“ޑްރީމް ގާލް” ފަދަ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ބޮލީވުޑުގެ އެކްޓަރެސް ނުޝްރަތް ބަރޫޗާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ނުޝްރަތު ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ނ. އަތޮޅުގައި އޮންނަ “ދަ ސަން ސިޔާމް އިރު ފުށި މޯލްޑިވްސް” ރިސޯޓުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ދަތުރުގެ އެކި ފޮޓޯތައް ނުޝްރަތު ދަނީ ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ނުޝްރަތު ރާއްޖެ އައިސްފައިވަނީ އޭނާގެ ރަހުމަތްތެރިއަކާ އެކުގައެވެ.
އުމުރުން 34 އަހަރުގެ ނުޝްރަތު އެންމެ ފުރަތަމަ ފެނިފައި ވަނީ ޑެއިލީ ސޯޕްތަކުންނެވެ. އަދި އެންމެ ފުރަތަމަ ބޮލީވުޑަށް ނިކުތީ 2009 ވަނަ އަހަރު ނެރުނު “ކަލް ކިސްނޭ ދޭކާ” އިންނެވެ. ނަމަވެސް އެ ފިލްމު ފްލޮޕަކަށް ވެގެން ދިޔުމުން އޭނާ މަގުބޫލުވާ ގޮތެއް ނުވި އެވެ.
އެންމެފަހުން ނުޝްރަތަށް ބޮޑު ކާމިޔާބީއެއް ލިބިފައި ވަނީ 2015 ވަނަ އަހަރު ނެރުނު “ޕިޔާރު ކާ ޕަންޗް ނާމާ 2” އިންނެވެ.
“ސޯނު ކެ ޓީޓޫ ކި ސުވިޓީ” އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ނުޝްރަތު ދެން އެންމެ އަވަހަށް ފެނިގެންދާނީ ހަންސަލް ޑައިރެކްޓު ކުރާ ފިލްމު “ތުއްރާމް ހާން” އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 14 އޭޕްރިލް 2025ޚަބަރުރާއްޖެއަށް މަރުހަބާ! މިއަދުގެ އެންމެ ސަޅި ހުށައެޅުން “ޓޫ އޮފް އަސް” އަށް – ވީޑިއޯ
- 14 އޭޕްރިލް 2025ޚަބަރުއަނޫ މަލިކްގެ ހިތް “ޓޫ އޮފް އަސް” އިން އަތުލައިފި
- 14 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ދެވަނަ ހުށައެޅުން މިއަދު ހަވީރު
- 14 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކިން މާދަމާ ފަށަނީ