ބޮލީވުޑްގެ ބަތަލާ ކިއާރާ ހުރީ ސިންގަލްކޮށް ކަމަށް އޭނާ ބުނެފިއެވެ.
“އަހަރެން މިހާރު ސިންގަލް. ބޭނުންވަނީ އަހަރެންދެކެ ލޯބިވާ މީހެއް. އަހަރެން، އަހަރެންގެ ގޮތުގައި ބަލައިގަންނާނެ މީހެއް. ދެމީހުންގެ ދެމެދުގައި އިމޯޝަނަލް ގުޅުން ވަރަށް ބޮޑަށް ބަދަހި ވާންޖެހޭނެ.” ކިއާރާ ބުނެފައި ވެއެވެ.
“އަހަރެންނަށް ފެނިފަ އެބަހުރި ސްކޫލް ދުވަސްވަރުން ފެށިގެން އެކީގައި އުޅޭ މީހުން. އެމީހުންގެ ގުޅުން އެހާ ދުވަހު ދެމިއޮތުމަކީ އެމީހުންގެ ނަސީބު ގަދަކަން. ނަމަވެސް އަހަރެންގެ ގުޅުމެއް އެގޮތަށް ދެމިގެނެއް ނުދިޔަ. ބޭނުންވަނީ ވަރަށް ބޮޑަށް އަހަރެން ދެކެ ލޯބިވާނެ މީހެއް، މިހާރު މިހޯދަނީ އެކަހަލަ މީހެއް.” ކިއާރާ ބުނެފައިވެއެވެ.
ކިއާރާ ބުނީ، އޭނާއަކީ ޑޭޓިން އެޕްސް ބޭނުން ކުރާމީހެއް ނޫންކަމަށެވެ. ޑޭޓިން އެޕް ބޭނުންކުރުމަކީ ބްލައިންޑް ޑޭޓަށް ދިއުން ކަމަށްވެސް ކިއާރާ ވަނީ ސިފަ ކޮށްފައެވެ.
މިވަގުތު އެންމެ މުހިއްމު ކަމެއް ދީގެން ކުރިއަށްދަނީ މިމަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު “ގުޑް ނިއުސް”ގެ ޕްރޮމޯޝަން އަށް ތައްޔާރުވުން ކަމަށްވެސް ކިއާރާ ވަނީ ބުނެފައެވެ.
2020ވަނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކިއާރާގެ ފިލްމު ތަކުގެ ތެރޭގައި “ލާކްސްމީ ބޮމް” އާ “އިންދޫ ކި ޖަވާނީ” މީގެ އިތުރުން “ބޫލް ބުލައްޔާ2” އަދި “ޝޭޝާހް” ހިމެނެއެވެ.
2020ވަނަ އަހަރު ވެގެން ދާނީ ކިއާރާއަށް ކާމިޔާބު އަހަރެއްގެ ގޮތުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ