ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް އެޗް ގައި ރޭ ލިއްލޭ ގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރިހޯދައިގެން ޗެލްސީ އިން ގަދަ 16 ގެ ޖާގަ އެއް ކަށަވަރުކޮށްފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ 19 ވަނަ މިނެޓުގައި ޒުވާން ހުނަރުވެރި ފޯވާޑް ޓެމީ އަބްރަހަމް ވަނީ ގޯލެއް ޖަހާ ޗެލްސީ އަށް މެޗުގެ ލީޑު ނަގައިދީފައެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާތަކެއް އުފެއްދި، ޗެލްސީގެ ދެވަނަ ގޯލު އެމަސަން ތަނަވަސްކޮށްދިން ފުރުސަތަކުން 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަޒްޕްލިކުއެޓާ އެވެ. ލިއްލޭގެ ގޯލު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޮއިކް ރެމީ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދިއުމުގެ ފުރުސަތު އަޔެކްސް އަށް ގެއްލުނީ އަމިއްލަ ދަނޑުގައި ވެލެންސިއާ އަތުން 0-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.
މެޗުގެ ހަމައެކަނި ގޯލު ފުރަތަަމަ ހާފުގެ 24 ވަނަ މިނެޓުގައި ފެރެން ޓޯރެސް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން އަޔެކްސް އިން މޮޅަށް ކުޅެ، ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް ވެލެންސިއާގެ ގޯލު ފޫއަޅުވާލުމަށް ވަނީ ނުކުޅެދިފައެވެ. ގިނަ އަދަދެއްގެ ރީނދޫ ކާޑުތަކެއް ދެ ޓީމުގެ ކުޅުންތެރިންނަށް ދެއްކި މި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަކާއި ގުޅިގެން ވެލެންސިއާގެ ގެބްރިއަލް ޕައުލިސްޓާ އަށް 90 ވަނަ މިނެޓުގައި ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް އެޗް ގައި ކުޅުނު 6 މެޗުން ލިބުނު 11 ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އިން ވެލެންސިއާ ޖާގަ ކަށަވަރުކުރި އިރު، ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެވަނަ ޓީމުގެ ގޮތުގައި ޗެލްސީ ވެސް ވަނީ ގަދަ 16 ގެ ޖާގަ ކަށަވަރުކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ މިދިޔަ ސީޒަނުގައި ސެމީފައިނަލަށް ދަތުރުކުރި އަޔެކްސް މިފަހަރު މިވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ފެއިލްވުމުން، ޔޫރޮޕާ ލީގުގެ ނޮކްއައުޓް ސްޓޭޖުން ޖާގަ ލިބިފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި