ސެމްސަންގް ގެލެކްސީ އެސް 11 އަންނަ އަހަރުގެ ފެބްރުއަރީ 18 ގައި ބާސެލޯނާ ގައި އޮންނަ މޯބައިލް ވޯލްޑް ކޮންގްރެސް ގައި ލޯންޗު ކުރާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
2020 ވަނަ އަހަރު ބާޒާރަށް އެންމެ އަވަހަށް ނެރޭނެ ކަމަށް ބެލެވޭ ސެމްސަންގް ގެ މި ފްލެގްޝިޕް ސްމާޓް ފޯނުގައި ބޮޑެތި ބަދަލުތަކެއް ހުންނާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެެވެ. ޚާއްޞަކޮށް ފޯނުގެ ފަރުމާ އާއި، ކެމެރާ އަދި ސްކްރީނަށް ޒަމާނީ އެންމެ ފަހުގެ ބަދަލުތައް ގެންނާނެ ކަމަށް ވެސް ޓެކްނޮލޮޖީގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ކޮންމެއަކަސް ޓެކްނޮލޮޖީގެ ޚަބަރުތައް ދިރާސާކުރާ “ލެޓްސް ގޯ ޑިޖިޓަލް” ގެ ޓީމުން މިވަނީ ގެލެކްސީ އެސް 11 ގެ އެންމެ ފަހުގެ ޚަބަރުތައް ސެމްސަންގް ގެ ސަޕޯޓަރުންނާއި، ވަފާތެރިންނާ ހަމައަށް ތިލަކޮށްދީފައެވެ. އެޓީމުން ބުނާގޮތުގައި 2020 ވަނަ އަހަރުގައި ވެސް ސެމްސަންގް ކުންފުނިން ގެލެކްސީ އެސް 11 ގެ ތިން މޮޑެލް އެއް ތަޢާރަފުކުރާނެއެވެ. އެއީ ގެލެކްސީ އެސް 11، ގެލެކްސީ އެސް 11 އީ އަދި ގެލެކްސީ އެސް 11 ޕްލަސް އެވެ. ގެލެކްސީ އެސް 11 އީ އެހެން މޮޑެލް ތަކަށް ވުރެ ސައިޒުން ކުޑަވާނެއެވެ.
ދުނިޔޭގެ މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުން 5ޖީ އާއި ދިމާލަށް މިސްރާބު ޖަހާފައިވުމުން މި ހުރިހާ މޮޑެލްތަކުގައި ވެސް 4ޖީ ގެ އިތުރުން 5ޖީ ލިބެން ހުންނާނެއެވެ. ގެލެކްސީ އެސް 11 އަދި އެސް 11 ޕްލަސް ގެ ފަހަތުގައި 5 ކެމެރާ ހުންނާނެކަމަށް ބުނެވޭއިރު، ފޯކަސް ކުރުމުގެ ބައި ވަރަށް ބޮޑުތަން ރަނގަޅުވާނެ ކަމަށް ވެސް ލެޓްސް ގޯ ޑިޖިޓަލް ގެ ޓީމުން ވަނީ ބުނެފައެވެ. އެންމެ ފަހުގެ އެމޯލެޑް ސްކްރީން ޓެކްނޮލޮޖީ މި ފޯނުތަކުގައި ބޭނުންކުރާއިރު، ކުއަލްކޮމްގެ އެންމެ ފަހުގެ ފިންގަރ ޕްރިންޓް ޓެކްނޮލޮޖީ ވެސް މި ފޯނުތަކުގައި ހިމަނާނެއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް ފޯނުތަކުގެ ކުލަތައް ރީތިވެފައި، ބެޓެރީގެ ބާރު ގަދަވާނެކަމަށް ވެސް ލެޓްސް ގޯ ޑިޖިޓަލް ގެ ޓީމުން ވަނީ ބުނެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި