވާ ހުއްޓާ )

މާނަ: ވަގުންވާ ހަސަދައިގައި، ހަށީގައި ނޭވާ ހުއްޓާ، ރޭގަނޑަށް ހީލަތުން ނިދީގައި ހޭކުޑަ ވީމާ، މަގޭ އަސްރަފީ ކިއްލާ މީހަކު ފެޅިިޔަނުދޭށެވެ.

ރައިވަރު: 05

ށާވަކޮނެ ކޯރުފާ ( ވަށާކޯރު ކޮނެފާ )
ޅާއައަޒުދަހަކީ މިޔާ ( އަޒުދަހަ ކީމިޔާއަޅާ )

ޖާނުމަރުމޮޅު މިކިއްލާ ( މިމޮޅު މަރުޖާނު ކިއްލާ )

ލާކުހަކުރިޔަ ނުދެއްވާ ( ހަލާކު ކުރިޔަ ނުދެއްވާ )

ނާބު ބަސްގަދައަޅާ ރީކު ( ކުރީބުނާބަސް ގަދައަޅާ )

ރާށޭގާތު ފޯރީކު ( ގާތުގައި ފޯރިކުރާށޭ )

މާނަ: ވަށާކޯރު ކޮނެފައި އަޒުދަހަ (ވިދުންހުރި) ކީމިޔާ އަޅާ، މިމޮޅު މަރުޖާނު ކިއްލާ ހަލާކު ކުރިޔަ ނުދެއްވާށެވެ. އަދި ކުރިން ބުނިބަސް ޤަބޫލުކޮށް ގަދައަޅާ ގާތުގައި ފޯރިމަރާށެވެ.

ރައިވަރު: 06

ތިއްބައޭ ހިނގަހިނގާ ( އެހިނގަ ހިނގާ ތިއްބާ )
ބިއްތަކުގެ ބޭރުންވަށާ ( ބިއްތަކުގެ ބޭރުން ވަށާ )

ކިއްލާ އެފަދަހިރުޖަވާ ( އެފަދަ ޖަވާހިރު ކިއްލާ )

ނިންމާފިޔޭ އެކީލާ ( އެކީ ނިންމާލައިފިޔޭ )

ރިއްސާ ރަނާހުންނަ ނާޅި ( ރިއްސާ ރަނާހުންނަ ނާޅި )

ހިއްލާފާ ތައްނާޅި ( ނާޅިތާއް ހިއްލާފައި )

މާނަ: އެ ހިނގަ ހިނގާ ތިއްބާ ބިއްތަކުގެ ބޭރުން ވަށާލައިފިއެވެ. އަދި ރިއްސާއި ރަނާ ހުރި ނާޅި ނާޅިތައް ހިއްލާފައި އެފަދަ ޖަވާހިރު ކިއްލާ އެކީ ނިންމާލައިފިއެވެ. (ހުސްކޮށްލައިފިއެވެ.)

ރައިވަރު: 07

ހޭލާމި އަބަދުގާ ( އަބަދުގައި މިހޭލާ )
ރޭގަނޑަށް ތިއްބާ އެތާ ( އެތާ ރޭގަނޑަށް ތިއްބާ )

ގޭމަކިއްލާ ނަންކުރާ ( ނަންކުރާ މަގޭކިއްލާ )

ބޭރުންފިޔޭ ފަޅާލާ ( ބޭރުން ފަޅާލައިފިޔޭ )

ނޭގުނަތި ހައިރާންވީ ( ނޭނގުނަތީ ހައިރާންވީ )

ފޭރޭ ޗޯރު ބަދަވީ ( ފޭރޭ ޗޯރު ބަދަވީ )

މާނަ: އެތާ ރޭގަނޑަށް އަބަދު ހޭލާ ތިއްބާ، ފޭރޭ ޗޯރު ބަދަވީން، ނަންކުރާ އަހަރެންގެ ކިއްލާ ބޭރުން ފަޅާލައިފިއެވެ. އެކަން ނޭނގުނަތީ ހައިރާންވިއެވެ.

ރައިވަރު: 08

ހީލަތެއް ނެތެ ދޮގެއް ( ހީލަތެއް ދޮގެއް ނެތޭ )
މީގާމަށެއް ބުނެފަޔެއް ( މީގައި މަށެއް ބުނެފައެއް )

ބީދަކިއްލާ ތަރިތަކެއް ( ތަރިތަކެއްފަދަ ކިއްލާ )

ވީނުބާ މީ ތަނަކުހެއް ( ތަނަކުވީ ނުބައި މީހެއް )

ރީތިމަގުން ފިކުރުލާއެ ( އެހެންރީތިމަގު ފިކުރުލާ )

ކީފިޔޭ ފަޅާލާއެ ( އެކީ ފަޅާލައިފިޔޭ )

މާނަ: މީގައި ހީލަތެއް، ދޮގެއް އަހަރެންް ބުނެފައެއް ނޯންނާނެއެވެ. ކޮންމެވެސް ނުބައި މީހެއް މޮޅު ރޭވުމެއް ރާވާ، އަހަރެންގެ ތަރިތަކެއްފަދަ ކިއްލާ އެކީ ފަޅާލައިފިއެވެ.

ރައިވަރު: 09

ރޭގެ ބަލިމަގު ހިނގާ ( ރޭމަގު ހިނގާ ބަލީގެ )
ބޭހާއި ފަރުވާތަކާ ( ބޭހާއި ފަރުވާތަކާ )

ދޭހަކޮށް ދިނަކަސް އަނާ ( އަނާ ދޭހަކޮށް ދިނަކަސް )

މޭރުން ސަފުން ނުވަންޏާ ( ސަފުން މޭރުން ނުވަންޏާ )

ތޭނެ ބަލަމަބު ބަހެއްނާނެ ( ބަލަމަބުނާނެ ބަހެއް ނެތޭ )

ހޭކަމުދާން އަޮންނާނެ ( ކަމުދާން އަޮންނާނެހޭ )

މާނަ: ރޭމަގު ހިނގާ ބަލީގެ ބޭހާއި ފަރުވާތައް އަހަރެން ދޭހަކޮށް (ކިޔައި) ދިނަކަސް ސަފުން މޭރުން ނުވަންޏާ ބަލަ އަހަރެން ބުނާނެ ބަހެއް ނެތެވެ. އެގޮތް ކަމުދާން އަޮންނާނެ ހެއްޔެވެ؟

ރައިވަރު: 10

އައިނަކަށް ގޮސްއަރާ ( ގޮސް އައިނަކަށް އަރާ )
ކައިލާއު އެންކޮޅެއްފާ ( އެންކޮޅެއް އުކާލާފައި )

ބައިދެތިން މަސްލީތަނާ ( ދެތިން މަސް ބައިނާލިތަނާ )

މައިމަހެއް އޮތެ ތިލަވެފާ ( މައިމަހެއް ތިލަވެފާ އޮތެ )

ގައި ކޮތަރިހުރެ ހާމައަށްނު ( ހާމައަށް ކޮތަރި ނަގާހުރެ )

ލައިފާގޫ އަގަޔަށްނު ( އަނގަޔަށް ނަގޫ ލައިފާ )

މާނަ: ގޮސް، އައިނަކަށް އަރާ، އެންކޮޅެއް އުކާލާފައި ދެތިން މަސް ބައިނާލިތަނާ ހާމައަށް ކޮތަރި ނަގާ، އަނގަޔަށް ނަގޫ ލާފައި އޮތް މައިމަހެއް ތިލަވެފައި އޮތެވެ.

ރައިވަރު: 11

ނީކުރާ ކިޔެއްހޭ ( ކުރާނީ ކީއްހޭ )
މީހުނޭ އަލަމުންތެރޭ ( އަލަމުތެރޭ މީހުންނޭ )

ލީކަމަކުވާ ހިނދަކުނޭ ( ހިނދަކު ނޭވާލީ ކަމަކު )

ގީރުމަފަ ނިމިދަނީޔޭ ( މަފަގީރު ނިމިދަނީޔޭ )

ދީނުގައި ދަރަނިވެރިވެގޮސް ( ދީނުގައި ދަރަނިވެރިވެގޮސް )

ވީމާ ހާލު އަކަނިވެރި ( ހާލު އަކަނިވެރި ވީމާ )

މާނަ: އާލަމުތެރޭ މީހުންނެވެ. ދީނުގައި ދަރަނިވެރިވެގޮސް ހާލު، އަކަނިވެރި ވީމާ އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެން ހިނދުކޮޅަކަށް ނޭވާލީ ކަމަކު މަފަކީރު ނިމިދަނީއެވެ.

ރައިވަރު: 12

ދޭނާއު ލޮލަށް ދިނި ( ލޮލަށް ނިދި ނައުދޭ )
ވޭނުގާ ހިތު އަނދާގިނި ( ހިތުވޭނުގައި ގިނިއަނދާ )

ކޭމެއްގެ ނެތިކަމެއް ފިނި ( ކެއުމެއްގެ ފިނި ކަމެއްނެތި )

ހޭރެމެނަވަރު ނުވެވި ހިނި ( ހިނި ވަރުނަނުވެވި ހޭރެމެ )

ލޭފަވާރަނަ ހަނދާނުންނަމަ ( މަލޯބިވާރަނަ ހަނދާނުން )

ގޭގޮސް ރޫހު ޖާނުންމަ ( މަގޭ ޖާނުން ރޫހުގޮސް )

މާނަ: ހިނި ވަރުނަނުވެވި (އެއްވެސް އުފާވެރިކަމެއްނެތި) ރޮއި ހޭރެމެވެ. (ހިތާމަކުރަމެވެ.) އަހަރެން ލޯބިވާ ރަނަގެ ހަނދާނުން ކެއުމެއްގެ ފިނި ކަމެއްނެތި، ހިތުވޭނުގައި ގިނިއަނދާ، އަހަރެންގެ ޖާނުން ރޫހުގޮސް ލޮލަކަށް ނިންޖެއް ނާދެއެވެ.

ރައިވަރު: 13

ޒުންފިޔާ ހަދާފާ ( ފިޔާޒުން ހަދާފައި )
ހުންނަ ކިއްލާ ވިދަވިދާ ( ވިދަވިދާ ހުންނަ ކިއްލާ )

ތުންކަފުލުހުގެ އެތާނގާ ( ފުލުހުގެ ކަތުން އެތާނގައި )

ރުންބިތިއްބާ ހެލިނުލާ ( ބިރުުން ހެލިނުލާ ތިއްބާ )

ޑުންނު އެނގުނީ ހަޅޭލާއަ ( ހަޅޭލާ އަޑުން ނުއެނގުނީ )

ލުންލާފި ފަޅާލާއަ ( އަލުން ފަޅާލައިފި )

މާނަ: ފުލުހުގެ ކަތުން އެތާނގައި ބިރުުން ހެލިނުލާ ތިއްބާ، ހަޅޭލާ އަޑުން ނޭނގުނީއެވެ. ފިޔާޒުން ހަދާފައިހުރި ވިދަވިދާ ހުންނަ ކިއްލާ އަލުން ފަޅާލައިފިއެވެ.

ރައިވަރު: 14

ކޭވެތެދެ އަހާށޭ ( އަހާށޭ ތެދެކޭ )
ދޭހަކޮށްނަމެ ޅެމުންދޭ ( ޅެމުން ދޭހަކޮށްދޭނަމެ )

ރޭދިރަހަ ކިއްލާމަގޭ ( މަގޭ ދިރޭރަހަ ކިއްލާ )

ނޭނގި ބޭރުން ފަޅަތްޕޭ ( ނޭނގި ބޭރުން ފަޅަތްޕޭ )

ފޭރޭނެ ގިނަމުދަައުތަކެއް ( ގިނަމުދާތަކެއް ފޭރޭނެ )

ބޭރުން އައި ވަގުތަކެއް ( ބޭރުން އައި ވަގުތަކެއް )

މާނަ: އަހާށެވެ. މިއީ ބުނާ ތެދެކެވެ. ޅެމުން ދޭހަކޮށްދޭނަމެވެ. ބޭރުން އައި ވަގުތަކެއް އަހަރެންގެ ދިރޭރަހަ ކިއްލާ ނޭނގި ބޭރުން ފަޅަތްޕެވެ. އަދި އެމީހުން ގިނަ މުދާތަކެއް ފޭރޭނެއެވެ.

ރައިވަރު: 15

ބިންމަތީ އަވީގާ ( ބިންމަތީ އަވީގައި )
ފިތްކެނޑި ލަގޮނޑި ވަރަށްދާ ( ފިތްކެނޑި ލަގޮނޑި ދާވަރަށް )

ކިއްލާ ހިތަށް އަރާފާ ( ކިއްލާ ހިތަށް އަރާފައި )

އިންނަމޭ މޮޅި ލުގާހާ ( މޮޅި ހާލުގައި އިންނަމޭ )

ނިއްކާމޮޅެއް ނުލިބިފާއެ ( އަނެއްކާ މޮޅެއް ނުލިބިފައި )

ހިތްވަރުނާގެ ނެތިފާއަ ( އަނާގެ ހިތްވަރު ނެތިފައި )

މާނަ: ކިއްލާ ހިތަށް އަރާފައި އަހަރެންގެ ހިތްވަރު ނެތިފައި، އަނެއްކާ މޮޅެއް ނުލިބިފައި، ބިންމަތީ އަވީގައި ފިތްކެނޑި ލަގޮނޑި ދާވަރަށް އަހަރެން މޮޅި ހާލުގައި އިންނަމެވެ.

ރައިވަރު: 16

ނެތްދުވަހު އިޔާރެއް ( އިޔާރެއް ނެތްދުވަހު )
ރެއްގެ މިތުބަސް އަހައިގެން ( މިތުރެއްގެ ބަސްއަހައިގެން )

އެއްބައިބައަށް ވެތިބެގެން ( ބައިބައަށް އެއްވެތިބެގެން )

އެއްމެނެއް ގޮއްވާކަށެއް ( އެއްމެނެއް ގޮއްވާކަށެއް )

އެއްވެކަށް ފުންމާކަމާރި ( އެއްވެރިކަމާ ފުންމާކަށް )

ޔެއްމީނޫނޭ ދުންމާރި ( މީދުންމާރިއެއް ނޫނޭ )

މާނަ: އެހީތެރިވާނޭ މީހަކުނެތް ދުވަހު ރައްޓެއްސެއްގެ ބަސްއަހައިގެން ބައިބައަށް އެއްވެތިބެ އެއްމެނެއް ގޮއްވާކަށެއް، އެއްވެރިކަމާ ފުންމާކަށް މީ ދުންމާރިއެއް ނޫނެވެ.

ރައިވަރު: 17

ވެއްޖެނަމަ މީހަކާ ( މީހަކާ ވެއްޖެނަމަ )
ތެއްރަހުމަ މިޒަމާނުގާ ( މިޒަމާނުގައި ރަހުމަތެއް )

ގެންގޮސްގެއައް އަތުހިފައި ( އަތުހިފާ ގެއަށް ގެންގޮސް )

އެއްތަށިން ކައި އެކީގާ ( އެކީގައި އެއްތަށިން ކައި )

ދެން އެގޮތް ކެނޑި ހިފައިދާނޭ ( ދެން އެގޮތް ކެނޑި ހިނގައިދާނެ )

ފެން ނުބޮނީސް ކެނޑިފާނެ ( ފެން ނުބޮނީސް ކެނޑި ދާނެ )

މާނަ : މިޒަމާނުގައި މީހަކާ ރަހުމަތްތެރި ވެއްޖެނަމަ އަތުުގައި ހިފައިގެން ގެއަށް ގެންގޮސް އެކީގައި އެއްތަށިމަތިން ކައި ހަދާނެއެވެ. ދެން ފެން ނުބޮވެނީސް އެވެވުނު ރަހުމަތްތެރިކަން ކެނޑިގެން ހިނގައި ދާނެއެވެ.

ރައިވަރު: 18

މުޅި ދުނިޔެ ދަތީވެފާ ( މުޅި ދުނިޔެ ދަތިވެފާ )
ކުޅިވަރެއްކަމުގައި ނުވާ ( ކުޅިވަރެއް ކަމުގައިނުވާ )

އުލިއުލި މިހިން ތިބީމާ ( މިހިން އުލިއުލި ތިބީމާ )

ރުޅި ވެރިކަމެއް ނުދައްކާ ( ރުޅިވެރިކަމެއް ނުދައްކާ )

ފުޅި ބައްތިއަށް މުޅިންވެއްޖެ ( މުޅިން ފުޅިބައްތިއަށް ވެއްޖެ )

ގުޅިގެން ކާން އަދުވެއްޖެ ( އަދު ގުޅިގެން ކާން ވެއްޖެ )

މާނަ :–ކުޅިވަރެއްކަމުގައި ނުވާ ދުނިޔެ ދަތިވެފައި، ރުޅިވެރި ކަމެއްނުދައްކާ އަދު ގުޅިގެން ކާން ވެއްޖެއެވެ. އެހެނީ މިހާރު މުޅިން ފުޅިބައްތިއަށް ވެއްޖެވެ.

ރައިވަރު: 19

ކޯ އަޅުގެ ރަސްކަލާ ( އަޅުގެ ރަސްކަލާކޯ )
އޯގާވެ ކުރަމޭ ދުޢާ ( އޯގާވެ ދުޢާ ކުރަމޭ )

ރޯދި ދެއްވުން އެދި އަޅާ ( އަޅާ ރޯދި ދެއްވުން އެދި )

ތޯމިހާލުން ފިއްލަވާ ( މި ހާލުން ފިއްލަވާ ތޯ )

މޯޅިނުވެ ކޯދަނީސް އަޅުގެ ( އަޅުގެ ކޯ މޯޅިވެނު ދަނީސް )

ލޯ ނުދަނީސް މެރި އަޅުގެ ( އަޅުގެ ލޯ މެރިނުދަނީސް )

މާނަ :– އަޅުގެ ވެރިރަސްކަލާކޯ އެވެ! އަޅުގެ ކޯ މޯޅިވެ ނުދަނީސް، އަދި އަޅުގެ ލޯ މެރި ނުދަނީސް، މިހާލުން ފިއްލަވާތޯ، ރޯދި ދެއްވުން އެދި އޯގާވެ އަޅާ ދުޢާކުރަމެވެ.

ރައިވަރު: 20

ލަމާހޭ އެއްކަފުން ( އެއްކަފުން ލަމާހޭ )
ހަމާ ކުލަ ފޮރުވޭމަގުން ( މަހާ ކުލަ ފޮރުވޭ މަގުން )

ކަމާ ކަށު ކެމިކަންތަކުން ( ކަށު ކަމާކެމީގެ ކަންތަކުން )

ޖަމާތްތެރިންނަށް އަންގަމުން ( ޖަމާއަތްތެރިންނަށް އަންގަމުން )

ދަމާ ގަނދު ފޮތި ކަފަންވެއްޖެ ( ދަމާ ފޮތިގަނޑު ކަފަންވެއްޖެ )

ސަލާމަތުން އަދުވެއްޖެ ( އަދު ސަލާމަތުން ވެއްޖެ )

މާނަ : ކަށުކަމާކެމީގެ ކަންތަކުގައި، މަހާ ކުލަ ފޮރުވޭ މަގުން އެއްކަފުންލާން ޖަމާއަތްތެރިންނަށް އަންގަމުން ސަމާލުވާން ވެއްޖެއެވެ. ކަފުންލާނޭ ފޮތި ނުލިބުމުގެ ސަބަބުން ދަމާފޮތިގަނޑު ކަފަން ވެއްޖެއެވެ.

ރައިވަރު: 21

ތިން ކަފުން ނުލީމާ ( ތިން ކަފުން ނުލީމާ )
ދިންނެވުން ނެތް ކަމަށްބާ ( ދިންނެވުން ނެތް ކަމަށްބާ )

މިންވަރު ފުޅަށް ނުރުހިފާ ( މިންވަރު ފުޅަށް ނުރުހިފާ )

ޅިންރުތިބިޔޭ ބަޔަކުވާ ( ބަޔަކުވާ ރުޅިން ތިބެޔޭ )

ރިންކުފެދި ގޮތް ހަދު މަވާތި ( ކުރަން ހެދިގޮތް ހަނދުމަވާތި )

ބިން ގަނޑުގާ ވަޅުލާތި ( ބިންގަނޑުގައި ވަޅުލާތި )

މާނަ :– މައްޔިތާ ތިން ކަފުން ނުލާ ބިން މަތީގައި ވަޅުލާތީ، ކުރިން ހެދިގޮތް ހަނދުމަވެފައި މިންވަރު ފުޅަށް ނުރުހިފައި ބަޔަކުވާ ރުޅިން ތިބީ ދިންނެވުން ނެތްކަމަށް ބާވައެވެ؟

ރައިވަރު: 22

ވަޅުލެވުން ކޮބައިހޭ ( ވަޅުލެވުން ކޮބައިހޭ )
އަޅުތަކުން ނިމިދަނިއްޔޭ ( އަޅުތަކުން ނިމިދަނީޔޭ )

މަޅުގަނޑެއް ފިލައެއް ނެތޭ ( މަޅުގަނޑެއް ފިލައެއް )

މަޅުގަނޑެއް ފިލައެއް ނެތޭ ( މަޅުގަނޑެއް ފިލައެއް ނެތޭ )

ފަޅުވެ ރަށްތައް ހިނގައްޖެޔޭ ( ރަށްތަށް ފަޅުވެ ހިނގައްެޖެޔޭ )

ކަޅުބޮކަރު ހުސްވަމުން ދާތި ( ކަޅުބޮކަރު ހުސްވަމުން ދާތި )

ގަޅުރަ ކުދީން ނިމިދާތި ( ރަނގަޅު ކުދީން ނިމިދާތި )

މާނަ :– އަޅުތަކުން މަރުވެ ނިމިދަނީއެވެ. ވަޅުލެވުންވެސް ނެތެވެ. މަޅުގަނޑެއް ފިލައެއް ނެތެވެ. ކަޅުބޮކަރު ދަނީ ހުސްވަމުންނެވެ. ރަނގަޅު ކުދިން ނިމިދާތީ ރަށްތައް ފަޅުވެ ހިނގައްޖެއެވެ.

ރައިވަރު: 23

ބައިލާހި ދެބައިކުޅަ ( ބައިލާހި ދެބައިކުޅަ )
އައިފަހުން ތަދުކަނީ ގުޅަ ( ގުޅަތަދު އައިފަހުން ކަނީ )

ހައިތަކެތި ކަންޏާއި މުޅަ ( މުޅަހައި ތަކެތި ކަންޏާ )

ފައި ފަހެ ނުވާނޭތަ ދުޅަ ( ފަހެ ފައިދުޅަ ނުވާނޭތަ )

ސައި ފޮދެއްނެތި ތިބެންވާތީ ( ސައިފޮދެއްނެތި ތިބެންވާތި )

މައި ދަރިޔާއި ވަކީވާތި ( މައި ދަރިޔާ ވަކިވާތި )

މާނަ :– ގުޅަތަދު އައިފަހުން ކަނީ ބައިލާހި ދެބައި ކުޅައެވެ. ސައިފޮދެއްނެތި ތިބެގެންވާތީ، އަދި މަޔާއި ދަރި ވަކިވެގެންދާތީ، މުޅަހައި ތަކެތި ކަންޏާ ފަހެ ފައިދުޅަ ނުވާނެ ތޯއެވެ؟

ރައިވަރު: 24

ޢާދު ކުރަމޭ އަނާ ( އަނާ ދުޢާ ކުރަމޭ )
ކާލުނެތިދާ ދުވަހުގާ ( ހާލުނެތިދާ ދުވަހުގައި )

މާލުތަނަވަސް ކޮއްޅެއްހާ ( މާލު ތަނަވަސް ކޮޅެއްހާ )

ޔާރައްބަތޯ ދެއްވަވާ ( ޔާރައްބަ ދެއެވާތޯ )

ކާތަކެތި ގިނަކުރެއްވުމަށް ( ކާތަކެތި ގިނަ ކުރެއްވުމަށް)

ތާގެ މިހާލު މޮޅުވުމަށް ( މިތާގެ ޙާލު މޮޅުވުމަށް )

މާނަ :– މިތާގެ ހާލު މޮޅުވުމަށް އަދި ކާބޯ ތަކެތި ގިނަ ކުރެއްވުމަށް، މާލު ތަނަވަސްވާހާ ކޮޅެއް ދައްކަވާތޯޯ އަޅު ދުޢާކުރަމެވެ.

ރައިވަރު: 25

ބޭކެޔޮލު ރަގަޅުމާ ( ރަނގަޅު މާ ކެޔޮޅުބެ )
ޔޭގޮވަ ކަލާކޮއްޓާ ( ކަލާކޮއްޓަކާޔޭ ގޮވަ )

އޭ ކުދިން ތިބި ދަނޑީގާ ( އޭ ދަނޑީގައި ތިބި ކުދިން )

ށޭ މިދާ ބޮޑުކޮށްނުލާ ( މިދާ ބޮޑުކޮށްނުލާށޭ )

ހޭ ތިއައޮތީ ފަޅާލަންއެ ( އެތިއައޮތީ ފަޅާލަންހޭ )

ޅޭނީ ފާފަ މަބޮލަށްއެ ( ފާފަ އެޅޭނީ މަ ބޮލަށް )

މާނަ: އޭ ދަނޑީގައި ތިބި ކުދީންނެވެ! ކަލާ ކޮއްޓަކާއޭ، މިދާ ބޮޑުކޮށް ނުލާށެވެ. އެ ދާފައްތާފައިި ތިއަހެން ތިއަ އޮތީ ފަޅާލަން ހެއްޔެވެ؟ ދާފެޅިއްޖެއްޔާ ފާފަ އެޅޭނީ އަހަރެންގެ ބޮލުގައެވެ. ރަނގަޅު މާ ކެޔޮޅުބޭ އެބަ ގޮވައެވެ.

ރައިވަރު: 26

މާނުބައިޅެއިކެ އެއީ ކުކު ( އެއީ މާނުބައި ކުކުޅެކެ )
ހާގޮވާވަރު ފިޔޮއްފިޔޮއް ( ފިޔޮއްފިޔޮއް ގޮވާ ލަވަރު )

ކާޅަށް ދީފި ހަތް ފިޔޮއް ( ހަޔްފިޔޮއް ކާޅަށް ދީފި )

މާނަ :– އެއީ މާނުބައި ކުކުޅެކެވެ. ފިޔޮއް ފިޔޮއް ގޮވާ ހައު ވަރުގެ ހަތް ފިޔޮއް ކާޅަށް ދީފިއެވެ.

ރައިވަރު: 27

ބާކުލިގަނޑެކެ ކިހާދޫ ( ކިހާދޫ ބާކުލި ގަނޑެކެ )
ހާކުރު ރިޒަނަގާމާމު ( މިޒަމާނު ރިހާ ކުރުނަގާ )

އާކުރަކީ ރަހުމާނު ( ރަހުމާނު އާހުރަކީ )

މާނަ: –ރަހުމާނު އާކުރަކީ މިޒަމާނުގައި ރިހާކުރު ނަގާ ކިހާދޫ ބާކުލި ގަނޑެކެވެ.

ރައިވަރު: 28

ވާކަށެއް ދެރަތިމާ ( ތިމާ ދެރަވާކަށެއް )
ނާރާ ހިތަށް އެކަކުފާ ( އެކަކު ހިތަށްނާރާފާ )

ގާތަކާ ވެލި އުފުއްލާ ( ގާތަކާ ވެލި އުފުއްލާ )

ރާނާއުޅެތެ ފޫގަޅާ ( ފޫގަޅާ ރާނާ އުޅެތެ )

އާނުގުރު ހިތުހަނދުމަނުކޮށް ( ގުރުޢާން ހަނދުމަނުކޮށް)

ފާ ރައްބީ ހީނުކޮށް ( ރައްބީ ހީނުކުށްފާ )

މާނަ :– ތިމާ ދެރަވާން އެކަކުވެސް ހިތަށްނާރާ (އެކަކަށވުރެ އަނެކަކު ދެރަނުވާން ) ޤުރުއާނުގަައި ކުރައްވާ ފައިވާ އަމުރުފުޅުތައް ހަނދުމަނުކޮށް، ހައްދަވާ ބޮޑުކުރެެއްވި ފަރާތް ހީނުކޮށް، ގާތަކާއި ވެލިއުފުލާ (ބަޔަކު އެބަ) ރާނާ އުޅެތެވެ.

ރައިވަރު: 29

ދިޔަތަކެތިވެސް ނެތޭ ( ދިޔަތަކެތިވެސް ނެތޭ )
މިޔަދު ގަތް ތޮޅި ބުރިއެކޭ ( މިޔަދު ގަތް ތޮޅި ބުރިެެއެކޭ )

ފިޔައާއި އިނގުރު އެޅީމޭ ( ފިޔަ އާއި އިނގުރު އެޅީމޭ )

ތިޔަ ރަހަ ވަރަށް މީރުހޭ ( ތިޔަ ރަހަ ވަރަށް މީރުހޭ )

އިޔަ ހޫދި އަނބިނުބައިމީހާ ( އިޔަ ހޫދި އަނބިނުބާމީހާ )

ކިޔަނީ ގާތު ފިރިމީހާ ( ފިރިމީހާ ގާތު ކިޔަނީ )

މާނަ :– މަކަރުވެރި އަނބިމީހާ ފިރިމީހާ ގާތުގައި ބުނެއެވެ. ދިޔަތިކެއްވެސް ނެތެވެ. މިއީ އަދު ގަތް ތޮޅިބުރި އެއްގެ ރިހައެވެ. ފިޔައާއި އިނގުރުވެސް އެޅީމެވެ. ތިޔަ ރިހަ ވަރަށް މީރު ހެއްޔެވެ؟

ރައިވަރު: 30

ފާމި ކައްކަން އުދާ ( ކައްކަން އުދާފާ )
ހާގަ ދަރު ހިނދު ނެތީމާ ( ޖަހާފަރު ނެތީމާ )

ފާމިހެން އިނދެ ހަވޭލާ ( މިހެން އިނދެފާ ހަޅޭލާ )

ފާނިކުމެ ކަތިވަޅިހިފާ ( ކަތހިވަޅި ހިފައައިގެން ނިކުމެފައި )

ގާފަ ފުޅަފުގެ މަތިން ކެހަނަ ( ފުޅަފުގެ މަތިން ކެހަނަފާފަ )

ގާ އެއްލއިފި ތިން ކެހަނަ ( ތިންކެލަ ނަގާ އެއްލައިފި )

މާނަ : ކައްކަން އުދާފައި އުނދުނުގައި ޖައްސާނެ ދަަރު ނެތިގެން އެތާ އިނދެ ހަޅޭއްލަވާފައި، ކަތިވަޅި ހިފައި ގެން ނިކުމެ ފުޅަފުގެ މަތީ ކެހަ ނަގާފައި އޭގެތެރެެއިން ވަކިން ތިންކެހަ ނަގާ އެއްލާލައިފިެއެވެ.

ރައިވަރު: 31

ޔާރުފަނޑި އަހުމަދާ ( ފަނޑިޔާރު އަހުމަދާ )
ކީާއިކަމަނުބެހޭ ތިމާ ( ތިމާ ނުބެހޭ ކަމަކާ )

ރައިވަރުން ކޯޓެއް ފަހާ ( ރައިވަރުން ކޯޓެއް ފަހާ )

ފާނަމެ ގަޔަށް މަހާލާ ( ގަޔަށް މަހާލަފާނަމެ )

އާޑައިން ބަނދެ ދެއަތްފައިތީ ( އާޑައިން ދެއަތް ބަނދެފައި )

ޔާ މަރުމޯލު ނުލަފާތި ( ތިޔަ ނުލަފާ މަރުމޯލު )

މާނަ : ފަނޑިޔާރު އަހުމަދާއެވެ! ތިމާ ކަމަކާ ނުބެހޭށެވެ. އާޑައިން ދެއަތް ބަނދެފައި، ރައިވަރުން ކޯޓެއް ފަހާ، ތިއަ ނުލަފާ މަރުމޯލު ގަޔަށް މަހާލަފާނަމެވެ.

ރައިވަރު: 32

ގާބޮލަކު ލަށް މިސާ ( ގާބޮލަކު މިސާލަށް )
ގާގަނޑު ތެރޭ އިނީމޭ ( ގާގަނޑުތެރޭ އިނީމާ )

ގާވިޔާ މަހަކާ އިމާ ( ގާވިޔާ މަހަކާއި )

ގާތަށް ނުދާށޭ އެހާ ( އެހާ ގާތަށް ނުދާށޭ )

ގާގައި އެކަށި ގަހާދާނެ ( ގާގައި ކަށި ޖަހާދާނެ )

ލާ އަޑު ރޯން ޖެހިދާނެ ( އަޑުލާ ރޯން ޖެހިދާނެ )

މާނަ : ގާބޮލެއްގެ މިސާލަށް ގާގަނޑު ގެރޭގައި އިންނަ ގާވިޔާމަހަކާ މާ ގާތަށް ނުދާށެވެ! ގަައިގއި އެ ކަށި ޖަހައިފާނެއެވެ. ދެން އަޑުން އަޑުނަގާ ރޯން ޖެހިދާނެއެވެ.

ރައިވަރު: 33

ވިނަމަ ހެވެ މަރު އަނާ ( އަނާ މަރުވިނަމަހެވެ )
ގިނަވުމަށްވުރެ މިރަށުގާ ( މިރަށުގައި ގިނަވުމަށް ވުރެ )

ހިނަވާ ކަފުން ކުރައްވާ ( ހިނަވާ ކަފުން ކުރައްވާ )

ލިނަމަހެވެ ކަޅުވެލީގާ ( ކަޅުވެލީގައި ލިނަމަހެވެ )

ވިނަސުރު މިނެތްދުވަހުގާމަ ( ނަސްރުނެތް މިދުވަހުގައި )

ގިނަ ނުވަނީސް ރަށުގާމަ ( ރަށުގައި ގިނަނުވަނީސް )

މާނަ : ނަސްރުނެތް ދުވަހުގައި، މަ ރަށުގައި ގިނަ ނުވަނީސް ހިނަވާ ކަފުން ކުރައްވާ ކަޅުވެލީގައިލިނަމަ މާރަނގަޅެވެ. ނުވަތަ މަރުވިނަމަވެސް މާ ރަނގަޅެވެ.

ރައިވަރު: 34

އިންނަ ތިން ދުވަހުގާ ( އިންނަ ތިން ދުވަހުގައި )

ހިތްހެޔޮކަމަށް ގެންހަދާ ( ހިތްހެޔޮކަމަށް ހަށައިގެން )

ތިން ހަތަރު މަސްވީތަނާ ( ތިން ހަތަރު މަސް ވީތަނާ )

ސިއްރުން ބަތަށް ކޮ ކަޑިލާ ( ސިއްރުން ބަތަށް ކޮކަޑިވާ )

މިންޖުނުވިޔަސް ތިމާ ވީހާ ( ތިމާ މިންޖުނުވިއަސް )

ނިންމާލާނެ ފިރިމީހާ ( ފިރިމީހާ ނިންމާލާނެ )

މާނަ : އިންނަތާ ދެތިން ދުވަހުގެ ތެރޭގައި ހިތް ހެޔޮކަމަށް ހަދައައިގެން އުޅެފައި، ތިމާ މިންޖު ނުވިޔަސް ތިން ހަތަރުމަސް ވޭތުވެދިއުމަށްފަހު ސިއްރުން ބަތަށް ކޮކަޑިލާ ފިރިމީހާ ނިންމާލާނެއެވެ.

ރައިވަރު: 35

ބޭޒާރު ނުކުރެވޭ ( ބޭޒާރު ނުކުރެވޭ )

ގޭމަ ހެޔޮ ތަލި ރަންކޮޅާ ( މަގޭ ހެޔޮ ތަލި ރަންކޮޅާ )

ބޭނުންމަގޭ ނެތިއްޔާ ( މަގޭ ބޭނުން ނެތިއްޔާ )

ދޭށެ އަވަހަށް ލުވިވެދާ ( އަވަހަށް ވިދާޅުވެދޭށެ )

ރޭދުވާ މަގަނުކޮށް ކަކުލި ( ރޭދުވާ މަގަކު ކަނުކޮށްލި )

ބޭނޭގައިމެ އަނެކަކު ލި ( ގައިމު އަނެކަކު ލިބޭނެ )

މާނަ : މަގޭ ހެޔޮ ރަންކޮޅާއެވެ. ބޭޒާރު ނުކުރައްވާށެވެ. މަގޭ ބޭނުން ނެތީވިއްޔާ އަވަހަށް ވިދާޅުވެ ދެއްވާށެވެ. ރޭދުވާ މަގަކުން ކަނުކޮށްލި އަނެކަކު ލިބޭނެކަން ގައިމެވެ.

ރައިވަރު: 36

ހާދަހާ ހީވެޔޭ ( ހާދަހާ ހީވެޔޭ )

ޅާ އަނިކަމެތިހުން މިދޭ ( މި ދޭހުން ނިކަމެތިއަޅާ )

ގާދޫ ކޮޅުން ނުކުތް ތެރޭ ( ގާދޫ ކޮޅުން ނުކުތްރޭ )

ކައިރިއިން ދަންޏާ އިނގޭ ( ކައިރިން ދަންޏާ އިނގޭ )

މާނަތުއް ރަޙްމާނުގާ ( އަމާނަތުއް ރަހުމާނުގަ )

ރާ އޮންނާން ކުނބުގާ ( ކުނބުގައި އަރާ އޮންނާން )

މާނަ :– މި ދުނިޔެއިން ނިކަމެތި ވެފައިވާ އަޅާގެ ގާތުން ދަންޏާ އަމާނާތުއް ރަޙުމާނު ގާދޫކޮލުން ނިކުތްރޭ ފަދައިން، ކުނބަށް އަރާ އޮންނާން ހާދަހާ ހިތަށް އެރިއެވެ.

ރައިވަރު: 37

ހީނުވޭ އެކައްޗެއް ( އެކައްޗެއް ހީނުވޭ )
ފީވެ ދިޔަޔަސް ކުރޮޅިއެއް ( ކުރޮޅިއެއް ފީވެދިޔަޔަސް )

ވީކަމަކު އަދި ފަގީރެއް ( އަދި ފަގީރެއްވީކަަމަކު )

ނީކުރާފަހެ ދެން ކިއެއް ( ދެން ފަހެ ކުރާނީ ކިއެއް )

މީހުނަށް ދޭވިއްކުމަށްނު ( މީހުނަށް ވިއްކުމަށްނުދޭ )

ނީކުފުރާ ހެދުމަށްނު ( ކުފުރާ ހެދުމަށްނުނީ )

މާނަ : މިއަދު ފަގީރެއްކަމަކު ދެންފަހެ ކުރާނީ ކީއްހެއްޔެވެ؟ ކުފުރާ ހެދުމަށް ނޫނީ މީހުންނަށް ވިއްކުމަށް ނުދޭ، ކުރޮޅިއެއް ފީވިޔަސް އެކައްޗެކޭވެސް ހިއެއް ނުވެއެވެ.

ރައިވަރު: 38

ހާލުގައި އެކަނި ވެރި (އެކަނިވެރި ހާލުގައި)
ދާމިދުވަހޭ ދެލޯ މެރި (މީ ދެލޯމެރިދާ ދުވަހޭ)

ޔާތެރަށް ޚަލްގާ ގެ ހިރި (ޚަލްގާގެ ހިރިޔާތެރަށް)

ސާފުފެންތިކި ނުދޭ ދިރި (ސާފުފެންތިކި ދިރނުދޭ)

ލާދެތެ ދުލަށް ސަހާދަތްއަ (ސަހާދަތް ދުލަށް ލާދެ)

ނާގެތެރީން ރަހުމަތް އަ (އަނާގެ ރަހުމަތް ތެރީން)

މާނަ: މަގޭ ރަހުމަތް ތެރިންނޭވެ! މިއީ އެކަނިވެރި ހާލުގައި ދެލޯމެރިދާ ދުވަހެވެ. މާތް ޚަލްޤާގެ ތެރެއަށް ސާފުފެންތިކި ނުދިރެއެވެ. ރަހުމަތްތެރީން މަގޭ ދުލަށް ޝަހާދަތް ލައިދެއެވެ.

ރައިވަރު: 39

ޝަހާދަތްފަދަ ތެދޭ ( ޝަހާދަތް ފަދަ ތެދޭ )
މަ ހާލެއްގައި ޖެހިއްޖޭ ( މަ ހާލެއްގައި ޖެހިއްޖެއޭ )

ވަހާރަހަ ހުރި ގޮމަފުޅޭ ( ވަހާ ރަހަ ހުރި ގޮމަަފުޅޭ )

މަހާކަށި ވަކި ވަނީޔޭ ( މަހާކަށި ވަކިވަނިއްޔޭ )

ސަހާމެރި ރަސްފުތަށް ވެ ދިޔަ ( ސަހާމެރި ރަސްފުތަށް ވެދިޔަ )

ބަޙާދުލާ ހަރުވެ ދިޔަ ( ބަހާ ދުލާ ހަރުވެ ދިޔަ )

މާނަ: ވަހާ ރަހަ ހުރި ގޮމަފުޅާއެވެ! ޝަހާދަތްފަދަ ތެދެކެވެެ. އަޅުގަނޑުގެ ވަރަށް ދަތި ހާލެއްގައި ޖެހިއްޖެއެވެ. ހަމާއި، ކައްޓާ އަދި މަހާ ވަކި ވަނީއެވެ. ބަހާއި ދުލާ ހަރުވެ ސަހާމެރި ރަސްފުތަށް ވެދިޔައީއެވެ.

ރައިވަރު: 40

ތެއްފަދަމުރަން ކޮޅާ ( މުތެއްފަދަ ރަންކޮޅާ )
ޑެއްގޮގާ ކުނިއުކާ ( ކުނިއުކާ ގޮޑެއްގާ )

ގެއްލި އޮތަކަސް ވަޅުގަހާ ( ވަޅުޖަހާ ގެއްލި އޮތަކަސް )

ރެއް އެވެހި އަވިދިނަސްވާ ( ވާރޭއެއްވެހި އަވިދިނަސް )

ރައްދެބަ ޖަހާނޭތަދާ ( ދަބަރެއްޖަހާދާނޭތަ )

ތެއްވާނީ މުތަކަށްމު ( މުތެއްވާނީ މުތަކަށް )

މާނަ : މުތެއްފަދަ ރަންކޮޅާއެވެ. ކުނިގޮނޑެއްގައި ވަޅުޖެހި ގެއްލި އޮތަސް، ވާރޭ ވެހި އަވިދިނަސް މުތެއްގައި ދަބަރު ޖަހައިދާނެ ހެއްޔެވެ؟ މުތެއްވާނީ މުތަކަށެވެ.

ރައިވަރު: 41

ދޭނަމަގެއްއަޅާ ( ގެއެއް އަޅާދޭނަމެ )
ބޭރުފެންގަނޑާ މަތީގާ ( ބޭރު ފެންގަޑާ މަތީގައި )

ރޭދިލާލުން ތަނބުގަހާ ( ދިރޭ ލާލުން ތަނބުޖަހާ )

ހޭދި ރަނަފަށް ވާއޮމާ ( އޮމާ ދިހޭރަނަ )

ޔޭގެ ދުނިކަޅިރިވެތިކަށްމަ ( ދުނިޔޭގެ ކަޅިރިވެތި ކަމަށް )

ގޭވިއްޔާ ހިތާމަކަށްމަ ( މަގޭ ވިއްޔާ ހިތަކަށްމަ )

މާނަ : ދުނިޔެއިން ކަޅި ރިވެތި އޮމާން ދިހޭ ރަނަ މަގޭ ހިތަކަށް ވިއްޔާ، ބޭރު ފެންޑާ މަތީގައި ދިރޭލާލުން ތަނބުޖަހައި، ގެއެެއް އަޅައިދޭނަމެވެ.

ރައިވަރު: 42

ސިއްސައި ގެނެއްނުދޭ ( ސިއްސައި ގެނެއްނުދޭ )
ވިސްނާ މައެބަހުރީމޭ ( ވިސްނާ މައެބަހުރީމޭ )

ތިސްފަދަން އިގޭ ( ފަތިސް ދަން އިގޭ )

އިސް ތަށްޓެކޭ ހީނުވޭ ( އިސް ތައްޓެކޭ ހީނުވޭ )

މިސްކިތަށް ވަދެނިކުމެވެންޏާ ( މިސްކިތަށް ވަދެނިކުމެވެންޏާ )

ބިސްމި އަޢޫޛު ކިޔެވެންޏާ ( އަޢޫޛު ބިސްމި ކިޔެވެންޏާ )

މާނަ: އަޢޫޒު އާއި ބިސްމި ކިޔެވި މިސްކިތަށް އަރާއުޅެންޏާ، ފަތިސް ދަމުގައި ވިސްނައިގެން މައެބަ ހުރީމެވެ. ސިއްސައިގެނެއް ނުދެއެވެ. ތިޔައީ އިސްތައްޓެކޭ ވެސް ހީނުވެއެވެ.

ރައިވަރު: 43

ރަސްރަނޭ ކުލުނުވެރި ( ކުލުނުވެރި ރަސްރަނޭ )
ވަސްމީރު ހަށިކޮޅުން އެރި ( ހަށިކޮޅުން އެރި މީރުވަސް )

ގަސްދަށަށްގެން ދަމާނެރި ( ގަސްދަށަށް ދަމާނެރި ގެން )

އަސްދުރު ނުވާނަމޭ މެރި ( މެރިއަސް ދުރުނުވާނަމޭ )

ފަސްތަން މިބަނދެ ކަފުނަޅާއޮ (ކަފުނައޮޅާ މިފަސްތަން ބަނދެ )

ތަސް ސަންދޯކު ނުއަޅާއޮ ( ސަންދޯކު ނުއަޅާ އޮތަސް )

މާނަ: އޭ ލޯބިވާ ރަންކޮޅާއެވެ! ފަސްތަންބަދެފައި ސަންދޯކު ނާޅާ ބޭއްވިއަސް، ގަސްދޮށަށް ނެރެ ތަޅާމެރިއަސް ރަންކޮޅުގެ ހަށިކޮޅުން އެރި މީރުވަހުން ރަންކޮޅާ ދުރެއް ނުވާނަމެވެ.

ރައިވަރު: 44

ބާލަނީ ތަރިއުޑުން ( އުޑުން ތަރި ބާލަނީ )
ކާކުހޭފުޅު ގޮމަހިތުން ( ގޮމަފުޅު ހިތުން ކާކުހޭ )

އާލަމްތެރޭ ނެތެ ސަފުން ( އާލަމްތެރޭ ސަފުން ނެތެ)

ޔާގޫތު ކުދި އަލިމަހުން ( ކުދި ޔާގޫތު އަލި މަހުން)

ދާޅުވިކަމަކު ވެދުންނޭތި (ވިދާޅުވި ކަމަކު ވެދުންނޭތި)

ޔާކަމެއް ނުވާނޭތި (ތިޔާ ކަމެއްނުވާނޭ)

މާނަ: އޭގޮމަފުޅާއެވެ! އުޑުންތަރި ބާލަނީ ކާކުހެއްޔެވެ؟ އާލަމުތެރޭ (ދުނިޔޭގައ އެމީހަކު ) ސަފުން (އަމުދުންވެސް) ނެތެވެ. ކަމަނާ ޔާގޫތާއި އަލިމަސް ހަދިޔާކުރައްވައި ވެދުން ވިދާޅުވިޔަސް ތިޔަ ކަމެއް ނުވާނެއެވެ.

ރައިވަރު: 45

ފުރަތަމަ ކިއުމެ ޝަހާދަތް ( ޝަހާދަތް ފުރަތަމަ ކިޔުމެ)
ފުރަތަމަ ކުރެވި ފަރުޟުއަކީއެ (ފުރަތަމަ ކުރެވި ފަރުޟުއަކީއެ)

ފުރަތަމައީ ކަމަކީއެ ( ފުރަތަމަ ކަމަކީ އެއީ)

މާނަ: ފުރަތަމަ ކަމަކީ ޝަހާދަތް ކިއުމެވެ. ފުރަތަމަ ފަރުޟަކީ އެއީއެވެ.

ރައިވަރު: 46

ނީބުނަމެ އެދި މަދަރު ( ދަރުމަ އެދި ބުނަމެ ނީ)
ރީތިކޮށް ޅެންބަހުން ހަރު ( ރީތިކޮށް ހަރު ޅެންބަހުން)

ތީބު ހެޔޮ ދަރިފުޅޭ ތަރު ( ތަރުތީބު ހެޔޮ ދަރިފުޅޭ)

ދީނުގެ ދެވަނަ ޟަކީ ފަރު ( ދީނުގެ ދެވަނަ ފަރުޟަކީ)

ހީއެތެރި ވެތި ނުލާ ގައިނަ ( އެހީތެރިވެ ނަގައިނުލާ)

ވީހިނދު މާދު ކަމުގައިނަ ( ނަމާދުކަމުގައި ވީހިނދު)

މާނަ: ތަރުތީބު ހެޔޮ ދަރިފުޅާއެވެ. ދަރުމަ އެދިގެން ހަރު ޅެންބަހުން ބުނަމެވެ. ދީނުގެ ދެވަނަ ފަރުޟަކީ ނަމާދު ކަމުގައިވީހިނދު އެހީތެރިކަމާއެކު އެނަމާދު ނަގައިނުލާ އަދާކުރާށެވެ.

ރައިވަރު: 47

ނާސަގިނަ ޙަމްދުތައް ( ގިނަ ހަމްދުސަނާ )
ރާއިޝުކު ތައުރީފުތައް ( ޝުކުރާއި ތައުރީފުތައް )

ލާނގެ ކައިތުރު ޙަސްރަތައް ( އިތުރު ކަލާނގެ ޙަސްރަތައް )

ދާއަކޮއް ގިނައިން އެތައް ( އެތައް ގިނައިން އަދާކޮއް )

ވާހަކަ ކިވެރި ކޮޅެއްމެތިއަ ( ރިވެތި ވާހަކަކޮޅެއް ކިއަމެ )

ޅާމިސްކީނު ނިކަމެތިއަ ( ނިކަމެތި މިސްކީނު އަޅާ )

މާނަ: މާތް ކަލާނގެ ޙަސްރަތަށް ގިނަގުނަ ޙަމްދު ޘަނާތަކާއި ޝުކުރާއި ތައުރީފުތައް ފަށް ފަށުން އަދާކޮށް، ނިކަމެތި މިސްކީނު އަޅާ ރިވެތި ވާހަކަ ކޮޅެއް ކިއަމެވެ.

ރައިވަރު: 48

ނަރަކައި ގިނި ތެރޭ ( ނަރަކައި ގިނި ތެރޭ )
ބަރުޙަނެތި ގެއްލިދާނޭ ( ޙަބަރު ނެތި ގެއްލިދާނޭ )

ދަރުމައެދި ހެޔޮދަރިފުޅޭ ( ދަރުމައެދި ހެޔޮދަރިފުޅޭ )

ފަރުވާވެގެން ހިފާށޭ ( ފަރުވާވެގެން ހިފާށޭ )

ހަރުނުބެދި ފަތަކުގައިޞިހާ ( ހަރުފަޞިހާ ތަކުގައި ނުބެދި )

ތަރުވަނަ ރޯފަ ފަރުޞީހަ ( ހަތަރުވަނަ ފަރުޞީ ރޯދަ )

މާނަ: އޭ ދަރިފުޅާއެވެ! ނަރަކައިގެ ގިނީ ތެރޭގައި ޚަބަރު ނެތި ގެއްލިގެންދާނޭ ހަރު ފަޞީ ހަތެއްގައި ނުބެދި، ފަރުވާތެރި ވެގެން ހަތަރުވަނަ ފަރުޟު ކަމުގައިވާ ރޯދަ ހިފާށެވެ.

ރައިވަރު: 49

އައިމުޅި ދުނިޔެއަށް ( މުޅިދުނިޔެއަށްއައި )
ހައިއެންމެއިސްލާމުނަށް ( އެންމެހާއިސްލާމުނަށް )

މައިފިއޭވުން ޙައްޖުލައް (ޙައްޖުވުން ލައްވައިފިޔޭ )

ގައިފަރުޞު ފަސްވަނައަށް ( ފަސްވަނައަށް ފަރުޞުގައި )

ރައިއަހުރި އެފުޙަރަމްޅުގައި ( އަރައިހުރި އެޙަރަމްފުޅުގައި )

ބައިތުﷲ ގެފުޅުގައި ( ބައިތުﷲ ގެފުޅުގައި )

މާނަ: ދުނިޔެއަށް އައި އެންމެހައި މުސްލިމުންނަށް ބައިތުﷲގެފުޅަށް ގޮސް ޙައްޖުވުން ފަސްވަނަ ފަރްޟެއް ކަމުގައި ލައްވައިފިއެވެ.

ރައިވަރު: 50

ނުރާމެއްލިބޭއަށި ( އަރާމެއް ނުލިބޭށި )
މުރާލި ގުހެން ތަކެއްތަށި ( މުގުރާލިތަށިތަކެއްހެން )

ފުރާނާ އެކު ގަޑާހަށި ( ހަށިގަޑާ އެކުފުރާނާ )

ގުރާމުނެތޭ ތަޅާކަށި ( ތަޅާކަށިމުގުރާނެތޭ )

ތުރާވަފެ ކުޅަދާނަހުންނަ ( ތުރާވެފަކުޅަދާނަ ހުންނަ )

ކުރާނަމާދު މީހުންނަ ( ނަމާދުނުކުރާ މީހުން )

މާނަ: ނަމާދު ނުކުރާމީހުނަށް (އާޚިރަތުގައި) އަރާމެއް ނުލިބޭނެއެވެ. މުގުރާލި ތަށިތަކެއްހެން (ނަމާދު ނުކުރާމީހާގެ) ފުރާނަޔާ ހަށިގަޑާ އެކު ތަޅާ ކަށިތައް މުގުރާ ނުކުޅަދާނަ ވަރަށް (ވޭން) ހުންނަ ތުރާތައް (ކަށްވަޅުގައި) ލިބޭނެއެވެ.

ރައިވަރު: 51

އިސްވިޔަސް ކިނާރާ ( ކިނާރާ އިސްވިޔަސް )
ކިންވަދޭށީމޭ ހިފާ ( ވަކިން ހިފާދޭށީމޭ )

މިންނެތް މަދަރިލޯބިވާ ( މިންނެތް ލޯބިވާމަދަރި )

ރިންކު އެދި ކިޔެވެވިއްޔާ ( ކުރިން އެދިކިޔެވެވިއްޔާ )

ތިންހަތަރު ފަސްހޯގުޅާއި ( ތިންހަޔަރުފަސް ހޯގުޅާއި )

ޑިންޑިން ކޯލުކައުޅާއި ( ކާޅާއި ޑީންޑިން ކޯލު )

މާނަ: މިންނެތް ފަށުން ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު އެދިގެން ކުރިން(ކިޔަވާ ހިތުން) ކިޔެވިއްޔާ ކިނާރާއިން ވިޔަސް ތިންހަތަރު ފަސް ހޯގުޅައާއި ޑިންޑިން، ކޮވެއްޔާއި ކާޅު ވަކިވަކިން ހިފައިދޭނަމެވެ.

ރައިވަރު: 52

ގާހިތި މަތިއަން ރިޔަ ( އަރިމަތިން ހިގާތިޔަ )
މާއަދޭނަމެ ހިފާދިޔަ ( ދިޔައިމާ ހިފާދޭނަމެ )

ޅާދަރިފުނެތި މާތްނިޔަ ( މާތްނިޔަނެތި ދަރިފުޅާ )

ވާފިނަމަ ޤުރުއާންކިޔަ ( ޤުރުއާން ކިޔަވާފިނަމަ )

ނާކަބުޅިތުބުއިލޮޅި މާއި ( މާކަނާއި ބުޅިތުބު އިލޮޅި )

ފާރަތަ ރޭރު ދުށިމާއި ( ރަތަފާރޭރު ދުށިމާއި )

މާނަ: ނިޔަނެތި މާތް ދަރިފުޅާއެވެ. ޤުރުއާން ކިޔަވައިފިނަމަ މާކަނާ ދިޔައީމާ އަރިމަތިން ތިޔަހިގާ ރަތަފަޔާއި ދުށިން، ރޭރާއި އިލޮޅި އަދި ބުޅިތުނބި (ބައްޕަ) ހިފައިދޭނަމެވެ.

ރައިވަރު: 53

ތިގެތި މިފަމަޅިޖަހާ ( ގެތިމިމަޅިފަތިޖަހާ )
ހިގެނުފަސް ދޭނަމެހިފާ ( ފަސްނުދޭނަމެ ހިފާހިގެ )

ބިގެހިލޯދަރިފުޅުމަވާ ( ލޯބިވާމަދަރިފުޅު ގެހި )

ނިގެއުނަމަ ކިޔަވަންހިގާ ( ކިޔަވަންހިގާ އުގެނިނަމަ )

ސިގެއަކު ފައަދުހުންނަގޮޑިބަ ( އަބަދު ހުންނަ ގޮޑިގެ ސިފައަކު )

ދިގެންދޫނި ހުނިގޮޑިބަ ( ބަދިގެން ހުނިގޮޑިދޫނި )

މާނަ: މަގޭލޯބި ދަރިފުޅާއެވެ. ކިޔަވާންހިނގައި، އުގެނުނުނަމަ ދަރިފުޅުގެ ތިމަޅިފަތި ޖަހައިގެން ގެއެއްގައި އަބަދުމެ ގޮނޑީގެ ސިފައިގައި ހުންނަ ބަދިގޭ ދޫނި(ހުނިގޮޑި) ހިފާން ފަސް ނުޖެހޭނަމެވެ.

ރައިވަރު: 54

ކިޔެވިނަމަ އާންގުރަ ( ގުރުއާން ކިޔެވިނަމަ )
މިއެދުއިދެގެން އަމާއުރު ( މިއެދުއިދެގެން އަމާއުރު )

ނިޔަނެތި މަދަރިފުޅުއިތުރު ( ނިޔަނެތި އިތުރު މަދަރިފުޅު )

ވިޔަނުދޭނަމެ ސަފުންދުރު ( ސަފުންދުރު ވިޔަނެދޭނަމެ )

އިޔަމަނަކު ކުލަހަނީ ހުންނަ ( ޔަމަނު ކުހައި ކުލަ ހުންނަނީ )

ވިޔަނެތް ލޯބި ހިތުހުންނަ ( ވިޔަނެތް ލޯބި ހިތުހުންނަ )

މާނަ: ހިތުގައި ވިޔަނެތް (އަދަދުނުވެވޭހާ) ލޯބި ޖެހިފައިވާ ޔަމަނު އަގީދު ކުލަ ހުންނަ، މަގޭ މާތް ދަރިފުޅު މަންމަގެ އުރުގައި އިދެގެން ގުރުއާން ކިޔެވިނަމަ، ސަފުން ދުރުވިޔަކަ ނުދޭނަމެވެ.

ރައިވަރު: 55

ސިހިގެން މަޔެއްނުދާ ( މަޔެއް ސިހިގެން ނުދާ )
މިހުރީހެނެކެ ފިރިކިޔާ ( މިހުރީ ފިރިހެނެކެ ކިޔާ )

ޅިހިލިޔަސް ބަނދެގެން ވަށާ ( ވަށާ ބަނދެގެން ޅިހިލިޔަސް )

ޖިހިޔަސް މޮހޮރު ނޯށުގާ ( މޮހޮރު ޖިހިޔަސް ނޯށުގާ )

މިހިރި ހިއްވަރު ހުރިއްޔާމާ ( މިހިރި ހިއްވަރު ހުރިއްޔާމާ )

ދިހިފާށީމެ ގަނޑިޔާމާ ( ގަޑިޔާ ދިމާ ހިފާށީމެ )

މާނަ: ޅިސްލާ ބަނދެލިޔަސް، ނޯށަށް މޮހޮރު ޖެހިއަސް، މިހުރީ ފިރިހެނެކޭ ކިޔާފައި ސިއްސައިގެނެއް ނުދާނަމެވެ. މިހިރަ ގަދަ ހިއްވަރުހުރިއްޔާ ދިޔައިމާ ގަނޑިއަށް ހިފާނަމެވެ.

ރައިވަރު: 56

ދޭނަމޭ ލަނޑުހިތާ ( ލަނޑު ދޭނަމޭ ހިތާ )
ރޭމި ނުނިދާ އިނީމާ ( މިރޭ ނުނިދާ އިނީމާ )

ގޭމަކިބައިން މޮޔަގަނޑާ ( މަގޭކިބައިން މޮޔަގަނޑާ )

ނޭތަ ރައިވަރު ހުސްވެދާ ( ރައިވަރު ހުސްވެދާ ނޭތަ )

ކޭތެދެ ވެޑުނު ތަނަކު ވާމާ ( މާވާ ވެޑުނު ތަނަކު ތެދެކޭ )

ގޭހުއްޓާ ނޭވާމާ ( މާގޭ ނޭވާ ހުއްޓާ )

މާނަ: ތެދެކެވެ. މޮޔަގަނޑާއެވެ! ލަނޑުދޭނަމޭ ހިތާ މިރޭ ރައިވަރު ނުކިޔާ އިނީމާ، ތަނެއްގައި މަޑުނުވެ މަގޭނޭވާހުއްޓާ، މަގޭ ކިބައިން ރައިވަރު ހުސްވެދާނެހެއްޔެވެ؟

ރައިވަރު: 57

ރޮށިބޮލާ ބުނަންތާ ( ރޮށިބޮލާ ބުނަންތާ )
މޮށިތިޔަގޮތަށް އުޅެންޔާ ( ތިޔަގޮތަށް މޮށި އުޅެންޔާ )

ތޮށިކަނޑު ހިކޭ ދުވަހުގާ ( ކަނޑުތޮށި ހިކޭ ދުވަހުގާ )

ވޮށިމަހެއް ދޭނަމެ ހިފާ ( ހިފާ ދޭނަމެ ވޮށިމަހެއް )

ފޮށިތިޔަގޮތަށް އުޅެންޏާއި (ތިޔަގޮތަށް ފޮށި އުޅެންޏާއި )

ފޮށި ތިޔަވާދަ ވަންޏާއި ( ފޮށި ތިޔަވާދަ ވަންޏާއި )

މާނަ: އޭރޮށިބޮލާ (ދެރަސޮރާ) އެވެ! ތިޔަ ގޮތަށް ޒުވާބުކޮށް، ތިޔަހެން މަށާ ފޮށި، ވާދަ ކުރަންޏާ، ކަނޑުތޮށި ހިކޭ ދުވަހުގައި ވޮށިމަހެއް ހިފައިދޭނަމެވެ.

ރައިވަރު: 58

ރާވަރުން ބަނދެލަމުތަ ( ރާވަރުން ބަނދެލަމުތަ )
ހާހުރި ބަހެއް މަ ބުނަމުތަ ( ހުރިހާ ބަހެއް މަބުނަމުތަ )

ތާއަދެފަޔާބަނދެލަމުތަ ( އަތާ ދެފަޔާ ބަނދެލަމުތަ )

އާޑަބަސް ބުނެ ރޮއްވަމުތަ ( އާޑަބަސް ބުނެ ރޮއްވަމުތަ )

ޅާ ކަންކަށީ ޖަހާލަމުތަ ( ތަޅާ ކަންކަށީ ޖަހާލަމު )

ރާވަރުނޭ ބައްދަމުތަ ( ރާވަރުނޭ ބައްދަމުތަ )

މާނަ: ރައިވަރުން ބަނދެލަމުހޭ! އަހަރެން ހުރިހާ ބަހެއް ބުނަންހޭ! އަތާ ދެފަޔާ ބަނދެލަންހޭ! އާޑަބަސް(މަލާމާތުގެ ބަސް) ބުނެ ރޮއްވަން ހެއްޔެވެ؟ ތަޅާ ކަންކަށީގައި ޖަހަން ހެއްޔެވެ؟ ބުނެރައިވަރުން ބައްދަންހެއްޔެވެެ؟

ރައިވަރު: 59

ބަލަކަލޯ މީގޮނާ ( ބަލަކަލޯ މީގޮނާ )
މަލަހަނުދެނިގަ އަހަންނާ ( އަހަންނާ ހަމަލަ ނުދެނިގަ )

ތަލަމަތީ އޮތްމުލީގާ ( ތަލަމަތީ އޮތްމުލީގާ )

ގަލަކުންނަމޭ ފައިގަހާ ( ގަލަކުން ފައިގަހާނަމޭ )

ފަލަމުސަޅު ހަށިގަނޑެއް ކަމަކު ( ފަލަމުސަޅު ހަށިގަނޑެއް ކަމަކު )

ވަލަކުފިލާ އޮތްކަމަކު ( ވަލަކުފިލާ އޮތްކަމަކު )

މާނަ: އޭ! ކަލޯ! މީގޮނާއެވެ. އަހަންނާ ހަމަލާ ނުދޭށެވެ! (ކަލެއަކީ) މަސްޖަހާ ފަލަވެފާ ވާ ބޮޑު ހަށިގަނޑެއް ކަމަކު، ވަލެއްގައި ފިލާ އޮތްނަމަވެސް، ތަލަމަތީގައިވާ މުލީގައި ގަލަކުން ޖަހައިފާނަމެވެ.

ރައިވަރު: 60

ހުކުމެވެރި ގޮމެފުޅާ ( ހުކުމެވެރި ގޮމެފުޅާ )
ކުކުންވަސް މުޅިގައިންދޭ ( މުޅިގައިން ކުކުންވަސްދޭ )

ކުކުޅު ބިހަކުން ލިއެއްކޭ ( ކުކުޅު ބިހަކުން ކޭއެއްލި )

ނުކުރަމެ ހިއެއްނެގޭނޭ ( ހިއެއް ނުކުރަމެ ނެގޭނޭ )

ރުކު ފިކޮށް އަޅުބުނަމެމާމަ ( މާފިކުރުކޮއް މައަޅުބުނަމެ )

ޑުކުޅަޔަސް ކައްކާމަ ( ކައްކާ މަޑުކުޅަޔަސް )

މާނަ: މުޅިހަށިކޮޅުން ކުކުންވަސްދުވާ އަމުރުވެރި ގޮމަފުޅާއެވެ. އަޅުގަނޑު ވަރަށް ބޮޑަށް ފިކުރުކުރުމަށްފަހު ދަންނަވަމެވެ. އަޅުގަނޑު(ކިތަންމެ ވަރަކަށް) ކައްކާ މަޑުކުރިއަސް ކުކުޅު ބިހަކުން ކޭއްޔެއް(ފަށެއް) ނެގޭނޭ ކަމަކަށް ހީއެއްނުކުރަމެވެ.

ރައިވަރު: 61

ގަރުބާގެ ވިލެއްގާ ( ގަރުބާގެ ވިލެއްގާ )
ވަރުބަލިވެއޮވެ ފަތަފަތާ ( ފަތަފަތާ ވަރުބަލިވެއޮވެ )

ދަރުމަވެރި ރަނަޔަށް މިހާ ( މިހާ ދަރުމަވެރި ރަނަޔަށް )

މަރުމައެދި މިނަޖަށް ގޮވާ ( މަ މަރު މިނަޖަށް އެދި ގޮވާ )

ފަރުވެގެންވާ މަނިކުނޭވެ ( ފަރުވެގެންވާ މަނިކުނޭވެ )

އަރުވެސް ވާނުދިނޭވާ ( ނޭވާ އަރުވާވެސް ނުދި )

މާނަ: ގަރުބާގެ (ވޭނުގެ) ވިލެއްގައި އޮވެ ފަތަފަތާ ވަރުބަލިވެއްޖެއެވެ. މަރުން ސަލާމަތް ކޮށްދިނުމަށްއެދި ތިޔަ ދަރުމަވެރި ރަނާ އަށް ގޮވަމެވެ. އޭ ފަރުވާތެރިންނޭވެ! އޭނާ އަޅުގަނޑު ސަލާމަތްކޮށެއް ނުދިނެވެ.

ރައިވަރު: 62

ތަރިފަދަވި މުޝްތަރީ ( މުޝްތަރީ ތަރިފަދަވި )
ޅަރިވެތި ބުލްބުލް ޖަރީ ( ޅަރިވެތި ޖަރީ ބުލްބުލް )

ވަރިބޭނުމިއްޔާ ބަހީ ( ވަރިބޭނުމިއްޔާ ބަހީ )

ފަރިތަގޮތަކަށް ރުންހަވީ ( ފަރިތަގޮތަކަށް ހަވީރުން )

ހަރިވާދަގިނަ ސަފުން ނުކޮށް ( ހަރިވާދަގިނަ ސަފުން ނުކޮށް )

އަރިއަހުމީހު ގިނަނުކޮށް ( އަރިއަހުމީހު ގިނަނުކޮށް )

މާނަ: މުޝްތަރީފަދަ، ޅަ، ރިވެތި، ޖަރީ، ބުލްބުލްއެވެ. ވަރިވާން ބޭނުމިއްޔާ، ދެކޮޅަށް ޒުވާބުނުކޮށް، ހަވީރެއްގައި ފަރިތަގޮތަކަށް އަންނާށެވެ.

ރައިވަރު: 63

ހެންއައިބު ނެތިވެފާ ( ހެންއައިބު ނެތިވެފާ )
ދެންނެވީމޯ ލަދުކަނޑާ ( ލަދުކަނޑާ ދެންނެވީމޯ )

ކެއްކެވިތަނުން މުސައްމާ ( ކެއްކެވިތަނުން މުސައްމާ )

ޅެއްއެތިކޮދެއްވަނިނަގާ ( އެތިކޮޅެއް ނަގާ ދެއްވަނި )

ފެންނަފަށުގާމަޑުވެގެންމަ ( ފެންނަފަށުގާ މަ މަޑުވެގެން )

ދެންހުއްޓާ އެދިގެންމަ ( ދެން އެދިގެން މަހުއްޓާ )

މާނަ: އެއްވެސް އައިބެއްނެތި ލަދުކަނޑާފައި ދެންނެވީމެވެ. ތިޔަކެއްކެވި މުސައްމާއިން އެތިކޮޅެއް ނަންގަވާފައި އަޅުގަނޑަށް ދެއްވާށެވެ. ފެންނަފަށުގައި އެދިގެން އެބަހުރީމެވެ.

ރައިވަރު: 64

ކިޔާނަމެ ގިބުމަނާ ( ކިޔާނަމެ މަނާގިބު )
ޒިޔާރަތްތަކު އިތުރުހާ ( އިތުރުހާ ޒިޔާރަތްތަކު )

ތިޔާކޮޅު ދަށުރީމަސާ ( ތިޔާކޮޅު ދަށުރީމަސާ )

ތިޔާގިވެ އުޅެވުނިއްޔާ ( ތިޔާގިވެ އުޅެވުނިއްޔާ )

ޒިޔާރަތު އަލިރަސްގެފާނު ( އަލިރަސްގެފާނު ޒިޔާރަތު )

ތިޔާ ކިރާން ބީފާނު ( ތިޔާ ކިރާން ބީފާނު )

މާނަ: ތިޔަގޭތެރޭގައި މަށަށް އަބަދަށް ދިރިއުޅެވެއްޖެއްޔާ، އިތުރުކަން (މާތްކަން) ބޮޑު ވެގެންވާ ހުރިހާ ޒިޔާރަތްތަކެއްގައި މަނާގިބު ކިޔާނަމެވެ. އަދި އަލިރަސްގެފާނު ޒިޔާރަތުގައި ބީފާނު ކިރާނަމެވެ.

ރައިވަރު: 65

މަޑުގިނީ އުނދުނުގާ ( މަޑުގިނީ އުނދުނުގާ )
ކަނޑުމަސް ކެކޭލަށްމިސާ ( ކަނޑުމަސް ކެކޭ މިސާލަށް )

ގަނޑުއަޅުމަ އެދިދިޔައިއްޔާ ( އަޅުގަނޑު އެދި ދިޔައިއްޔާމަ )

ވަޑުވާނަމުތަ އުރައްލާ ( އުރައްލާ ވަޑުވާނަމުތަ )

ބަނޑު ހައިކަމުން ފިލާދެންމަ ( މަ ބަނޑު ހައިކަމުން ފިލާދެން )

ތަނޑުހިކި މޯޅިވާދެންމަ ( ތަނޑުހިކި މޯޅިވާދެންމަ )

މާނަ: އަޅުގަނޑުދިޔައީމާ މަޑުހޫނުގައި ކަނޑުމަސް ކެކޭ މިސާލަށް އަޅުގަނޑުގެ ބަނޑުހައިކަން ފިލާންދެން އުރަ ލައްވާ (އުރުވަޑުވައި) ފާނަމުތޯއެވެ؟

ރައިވަރު: 66

ކަރާމަލުވަސްދުވާ ( ކަރާމަލުވަސްދުވާ )
ބަރާބަރު ތަލިރަންކޮޅާ ( ބަރާބަރު ތަލިރަންކޮޅާ )

ފަރާތުންގެން އިރުއަރާ ( އިރުއަރާ ފަރާތުން ގެން )

އަރާ އޮންނަމެ ދާނުގާ ( ދާނުގާ އަރާ އޮންނަމެ )

މަރާއެކު ނަންވާތި ކުންނު ( މަރާއެކު ނަންވާތި ކުންނު )

ހަރާމެ ދާތި ހިތަކުންނު ( ހިތަކުން ހަރާމެ ނުދާތި )

މާނަ: މަރާއެކު ނޫނީ ތިޔަނަން ފިލައިގެން ނުދާނެއެވެ. ކަރާމަލުގެވަސް ދުވާ ތިޔަ ރަންކޮޅު މަތިން ހަނދާން ކުރަން، އިރު އަރަންދެން އެނދުގައި އޮންނަމެވެ.

ރައިވަރު: 67

ރީޝަފުގެ ހިތްވަރުން (ޝަރީފުގެ ހިތްވަރުން)
މީހުނާ ގުޅިގެން ސަފުން (ސަފުން މީހުނާ ގުޅިގެން)

ހީއެތެރިކަން އަލުން (އަލުން އެހީތެރިކަނ ލިބި)

ދީހޯއަކުން ވަޑާމުން (ވަޑާމުން އެކެއް ހޯދީ)

ޅިމުހެޔޮ ފާގިހާ ކިއުން އެ (އިންތިހާ ތައުލީމު އެނގިފަ)

ވީޓީސީގެ ހީއިންއެ (ވީޓީސީގެ އެހީއިން)

ޖުމްލަމާނަ: ޝަރީފުގެ ހިތްވަރުން މީހުންނާ ގުޅިގެން ވީޓީސީގެ އެހީތެރިކަން ހޯދައި މަތީތަޢުލީމު އުނގެނިގެން ވަޑާމުން އެއްވަނަ ހޯދިއެވެ.

ރައިވަރު: 68

މަން ފަށާ ގަތަވަޑާ (ވަޑާމަށް ފަށާގަތު)
ރަށްތެހިންނާ އެކުގާ (ރަށްޓެހިންނާ އެކުގައި)

ތަންލިބު ނުގިނަ ފައިސާ (ލިބުނު ގިނަ ފައިސާތަށް)

ކަންތަކަށް ހޭދަކޮށްފާ (ކަނތަށްތަކަށް ހޭދަކޮށްފައި)

ޗަށްތެދުވެ މައްދެފާމާތި (ތިމާ ދެފައި މަށްޗައް ތެދުވެ)

ޔަންކުރިނާ ވިސްނާތި (ތިމާ ކުރިޔަށް ވިސްނާ)

ޖުމްލަމާނަ: ދެން ރައްޓެހިންނާ އެކު ވަޑާންކުރަން ފަށައިގަތެވެ. ލިބުނު ގިނަ ފައިސާ އެކިކަންތަކަށް ހޭދަކޮށްގެން ކުރިޔަށް ވިސްނައިގެން އަމިއްލަ ފައިމަށްޗަށް ތެދުވޭތޯ ބެލިއެވެ.

ރައިވަރު: 69

އެއްވަނަ އިގާ ގުނެވި (ބުނެވި އެއްވަނަ އިނގާ)
އެންމެނާއެކު ލުން ތެރިއެވެ (އެންމެންނާއެކު ލުންތެރިވެ)

އެއްބައިވެ ފެނިފައި ދެނިވި (ފެނިދެނިވެ އެއްބައިވެފާ)

އެއްދަރަޖައޭ ރިވެތިމަވި (އެއް ދަރަޖަ މަތިވެރި ވިޔޭ)

އެއްނަތީޖާ ލިބުނު ފަހުން (އެއް ނަތީޖާ ފަހުން ލިބުނެ)

އެއް އަހަރާއި ދޮޅު މަހުން (އެއް އަހަރާއި ދޮޅުމަހުން)

ޖުމްލަމާނަ: އެންްމެނާ އެކުގައި އެއްބައިވެގެން މަސައްކަތް އުނގެނިގެން އެއް އަހަރާއި ދޮޅުމަހުން ނަތީޖާގައި އެއް ވަނަ ހޯދިއެވެ.

ރައިވަރު: 70

ރާއިޝުކުރު ތައުރީފުތައް (ޝުކުރާއި ތައުރީފުތައް)
ލާނގެ ކައުއިތުރު ޙަޟްރަތައް (ކަލާނގެ އިތުރު ޙަޟްރަތައް)

ދާއަކޮއް ގިނައިން އެތަށް (އަދާކޮށް ގިނައިން އެތަށް) ވާހަކަ ރިވެތި ކޮޅެއްމެތިއަ (ރިވެތި ވާހަކަ ކޮޅެއް ކިއަމެ)

ޅާމިސްކީނު ނިކަމެތި އަ (ނިކަމެތި މިސްކީނު އަޅާ)

ޖުމްލަ މާނަ: މާތްކަލާނގެ ޙަޟްރަތަށް ގިނަގުނަ ހަމްދު ޘަނާތަކާއި ޝުކުރާއި ތައުރީފުތައް ފަށްފަށުން އަދާކޮށް، ނިކަމެތި މިސްކީނު އަޅާ ރިވެތި ވާހަކަ ކޮޅެއް ކިޔަމެވެ.

ރައިވަރު: 71

ޢާދުކޮށް ގޮވަމެ އަދު (ދުޢާކޮށް އަދު ގޮވަމެ)
ޔާއިލާހީ ޔާއަހަދު (ޔާއިލާހީ ޔާއަހަދު)

ގާޝުކުރުކޮށް ތާއަބަދު (ޝުކުރުކޮށް ތާއަބަދުގާ)

ލާރަސޫޔަށަ މުހައްމަދު (ރަސޫލާ ޔަށަ މުހައްމަދު)

ރާދަރަޖައެދި އިތުރުވުން އަ (ދަރަޖަ އަރާއިތުރުވުން އެދި)

ދާޞަލަވާތް ލެއްވުންއަ (ޞަލަވާތް ލެއްވުން އަދާ)

ޖުމްލަމާނަ: ތާއަބަދުގައި ޝުކުރުކޮށް، މުހައްމަދު ރަސޫލާގެ ދަރަޖަ މަތިވެރި ކުރެއްވުން އެދި ޞަލަވާތްލެއްވުން އަދައިގެން ދުޢާކޮށް “ޔާއިލާހީ ޔާއަހަދު” އޭ ގޮވަމެވެ.

ރައިވަރު: 72

މީގެ ފަހުގައި އިގޭ (މީގެފަހިގައި އިގޭ)
ދީލަތި މަހެޔޮ ދަރިފުޅޭ (ހެޔޮ ދީލަތި މަ ދަރިފުޅޭ)

އީމިހެޔޮ ހަތެކޭނަސޭ (ހެޔޮނަސޭހަތެކޭ މިއީ)

ނީމިކިޔަ ޅެމުގައިތެރޭ (ޅެމުގެތެރޭ މިކިޔަނީ)

ރީތިކޮށް ފަނިވިސް ނަމާގެ (ރީތިކޮށް ވިސްނަމާގެ)

ހީއެވެ ބުލޫކުރަމާގަ (ގަބޫލުކުރަމާ ހީއެވެ)

ޖުމްލަމާނަ: ހެޔޮދީލަތި، މަގޭ އަންހެން ދަރިފުޅާއެވެ. މިއީ ހެޔޮ ނަސޭހަތެކެވެ. ޅެމުގެ ތެރޭގައި މިކިޔަނީ، މާރީތިކޮށް ވިސްނައިގެން އެހީތެރި ކަމާއެކު ގަބޫލުކުރުމަށެވެ.

ރައިވަރު: 73

ހޭމަދަރި އިރުއަރާ (މަދަރި ހޭއަރާއިރު)
ނޭކަމަށް ބޭނުންކުރާ (ކަމަށް ބޭނުން ކުރާނޭ)

ސޭޙަތްނަތެރި ތައްފަރާ (ނަސޭޙަތްތެރި ފަރާތަށް)

މޭމަކިޔަވަރު ކުޅެއްރާ (ރައިވަރު ކޮޅެއް މަކިޔަމޭ)

ރޭތެތުހީވާހިޔާލުންއެ (އެތެރޭހީވާ ހިޔާލުން)

ދޭނޭ ބާވަ އުފަލުން އެ (އުފަލުން އެދޭނެބާވައެ)

ޖުމްލަމާނަ: މަގޭ ދަރިފުޅު (ބޮޑުވެގޮތް އެނގި) ހޭއަރާއިރު ބޭނުން ކުރާނޭ ކަމަށް ނަސޭހަތްތެރި ފަރާތަށް ރައިވަރު ކޮޅެއް ކިޔައިދެމެވެ. މަގޭ އެތެރޭހިތުގައި ޚިޔާލުން އެ (ރައިވަރު ކޮޅު ރައްދުކޮށް) ދޭނެބާވައެވެ.

ރައިވަރު: 74

ނުވާއަދިކުށަކުގެ ތެރޭ (އަދި ނުވާ ކުށަކު ތެރޭ)
ހުވާދޮގު ހެކިކަށެއްދޭ (ދޮގު ހުވާ ހެކި ދޭކަށެއް)

ދުވާމިއަ ހެޔޮނުވާނޭ (މިއަދުވާ ހެޔޮނުވާނޭ)

ދުގާ ހިމަ ނެތަ ނުގާލަތްޕު (ލަފެއް ވެސް ނެތް ތަނެއްގައި)

ޅުގާ ކަލާގެގުދުރަތްޕު (ކަލާގެ ގުދުރަތްޕުޅުގާ)

ޖުމްލަމާނަ: ފަރުވާވެ އަހާށެވެ. އަދި ކުށަކުތެރޭގައި ނުވާހިނދު، ލަފެއްވެސްނެތް ތަނެއްގައި ކަލާނގެ ގުދުރަތް ފުޅުގައިވާ މިއަދު، ހުވާކޮށް ދޮގުހެކިދޭކަށެއް ހެޔޮނުވާނެއެވެ.

ރައިވަރު: 75

ފިރިހެނުން މިދުނިޔޭގައި (މިދުނިޔޭ ފިރިހެނުން)
ވައްތަރެއް އޮތްބުނަންހޭ (ބުނަންހޭ އޮތް ވައްތަރެއް)

ދަންޏާއި މަގަކުންއިނގޭ (މަގަކުން ދަންޏާ އިގޭ)

މުންޑު ފަތިކޮށްލާނޭ (މުންޑު ފަތިކޮށްލާނޭ)

ގަށްފުރަހަ އިތިއަޅައިމުންދޭ (ފުރަގަހަށް އިތިއަޅަމުންދޭ)

ވައްތަރުދާ ބަލަމުންދޭ (ބަލަމުންދާ ވައްތަރުދޭ)

ޖުމްލަމާނާ: އިގޭ! މިދުނިޔޭގައި އުޅޭ ފިރިހެނުންގެ ވައްތަރެއް ބުނަން ހެއްޔެވެ. މަގަކުން ދަންޏާ މުންޑުގެ ފަތިގަނޑު ކަތިކޮށްލާ ފުރަގަހަށް އިތިކޮށް ފަރިބަލަމުންދެއެވެ.

ރައިވަރު: 76

އަޑު ލަމުން ގެން ފުރާ (ފުރާއި ގެން އަޑު ލަމުން)
ގަނޑުނަގާ ދެކުނބަށް ރިޔާ (ދެ ކުނބަށް ރިޔާ ގަނޑު ނަގާ)

ބަނޑު ފިލާ ރާޅާ ތަޅާ (ބަނޑު ފިލާ ރާޅާ ތަޅާ)

ލަޑުއިވޭ މައި އަކަށް ދާ (މައިލަ ކަށް ދާ އަޑު އިވޭ)

މަޑު ވައިގަވެސް ހެލޭހެންނު (ގަހެއް ނުހެލޭ މަޑު ވައިގަ)

ކަނޑުގަދަ ސާފު ދުވަހެއް (ކަނޑުގަދަ ނުސާފު ދުވަހެއް)

ޖުމްލަ މާނަ: ފުރައިގެން އަޑުލަމުން ދެކުނބަށް ރިޔާނަގައި ބަނޑުފިލާ ރާޅާތަޅައި ދާއަޑު މޭލަކަށް އިވެއެވެ. އެއީ ގަހެއްވެސް ހެލިނުލާ މަޑުވައިގައި ކަނޑުގަދަ (ޖައްވު) ނުސާފު ދުވަހެކެވެ.

ރައިވަރު: 77

ބޯނި ހެލި ހޮޑު ލަމުން (ބޯނި ހެލި ހޮޑު ލަމުން)
ކޯޅި ދެ ކުދިން ގޭ ދަށުން (ދެ ކުދިން ގޭދަށުން ކޯޅި)

އޯގާ ޝަރީފު ގެ ފުށުން (ޝަރީފުގެ އޯގާ ފުށުން (ފަރާތުން))

ލޯބި ދިން ގިނަ ޚިދުމަތުން (ދިން ގިނަ ލޯބި ޚިދުމަތުން)

ދޯނީގާ ގަދައި ޖެހުމާއި (ދޯނި ގަދައި ގާ ޖެހުމާއި)

ރޯލު ކުރާށަ ފެށުމާއި (ރޯލު ކުރާށަ ފެށުމާއި)

ޖުމްލަ މާނަ: ދޯނި ގަދައިގައި ޖެހި ރޯލުކުރާން ފެށުމުން ގޭދޮށުން ކޯޅުނު ދެކުދިން ބޯ ނުނަގާ ހޮޑުލަމުން ދިޔައެވެ. އެއާއެކު ޝަރީފުގެ އޯގާވެރި ޚިދުމަތާއި ލޯބި ލިބެމުން ދިޔައެވެ.

ރައިވަރު: 78

ދާވި ފަދަ ރަނުގެ އަލި (ރަނުގެ ވިދާ އަލި ފަދަ)
މާ އަސް އެދުނެ ވެގެން ބަލި (އަސްމާ ބަލިވެގެން އެދުނެ)

ފާ ނުލެފި ރުހުމުގާ ތަލި (ރުހުމުގާ ތަލި ނުލެފިފާ)

ދާށަ އަވަހަށް ގެއަށް ހަލި (ހަލި އަވަހަށް ގެއަށް ދާށަ)

ވާތީވެ ތަދު ހިތާ މެއަށް (ހިތާ މެއަށް ތަދުވާތީ)

އާދެވު މާއި ކާރިއަށް (ކާރިއަށް އާދެވުމާއި)

ޖުމްލަ މާނަ: ހޮޑުލަމުން ގޮސް އަނގައިގެ ރަހަ ނުބައިވެ ހިތާއި މެއަށް ތަދުވާތީ ރަށާއި ކައިރި ވުމުން ރަނުގެ ކުލަހެން ވިދާ އަސްމާ އަވަހަށް ގެއަށް ދާން އެދުނެވެ.

ރައިވަރު: 79

ރުން ކަށަވަ ހެޔޮ ހިތުން (ކަށަވަރުން ހެޔޮ ހިތުން)
މުން އުފެދު ރަޙްމަތް އަލުން (އަލުން ރަޙްމަތް އުފެދުމުން)

ލުން އުފުގެ ޔަށް އަންހެނުން (އަންހެނުން ގެޔަށް އުފުލުން)

ބުން އަޖާ އުޅު ނޭ އަޚުން (އަޚުން އަޖާބުން އުޅުނޭ)

ވުން ކާރި ވައްވެ ބަންޑުން އަ (އަވަށް ބަންޑުން ވުން ކައިރިވެ)

ތުން ތުން ތިން މަކޭ ޑުން އަ (ތުން ތުން މަތިން ކޭ (ކިޔާ) އަޑުން)

ޖުމްލަ މާނަ: ހިތުގާ ރަޙުމް އުފެދި އަންހެން ކުދިން ގެޔަށް އުފުލާ މަންޒަރު ފެނުމުން އަޚުން އެކަމާ އަޖާބުވެގެން ދެއްކި ވާހަކައިގެ އަޑުން އަވަށް ބަންޑުން ވާވަރު ވިއެވެ.

ރައިވަރު: 80

ސޫރަފެނި ރީތި ނަލަ (ރީތިނަލަ ސޫރަ ފެނި)
މޫނު ޖަންބެއް ދޮންކަހަލަ (މޫނު ދޮން ޖަނބެއްކަހަލަ)

ނޫރު އަސްމާ ނިތުގެ ކުލަ (އަސްމާ ނިތުގެ ނޫރުކުލަ)

ފޫއެދި ށަރީފު މުން ބަލަ (ޝަރީފު ބަލަމުން އެދިފޫ)

ދޫއެދި ފެނަށް އުޅޭ ގޮތައް (ފެނަށް ދޫ އެދި އުޅޭގޮތަށް)

ރޫހުއެދި ރޭހާ ގޮތަށް (ރޫހުދިރޭހާގޮތަށް)

ޖުމަލަމާނަ: ދޮންޖަންބެއް ކަހަލަ އަސްމާގެ ސޫރަ ފެނިފައި އަސްމާގެ ނިތުގެ ނޫރުގެ ކުލަ ޝަރީފު ބަލަމުން، ފެންބުއިމަށް ދޫއެދޭ ފަދައިން އޭނާގެ ހިތުގެ އެދުން ފާޅުކުރިއެވެ.

ރައިވަރު: 81

އަސްމާގެ ހަނދާނުން (އަސްމާގެ ހަނދާނުން)
ރަސްކަން ޝަރީފްގެ ހިތުން (ރަސްކަން ޝަރީފުގެ ހިތުން)

ގަސްތުގައި ކުރި ހިނދުކޮޅުން (ގަސްދުގައިކުރި ހިނދުކޮޅުން)

ފަސްވެ ނުދެޔޭ ކަށަވަރުން (ކަށަވަރުން ފަސްވެ ނުދެޔޭ)

ލަސްވެ ނުފެ ހިނދުކޮޅެއްވާނީ (ނުފެނި ލަސްވެ ހިނދުކޮޅެއްވާނީ)

މަސްދުވަހޭ ހީވާނީ (ހީވާނީ މަސްދުވަހޭ)

ޖުމްލަމާނަ: އަސްމާގެ ހަނދާންތައް، ޝަރީފުގެ ހިތުގައި ރަސްކަންކުރަން ފެށުމުން ނުފެނި ހިނފުކޮޅެއް ލަސްވިޔަސް މަސްދުވަހު ހެން ހީވާންފެށިއެވެ.

ރައިވަރު: 82

ދަސްކު ރައްވަ ވާށޭ (ދަސްކުރައްވަ ވާށޭ)
ލަސްނުވެ ޝަރީފުތެދެކޭ (ތެދެކޭ ޝަރީފު ލަސްނުވެ)

ރަސްކަން ކަލާހިތުތެރޭ (ކަލާ ހިތިތެރޭ ރަސްކަން)

ކަށް އަހަންނަކަށް ވުންނެތޭ (އަހަންނަކަށް ވުންނެތޭ)

ފަސްނުޖެހިފާ ނިންމަނީއެ (ފަސްނުޖެހިފާ އެ ނިންމަނީ)

އަސްމާތާ ބުނަނީއެ (އަސްމާ އެތާ ބުނަނީ)

ޖުމްލަމާނަ: އެވަގުތު އަސްމާ އެތަނުގާ ހުރެ ޝަރީފުގެ ހިތުތެރޭގައި ރަސްކަން ކުރާނެ ފުރުސަތެއް އޭނާޔަށް ނެތްކަން ފަސްނުޖެހި ކިޔައިދިނެވެ.

ރައިވަރު: 83

ށެއްކު ނެތެ މީ ތެދަށް (ކުށެއްނެއް މިއީ ތެދެއް)
ދެއްކި ގޮތުގާ ޓެސްޓުތައް (ޓެސްޓުތައް ދެއްކިގޮތުގާ)

ނެތް އަންބަކަށް ވެވޭ ކަށް (އަންބަކަށް ވެވޭކަށް ނެއް)

ބެންނެތެ މި ތިޔަ އުފާތައް (ތިޔަ އުފާތައް ލިބެން ނެތެ)

ރެއްނެތި ފެނޭ ބި މި މުގާކަ (މި ކަމުގާ ފެނޭ ބިރެއް ނެތި)

ހެއްދެވި ލާނގެ ގަން ދީކަ (ހެއްދެވި ކަލާނގެ ގަނދީ)

ޖުމްލަމާނަ: މިއީކުށެއް ނެތް ތެދެކެވެ. އަހަރެންގެ ޓެސްތުތަކުން ދައްކަނީ އަނތްބަކަށް ވެވެން ނެތްކަމަށެވެ. އަހަރެން ހެއްދެވުމުގައި އެއުފަލުން ވަނީ މަޙްރޫމް ވެފައެވެ. މިއީ ގަންދީބުނާ ތެދެކެވެ.

ރައިވަރު: 84

ކޭވެ ތެދެ މީ ބުނާ (ތެދެ ކޭވެ މީ ބުނާ)
އޭ މަގޭ ލޯބި މަންމާ (މަގޭ ލޯބި މަންމާ އޭ)

ދޭކަށެއް އަނިޔާ މި ތާ (މިތާ އަނިޔާ ދޭކަށެއް)

ގޭ ޝަރީފަށް މަ އޮޅުވާ (މަގޭ ޝަރީފަށް އޮޅުވާ)

ބޭޒާރު ދުނިޔެއިން ވެގެން (ދުނިޔެއިން ބޭޒާރު ވެގެން)

ހޭމަދު މީހަކަށް ވެގެން (ހޭމަދު މީހަކަށް ވެގެން)

ޖުމްލަ މާނަ: އޭ މަގޭ ލޯބިވާ މަންމާ އެވެ! ޝަރީފަށް އޮޅުވާލައިގެން އޭނާއަށް އަނިޔާ ދީފައި ފަހުން ބޭޒާރުވެ ސިކުނޑި ހަމަނުޖެހޭ މީހަކަށް ވާކަށް މަ ބޭނުމެއް ނޫނެވެ.

ރައިވަރު: 85

ނެތް ހަކަތަ ހަށީ ގާ (ހަށީގާ ހަކަތަ ނެތް)
ދެއްކުމުން ވަރު ދޮގު ހަދާ (ދޮގު ހަދާ ވަރު ދެއްކުމުން)

ރެއް ވެއްޖެ ނަމަ ބޭމަޒާ (މަ ބޭޒާރެއް ވެއްޖެ ނަމަ)

ތެއް މުޞީބޭނެ ލިބިދާ (މުޞީބާ ތެއް ލިބިދާ ނެ)

މެއްބަދު ފެނާނު އިރުތޭވެ (ބަދުނާމެއް ނުވެ ފެތޭ އިރު)

އެންމެ މޮޅީ މި ގޮތޭވެ (އެންމެ މޮޅީ މި ގޮތޭވެ)

ޖުމްލަ މާނަ: އަމިއްލަ ގައިގައި ނެތް ވަރު ދައްކައިގެން އުޅެނިކޮށް ބޭޒާރު ވެއްޖެނަމަ މުޞީބާތާއި ކުރިމަތިލާން ޖެހިދާނެއެވެ. އެ ދޮގު ހެދުމަށްވުރެ މޮޅީ މިގޮތެވެ.

ރައިވަރު: 86

ތެތްނުލިބި މުސީބާ (މުސީބާތެއްނުލިބި)
ނެއްރަ ފަދަ އަލިވި ގޯލާ (ގޯލާ ރަށެއް ފަދަ އަލިވި)

ކެތްތެރި މަގޭ އެޝައްފާ (މަގޭ ކެތްތެރި އެޝައްފާ)

ލެއްއުޅޭ ދުށުމަށް އަދާ (އެޅޭލެއް ދުށުމަށް އަދާ)

ގެން ލިބިއެފާ އަރާމާއި (އަރާމާއުފާ ލިބިގެން)

އެންމެން ލޯބި ހިރިމާއި (އެންމެން ލޯބިރުހުމާއި)

ޖުމްލަމާނަ: ގޯލާ ރަނުގެ ކުލަ ހަށީގައި ހުރިމަގޭ ޝައަފާ އަށް މުޞީބާތެއް ނުލިބި އެންމެންގެ ރުހުމާއި ލޯބިލިބިގެން އުޅޭތަން ފެނުމަކީ އަހަރެން އުންމީދުކުރާ ގޮތެވެ.

ރައިވަރު: 87

ހާދަހާ ލޯބިވާ ( ހާދަހާ ލޯބިވާ )
އާދަމުގެ ދަރިޔެކެ ތިޔާ ( ތިޔައީ އާދަމުގެ ދަރިޔެކެ )

ސާދަ ފަނަރާ ތެރޭގާ ( ސާދަ ފަނަރާ ތެރޭގައި )

ތާއިނީ މެދު އަވަށުގާ ( އިނީ މެދުއަވަށުގައިތާ )

ރާ އަލިހަނދެއް ބީދަފަދައަ ( އަރާ އަލި ހަނދެއްފަދަ )

ނާ ވިޔެ ލޯބި މަރުފަދައަ ( އަނާ މަރުފަދަ ލޯބިވިއެވެ )

މާނަ: ތިޔައީ ހަދަހާ ލޯބިވާ އާދަމުގެ ދަރިއެކެވެ. އަރާއަލި ހަނދެއްފަދައިން އުމުރުން ސާދަފަނަރަ އަހަރުތެރޭގައި އިނީ މެދު އަވަށުގައިތާއެވެ. އޭރުއްސުރެ އަހަރެން މަރުފަދަ ލޯބިވަމެވެ.

ރައިވަރު: 88

ގާތުގައި ތިބި ކަތުން ( ގާތުގައި ތިބި ކަތުން )
ރާނަފު މަގޭ ދާހިނދުން ( މަގޭ ފުރާނަ ދަހިނދު )

ލާދީ ޝަހާދަތް ދުލުން ( ދުލުން ޝަހާދަތް ލައިދީ )

މާދަކަންނެޔޮ ބޯދަށުން ( ބޯދަށުން ކަންނެޔޮ ދަމާ )

ލާފައި އޮތަސް ކަފުނަކަށްނު ( ކަފުނަކަށް ލާފައި އޮތަސް )

ދާނޭ ލޯބި ކަތަކަށްނު ( ކަތަކަށް ލޯބި ނުދާނޭ )

މާނަ: މަގޭފުރާނަ ދާހިނދު ގާތުގައި ތިބޭބައަކު ދުލުން ޝަހާދަތްލައިދީ، އަހަރެންގެ ބޯދޮށުގައި އޮންނަ ކަންނެޔޮ ދަމައިގެންފައި، ކަފުނަކަށްނުލާ ބާއްވާފައި އޮތަސް އަހަރެންގެ ލޯބި އެހެން ފަރާތަކަށް ނުދާނެއެވެ.

ރައިވަރު: 89

ހައްސަބެޔަކަސް ގޮދާ ( ހައްސަ ގޮދާ ބެޔަކަސް )
ގަސްކަރަ އޮބާބުން ހިސާ ( ގަސްކަރަ އޮބާ ހިސާބުން )

މަސްހުއްޓެ ކަންނެލި ގޮދާ (މަހާ ކަންނެލި ގޮދާ ހުއްޓެ )

ޔަސްވިކުރުއޮނު ނުމެ ހިފާ ( ކުރު ަޮނުވިޔަސް ނުހިފާ )

ރަސްއައިނެކޭ ބުނާހައެއް (ރަސްއައިނެކޭ ބުނާހައި )

ދައްސެއް ނޫނެ ތިޔަހައެއް ( ތިޔަހައި ދައްސެއްނޫނެ )

މާނަ: ކުރުއޮނު ބުރީގައި ހިފާހައި ނުވިއަސް އައިނުގައި މަހާއި ކަންނެއްޔާއި ގޮދަޔާ ހުއްޓެވެ. ގަސްކަރަ އޮބާ ހިސާބުން ހައްސަ ގޮދާ ބޭނިއަކަސް، އެއީ ރަސްއައިނެކޭ ބުނާވަރަކަށް ތިޔަބުނާހައި ދައްސެއްނޫނެވެ.

ރައިވަރު: 90

އޭބަލަގަ ގުނބޯލާ ( އޭބަލަ ބުނބޯލާ )
ށޭ ނަށާ ނެންޏާ ނަށާ ( ނަށަންޏާ ނަށާށޭ )

އޭނައެބުނާ ހަކުރަކާ ( އޭނާ އެބުނާ ހަކުރާ )

ދޭނޭނުއާ ހެއް ލިބާ ( އާ ލިބާހެއް ނުދޭނޭ )

ގޭނި މޮއްތައް ފާރުވިޔަސް ( މޮއްތައް ގޭނި ފާރުވިޔަސް )

ހޭ ދުނިޔޭގެ ބަލިވިޔަސް ( ދުނިޔޭގެ ހޭ ބަލިވިޔަސް )

މާނަ: އޭ ބަލަގަ ގުނބޮލާއެވެ! ކަލޭ ނަށަންޏާ ނަށާށެވެ. ނަށަމުން ނަށަމުން ގޮސް މޮއްތައްގޭނި ފާރުވިއަސް ދުނިޔޭގެ ހެއި ބަލިވެދިޔަސް އޭނާ އެބުނާ ހަކުރަކާއި އައު ލިބާހެއް ނުދޭނެއެވެ.

ރައިވަރު: 91

މާދަމާ އަލިއްޔާ ( މާދަމާ އަލިއްޔާ )
ފާނަމޭ މިރަށުން ފުރާ ( މިރަށުން ފުރާ ފާނަމޭ )

ގާތުމަގަކުން އެއްކިބާ ( ގާތުމަގަކުން އެއްކިބާ )

ވާށެ ބައްދަލު އަޅުގަނޑާ ( އަޅުގަނޑާ ބައްދަލުވާށެ )

ޝާ ނަމާދަށް ގޮވާ އިރުއި ( އިޝާ ނަމާދަށް ގޮވާއިރު )

ރާކޮޅު މީހު މަދުއިރުއި ( އިރާކޮޅު މީހުން މަދުއިރު )

މާނަ: އޭ މިތުރާއެވެ! މާދަމާ ވިއްސާރަ އަލިއްޔާ މިރަށުން ފުރާނަމެވެ. އިރާކޮޅު މަގުމަތީގައި މީހުން މަދުވާ ވަގުތު ޢިޝާނަމާދަށް ގޮވާއިރު، އަވަށު ކައިރި އެކަހެރި މަގަކުން އަޅުގަނޑާ ބައްދަލުކޮށް ލައްވާށެވެ.

ރައިވަރު: 92

ފާނަމުތަ އިންނަވާ ( އިންނަވާ ފާނަމުތަ )
މާލުވެރިޔަކު ގާތުގާ ( މާލުވެރިޔަކުގެ ގާތުގަައި )

ނާބުހާ ބަސްގެން އަހާ ( ބުނާހާ ބަސްއަހާގެން )

ލާނުބަމަމެން ތޯކޮބާ ( މަމެން ކޮބައިތޯ ބަލާނުލައި )

ކާވަނިޅު ބައްލަވާ ގެންފ ު ( ކައިވެނިފުޅު ބައްލަވައިގެން )

ޅާގޮމަލޯބި ވެތިގެންފު ( ގޮމަފުޅާ ލޯބިވެތިގެން )

މާނަ: މީހުން ބުނާހާ ބަސްއަހާގެން އަހަރެމެން ކޮބައިތޯ ބަލާނުލައި، ގޮމަފުޅާ ލޯބިވެތިގެން ކައިވެނިފުޅު ބައްލަވައިގެން މާލުވެރިޔަކުގެ ގާތުގަައި އިންނަވާ ފާނަމު ހެއްޔެވެ؟

ރައިވަރު: 93

ކީއެއުޅި އިހަށްފާ ( އިހަށް އެކީ އުޅެފައި )
ވީސަފުން ކުށަކާނުލާ ( ސަފުންވީ ކުށަކާނުލައި )

މީހުންގެ ބަސްގެންއަހާ ( މީހުންގެ ބަސްއަހައިގެން )

ފީމުތާ ރަޙުމަތް ކަނޑާ ( ރަޙުމަތް ކަނޑާފީމުތާ )

ވީއެއްކަމެއް ނެތީތާވާ ( ވީއެއްކަމެއް ވާނެތީތާ )

ރީމިތުރު ތިޔާތާވާ ( މިތުރަކީ ތިއައީތާވާ )

މާނަ: އިހަށް އެކީ އުޅެފައި ސަފުންވީ ކުށަކާނުލައި، މީހުންގެ ބަސްއަހައިގެން ރަޙުމަތްތެރިކަމުގެ ގުޅުންް ކަނޑާފީމު ނޫން ހެއްޔެވެ؟

ރައިވަރު: 94

މާއިހަށް އޭރުގާ ( މާއިހަށް އޭރުގައި )
ށާމަވީ ރަޙުމަތް ތިޔާ ( މަށާތިޔަވީ ރަޙުމަތް )

ރާމިތުފުމުން ކަނޑައިލާ ( މިތުރާ ކަނޑައިލައިފުމުން )

ވާނޭތަ ކަމަކަށް ލަފާ ( ލަފާ ކަމަކަށް ވާނޭތަ )

ޔާތިހެން ރުޅިއަރާ އިންދަ ( ތިޔަހެން ރުޅިއަރާ އިންދާ )

އާދަމުރީން ކިބައިންދަ ( އާދަމުދަރީންގެ ކިބައިން )

މާނަ: އާދަމުދަރީންގެ ކިބައިން ތިޔަހެން ރުޅިއަރާ އިންދާ، އޭރުގައި ކުރިން އަހަރެންނާމެދު ބޭއްވި ރަޙުމަތްތެރިކަމުގެ ގުޅުން މިތުރާ ކަނޑައިލުމުން، އެއީ

ލަފާ ކަމަކަށް ވާނެ ހެއްޔެވެ؟

ރައިވަރު: 95

ރަހުމަތެއް ހުރިއްޔާ ( ރަހުމަތެއް ހުރިއްޔާ )
އަހުރެންނަގާ ނުލާށޭ ( އަހަރެން ނަގާނުލާށޭ )

ބަހުގާ ރަނގަޅު ހިފާށޭ ( ބަހުގައި ރަނގަޅު ހިފާށޭ )

ފަހުފިކުރު ގަދަކުރާށޭ ( ފަހުފިކުރު ގަދަކުރާށޭ )

ގަހުދެ ގޮފިދޭތެރޭ ވެފާ ( ގަހުދެ ގޮފިދޭތެރޭ ވެފާ )

މަހުރި މިހާރު ދަތިވެފާ ( މަމިހާރު ހުރީ ދަތިވެފާ )

މާނަ: ރަހުމަތެއް ހުރިއްޔާ އަހަރެން ނަގާނުލާށެވެ. އަހަރެންގެ ބަހުގައި ރަނގަޅު ހިފާށެވެ. އަދި ފަހުފިކުރު ގަދަކުރާށެވެ. ގަހުދެ ގޮފިދޭތެރޭ އަހަރެެން މިހާރު ހުރީ ދަތިވެފައެވެ.

ރައިވަރު: 96

އޭބޮަޑާ ކަމެއްމީ ( އޭ! މިއީ ބޮަޑާކަމެއް )
އޭބަލަގަ މިދުނިޔެމަތީ ( އޭބަލަ! މިދުނިޔެމަތީ )

ޅޭ އުކަމަކަށް ރަކުފަގީ ( ފަގީރަކު އުޅޭ ކަމަކަށް )

ތޭނުރުހެ ހަކު މިރަށުމީ ( މިރަށު މީހަކު ނުރުހޭނެތެ )

ކޭގޮތެ މިތާ އަންނަމުންވަ ( މިތާވަމުން އަންނަގޮތެކޭ )

މޭމަ އަޖައިބު މިކަމުންވަ ( މަމިކަމުން އަޖައިބުވަމޭ )

މާނަ: އޭ! މިއީ ބޮަޑާކަމެކެވެ. ބަލާބަލާށެވެ! މިދުނިޔެމަތީ ފަގީރަކު އުޅޭ ކަމަަށް މިރަށު މީހަކު ނުރުހޭނެއެވެ. މިއީ މިތާ ކަންތައް ވަމުން އަންނަގޮތެކެވެ. އަހަރެން މިކަމުން އަޖައިބުވަމެވެ.

ރައިވަރު: 97

ގީރުފަ މިފަދަ އަޅާ ( މިފަދަ ފަގީރު އަޅާ )
ހީލަތް ތެރިޔަކަށް ހަދާ ( ހީލަތްތެރިއަކަށް ހަދާ )

މީގެ އިހު އުޅިއެކީފާ ( މީގެ އިހުއެކީ އުޅެފައި )

ލީފަހުން ރަޙުމަތް ކަނޑާ ( ފަހުން ރަޙުމަތް ކަނޑާލީ )

ވީމޮޅިނުމުން ހިތުގެ ނިއުޅު ( ހިތުގެ މޮޅި ނިއުޅުމުންވީ )

ނީމޭ ހާލު އެކަނި އުޅު ( އެކަނި ހާލުއުޅުނީމޭ )

މާނަ: މީގެ އިހުއެކީ އުޅެފައި މިފަދަ ފަގީރު އަޅާ ހީލަތްތެރިއަކަށް ހަދާ، ފަހުން ރަޙުމަތްތެރިކަމުގެ ގުޅުންް ކަނޑާލީއެވެ. އެހެން ހެދުމުން އަހަރެންގެ ހިތް މޮޅިވެ އަހަރެން އެކަނި ހާލުއުޅުނީމެވެ.

ރައިވަރު: 98

ނޭކަ ނިކަމެތި އަޅާ ( ނިކަމެތި ނޭކަ އަޅާ )
ގޭ އޮތަސް މަރުގިލަނުގާ ( މަރުގިލަނުގައި ގޭގައި އޮތަސް )

ޅޭ އުހާލެއް ބަލާހާ ( އުޅޭ ހާލެއް ބަލާހާ )

ތޭނެ މީހަކު އެކުލަވާ ( އެކުލަވާ މީހަކު ނެތޭ )

ނޭތި ދެކަމުން ނުވާނިވެރި ( ތިރިވެ ނިވާނުވާނޭ ދެކަމުން )

ނޭމަމިވީ އެކަނިވެރި ( ނޭއެކަނިވެރި މިވީ )

މާނަ: އަހަރެެން އެކަނިވެރި މިވީއެވެ. ތިރިވެ ނިވާނުވާނޭ ދެކަމުން ނިކަމެތި އަޅާ މަރުގިލަނުގައި ގޭގައި އޮތަސް އަހަރެން އުޅޭ ހާލެއް ބަލާނޭ މީހަކު މިއަދަކު ނެތެވެ.

ރައިވަރު: 99

ކޮޅިވައިތެރޭގާ ( ކޮޅިވައިތެރޭގައި )
ތޮޅިވެރޭހެން ގަހުގެމާ ( މާގަހުގެ ތޮޅިވެރޭހެން )

މޮޅިވެރިކަމުގެ ކަނޑެއްގާ ( މޮޅިވެރިކަމުގެ ކަނޑެއްގައި )

ދޮޅިނުހިކި ހުންނަމެ އަނާ ( ދޮޅިނުހިކި އަނާ ހުންނަމެ )

ހޮޅިރާޅު ސަހެތެރޭވާމަ ( ހެސަހޮޅި ރާޅުތެރޭ މަވާ )

އޮޅިބުއްދީން ރޮއިރޮއިމަ ( އޮޅިބުއްދީން މަރޮއިރޮއި )

މާނަ: ކޮޅިވައިތެރޭގައި މާގަހުގެ ތޮޅިވެރޭހެން، ހެސަހޮޅި ރާޅުތެރޭ މޮޅިވެރިކަމުގެ ކަނޑެއްގައި އޮޅިބުއްދީން މަރޮއިރޮއި، ދޮޅިނުހިކި އަނާ ހުންނަމެވެ.

ރައިވަރު: 100

ވާލިބޭ ހިތަށް ފަރު ( ހިތަށް ފަރުވާލިބޭ )
ވާކަމެކެމީ ފަހުން މަރު ( ފަހުން މަރު ވާކަމެކެމީ )

ވާލައިފުމުން ހިތަށްއަރު ( ހިތަށް އަރު ވާލައިފުމުން )

ތާފެނަށް އެރި ރޮމޭކަރު ( ކަރުތާ ފެނަށް އެރި )

މާލުން ރުލޯ ހެވެމުންފު ( ރުމާލުން ލޯފުހެވެމުން )

ޅާ މަދެލޯ ގޮވަމުންފު ( މަދެލޯ ފުޅާ ގޮވަމުން )

މާނަ: ހިތަށް އަރު ވާލައިމުން ހިތަށް ފަރުވާލިބެއެވެ. ނަމަވެސް ފަހުން ދެލޯފުޅާއޭ ގޮވަމުން ރުމާލުން ދެލޯފޮހެމުން ކަރުތާ ފެނަށް އެރި މަރުވާވަރުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.