މާޅޮސް ލީގު 2019 ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައި “ދަނޑި ސްޕޯރޓްސް” އިން މާޅޮސް ލީގު ޗެމްޕިއަންކަން ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިއްޖެ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން އަލަށް ހޯދި ދަނޑި ސްޕޯރޓްސް އާއި ވާނުވާ ބައްދަލުކުރި ފައިނަލް މެޗް ދަނޑި ސްޕޯރޓްސް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ދަނޑި ސްޕޯރޓްސްގެ ގޯލްތައް އަހްމަދު އާރިފް އާއި އަހްމަދު ހާފިޒް ޖަހައިދީފައިވާއިރު، ވާނުވާގެ ގޯލު ޖަހައިދިނީ އިރުފާން އާދަމް ނަސީރު އެވެ.

ފުރަތަމަ ހާފުގެ 17 ވަނަމިނިޓްގައި ހިލޭޖެހުމަކުން އަހްމަދު ހާޒިފް ދަނޑި ސްޕޯރޓްސް އަށް ކާމިޔާބުކޮށްދިން ގޯލުގެ އިތުރުން، ފުރަތަމަ ހާފުގައި އިތުރު ގޯލެއް ނުފެނުނު ނަމަވެސް ދެޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތު ލިބި ބޭނުން ނުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު މެޗްގެ 59 ވަނަ މިނިޓްގައި އަހްމަދު އާރިފް ގޯލެއްް ޖަަަަހައި ދަނޑި ސްޕޯރޓްސް އަށް ލީޑު ފުޅާކޮށްދިިިންްއިރުު، ވާނުވާ އިން ލަނޑެއް ޖެހުމަށް ކުރަމުންއައި މަސައްކަތަށް މަޑުޖެހުމެއް ނާދެއެވެ. 74 ވަނަ މިނިޓްގައި އިރުފާން އާދަމް ނަސީރު ވާނުވާއަށް ގޯލެއް ޖަހައިދީ ނަތީޖާާާާގެ ފަަރަަގު ވަަނީ ކުުޑަަކޮޮށްްދީީީީފަައެެވެ.

ފައިނަލްމެޗްގެ މޮޅުކުޅުންތެރިއަކަށް ދަނޑި ސްޕޯރޓްސްގެ އަހްމަދު އާރިފް ( އާރީ ) ހޮވިފައިވާއިރު، މުބާރާތުގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ފުރަތަމަ ޑިވިޝަންގެ ޓީސީ ސްޕޯރޓްސް އަށް ކުޅެމުން އަންނަ އާރީ ވަނީ މިމުބާރާތުގައި 6 ގޯލް ޖަހައިފައެވެ.

މުބާރާތުގެ ޑްރީމް ޓީމުގެ ގޮތުގައި 9 ކުޅުންތެރި ހޮވާފައިވާއިރު، އެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޗެމްޕިއަން ދަނޑި ސްޕޯރޓސްގެ އަހްމަދު އާރިފް އާއި އަލީ ނާއިޒް، ވާނުވާ ޓީމުގެ އަހްމަދު އަމްޖަދު އާއި މުޙައްމަދު ސަފްރާޒް އަދި އެޓީމްގެ މުޙައްމަދު އިނާސް، ކުލަބް އަލްފާގެ އަހްމަދު ފާރިސް އާއި އިސްމާއިލް ވިފާގް، ދަނޑި ޔުނައިޓެޑްގެ އާދަމް ސަހީމް އާއި އަހްމަދު އަފްރާހް އެވެ. މުބާރާތުގެ އެންމެމޮޅު ކުޅުންތެރިއަކަށް ވާނުވާޓީމްގެ އަހްމަދު އަމްޖަދު ހޮވިފައިވާއިރުު، ފެއަރޕުލޭޓީމަކީ ކުލަބް އަލްފާ ވޯވޯ އެވެ. އެންމެމޮޅު ކޯޗަކީ ދަނޑި ސްޕޯރޓްސްގެ ކޯޗް އަލީ ސަހީމް އެވެ.

ފޮޓޯ: މާޅޮސް ލީގު ފޭސްބުކް ޕޭޖް

މުބާރާތް އިންތިޒާމްކުރާ މާޅޮސް ކައުންސިލްގެ އުންމީދަކީ އަންނަ އަހަރު ވެސް މިމުބާރާތް ކުރިޔަށް ގެންދިއުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.