އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީ އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން ބަލިވުމުން، އާސެނަލް އަށް އިތުރު ހިތްދަތިކަމާއި ކުރިމަތިވެއްޖެއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ތިން ގޯލު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. މެޗު ފެށުނުތަނާ ސިޓީ އިން ވަނީ ގޯލެއް ޖަހާ ލީޑު ނަގާފައެވެ. ގެބްރިއަލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތަކުން ދެވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޭނާ އެވެ. މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެމުންދިޔަ ސިޓީ އިން 15 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ވަނީ ފުޅާކޮށްފައެވެ. ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. ސިޓީގެ ތިންވަނަ ގޯލު ފުރަތަަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ވެސް ފުރަތަަމަ ގޯލު ކާމިޔާބުކޮށްދިން ޑިބްރޭނާ އެވެ. މި މެޗުގައި އާސެނަލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ސިޓީގެ ގޯލަށް އަމާޒުކޮށްލެވިފައި ވަނީ އެންމެ ހަމަލާއެއްކަން ފާހަގަކޮށްލެވެއެވެ.
ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީ އިން އާސެނަލް އާއި ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ޖުމްލަ 7 ފަހަރު ދެ ޓީމު ބައްދަލުކޮށްފައިވާއިރު، 6 މެޗުން ސިޓީ މޮޅުވެ، 1 މެޗު ވަނީ އެއްވަރުވެފައެވެ. އާސެނަލް އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 6 މެޗުން ވެސް މޮޅެއް ހޯދިފައިނުވެއެވެ.
މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑިބްރޭނާ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައިވަނީ ލިވަޕޫލް އަށް ވުރެ 14 ޕޮއިންޓް ފަހަތުގައި އޮތްނަމަވެސް، ސިޓީ އިން ދޫ ނުދޭނެ ކަމަށެވެ. ކުޅުނު 17 މެޗުން 35 ޕޮއިންޓް ހޯދައިގެން ސިޓީ ތާވަލުގެ ތިންވަނައިގައި އޮތްއިރު، އާސެނަލް އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި