އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ ފަހަތުން އަރައި، 1-3 ގެ ނަތީޖާއަކުން ވެސްޓްހަމް ޔުނައިޓެޑް ބަލިކުރުމަށްފަހު، އާސެނަލް އެންމެ ފަހުން މޮޅެއް ހޯދައިފިއެވެ.
ވެސްޓްހަމް ޔުނައިޓެޑް ގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފު ނިމެން އުޅެނިކޮށް، ޕަބްލޯ ފޯނަލްސް ނަގައިދިން ހުރަހަކުން އެންޖެލޯ އޮގްބޮންނާ ވަނީ ގޯލެއް ޖަހައި، ވެސްޓްހަމް އަށް މެޗުގެ ލީޑު ހޯދައިދީފައެވެ. ފުރަތަމަ އެގާރަ އަށް ބައެއް ބަދަލުތަކެއް ގެނެސްގެން އާސެނަލް މި މެޗަށް ނިކުތް ނަމަވެސް، ފުރަތަަމަ ހާފުގައި އެ ޓީމުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ނުދެއެވެ.
އާސެނަލް އިން ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން ހަމަލާތަކެއް އުފެއްދުމުގެ ނަތީޖާއަކަށްވީ މެޗުގެ 60 ވަނަ މިނެޓުގައި މެޗުގައި މޮޅުކުޅުމެއް ދެއްކި އެޓީމުގެ ހުނަރުވެރި ޒުވާން ފޯވާޑް ގެބްރިއަލް މާޓިނެއްލީ ގޯލެއް ޖަހާ އާސެނަލް އަށް އުންމީދު ގެނެސްދިނުމެވެ. އާސެނަލް އިން މެޗުގެ ލީޑު ހޯދީ އޭގެ ހަ މިނެޓް ފަހުން އޮބަމަޔަންގް ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިކޮލަސް ޕެޕޭ ކާމިޔާބުކޮށްދިން ގޯލުންނެވެ. މި މެޗުގައި ޕެޕޭ ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އާސެނަލްގެ ތިންވަނަ ގޯލު ޕެޕޭ ތަނަވަސްކޮށްދިން ފުރުސަތަކުން 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮބަމަޔަންގް އެވެ.
މި މެޗު ފެށުމުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި އާސެނަލްގެ ޑިފެންޑަރު ހެކްޓަރ ބެލެރިން އަށް އަނިޔާވެފައިވާއިރު، ފުރަތަަމަ ހާފުގައި އެޓީމުގެ ޒުވާން ޑިފެންޑަރު ކިއެރެން ޓިއާރނީ އަށް އަނިޔާވެގެން ވަނީ ބާލާފައެވެ.
މި މެޗުން މޮޅުވުމާއެކު، އާސެނަލް އިން ވަނީ އެންމެ ފަހުން ކުޅުނު 9 މެޗުން ވެސް މޮޅެއް ނުހޯދި އޮތްއޮތުން ނިމުމަކަށް ގެނެސްފައެވެ. ކުޅުނު 16 މެޗުން 22 ޕޮއިންޓް ހޯދައިގެން އާސެނަލް ވަނީ ތާވަލުގެ 9 ވަނަ އަށް ޖެހިލާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި