ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް 17 ޑިސެމްބަރު 2018 ގައި ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ މުނިއަވަސް އަށް މިއަދު މި ފުރުނީ ކާމިޔާބު އެއް އަހަރެވެ. ފާއިތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި މުނިއަވަސް މިހާ ކާމިޔާބުކަމާއެކު ހިންގުނީ ފަންނުވެރިންނާއި ކިޔުންތެރިންގެ ފަރާތުން ކެނޑިނޭޅި ލިބެމުން އަންނަ އެއްބާރުލުމުގެ ސަބަބުންކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
ފަންނުވެރިން މުނިއަވަސް އަށް ކުރަމުން އަންނަ އިތުބާރަކީ މުނިއަވަސް ހިންގުމަށް ލިބޭ އެންމެ އަގުހުރި ހަކަތައެވެ. ފަންނާނުންގެ މަސައްކަތްތައް އެންމެ ތާޒާކޮށް، އެންމެ އިތުބާރުހިފޭ ގޮތަށް ގެނެސްދިނުމަކީ ތާ އަބަދުމެ މުނިއަވަސްގެ އަމާޒެވެ. އެކަން ޙާޞިލްވަނީ ފަންނާނުންގެ މެދުގައި މުނިއަވަސް އަށް ލިބިފައިވާ މަޤްބޫލުކަމުގެ ސަބަބުންނެވެ.
މުނިއަވަސްގެ ފުރަތަމަ އަހަރީދުވަސް ފާހަގަކުރާއިރު، ފަންނާނުން މި އޮންލައިން އާމެދު ދެކޭ ގޮތް ގެނެސްދިނުމަށް މަސައްކަތްކޮށްލީމެވެ. ފަންނުވެރިންގެ ފަރާތުން ލިބިގެންދިޔަ ކޮމެންޓްތަކުން މުނިއަވަސް ހިންގުމަށް އިތުރު ހިތްވަރެއް ލިބިއްޖެއެވެ. މި ގެނެސްދެނީ ފަންނުވެރިކަމުގެ ދާއިރާގެ ބައެއް ފަންނާނުން މުނިއަވަސް އާމެދު ދެކިލައްވާ ގޮތެވެ. ފަންނުވެރިންގެ ކޮމެންޓްތައް މި ގެނެސްދެނީ ވަކި ތަރުތީބަކުންނޫނެވެ.
ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދި ލިޔުންތެރިޔާ ފާޠިމަތު ނަހުލާ
“މުނިއަވަސް އަކީ އަޅުގަނޑުމެން އެންޓަޓެއިންމެންޓް ދާއިރާގެ ހުރިހައި މަޢުލޫމާތުތަކެއް އެންމެ އަޕްޑޭޓްކޮށް ގެނެސްދޭ އޮންލައިން ނޫސް. މީ އަޅުގަނޑުމެން އެންޓަޓެއިންމެންޓް ދާއިރާގެ އެންމެ ގާތް އެކުވެރިޔާ. މުނިއަވަސް ގައި ލިޔެފައިވާ ލިޔުންތަކަކީ ވެސް ފެންވަރު ރަނގަޅު، ރީތި ލިޔުންތަކެއްކަން ފާހަގަކުރެވޭ. އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ފޭނުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ އޮންލައިން ނޫހެއް.”
އެކްޓްރެސް އަދި ޕްރޮޑިއުސަރ ނިޢުމާ މުޙައްމަދު
މުނިއަވަސް އަކީ ފަންނާނުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ، ފަންނާނުންގެ ވަރަށްގިނަ ޚަބަރުތައް ގެނެސްދޭ، ފިލްމީ ދާއިރާގެ ފިލްމީ މަސައްކަތްތަކާ އަދި ވަކިވަކިން ފަންނާނުންގެ އެކިއެކިމަސައްކަތްތަކާ ބެހޭގޮތުން ވަރަށް ގިނަ ޚަބަރުތައް އާއްމުންނަށް ގެނެސްދޭ ނިއުސް އެއް. މީހާރު އަޅުގަނޑުގެވެސް އެންމެ ފޭވަރިޓް.
އެކްޓަރ/ޑައިރެންޓަރ އަޙްމަދު ސަޢީދު
“އާދެ، މުނިއަވަސް ނޫހަކީ ރާއްޖޭގެ ފަންނުވެރިންނަށް ލިބުނު ވަރަށް ބޮޑު ނިޢުމަތެކޭ އަޅުގަނޑު ދަންނަވާނީ. ސަބަބަކީ މުނިއަވަސް ނޫސް ވުޖޫދަށް އައުމާއެކީ ހަމަ އެކަނި އަޅުގަނޑުމެންގެ ފަންނާނުންގެ އުފެއްދުންތަކަށް، ނޫނީ އެބޭފުޅުންގެ ޚަބަރުތަކަށް އިސްކަން ދީގެން ގެންދާ ނޫހެއް މުނިއަވަސް ނޫނީ ނޯންނާނެ. އަދި އޭގެ އިތުރުން މުނިއަވަސް އަކީ ވަކި ފަންނެއް، ވަކި ބަޔަކަށް އިސްކަންދީގެން ވެސް އެކަން ކުރާ ބައެއް ނޫން. މުނިއަވަސް ނޫހުން ބަލާނީ ފަންނުވެރިންގެ ހުރިހާ އުފެއްދުންތަކެއް ވީހާވެސް އަވަހަށް، އެންމެ ގާތުން ކިޔުންތެރިންނަށް ފޯރުކޮށްދެވޭތޯ. އެހެންވީމަ އަޅުގަނޑު ހަމަ ވަރަށް ބަލައިގަންނަ ނޫހެކޭ އަޅުގަނޑު ދަންނާވާނީ، އަދި މި ފުރުޞަތުގަ މުނިއަވަސް ނޫހުގެ އެންމެހާ ހީވާގި ލިޔުންތެރިންނަށާ މަސްޢޫލުވެރިންނަށް އަޅުގަނޑުގެ ފަރާތުން ތަހުނިޔާ ދަންނަވަން. ޝުކުރިއްޔާ.”
އެކްޓަރ/ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން
“މުނިއަވަސް އަކީ ރާއްޖޭގަ މިވަގުތު ހިންގާ އޮންލައިން ނޫސްތަކުގެ ތެރެއިން ފިލްމީ ދާއިރާއަށް ނޫނީ އެންޓަޓެއިންމެންޓް އިންޑަސްޓްރީއަށް އެންމެ ފައިދާހުރި އެއް އޮންލައިން ނޫސްކަން ފާހަގަކުރަން. ދެން މިގޮތަށް މި ފާހަގަކުރަނީ ސަބަބުތަކެއް ނެތިއެއް ނޫން. އެންމެ ޚާއްޞަގޮތެއްގަ މީ އެންޓަޓެއިންމެންޓް އިންޑަސްޓްރީގަ ކަންކަން ހިނގަމުން ދާއިރުގަ އެކަންކަން އެންމެ އަވަސްކޮށް، އެންމެ ތަފުސީލުކޮށް އެންމެ ފުރިހަމަ މަޢުލޫމާތާ އެއްކޮށް ގެނެސްދޭ އޮންލައިން ނޫހަކަށް މުނިއަވަސް ވުން އެއީ އެންމެ ޚާއްޞަ އެއްކަމަކީ. ގިނަ ފަހަރަށް މި ފެންނަނީ ހަމަ ބައެއް އެހެން އޮންލައިން ނޫސްތަކުންވެސް މުނިއަވަސް ގަ ލިޔެފަ އޮންނަ ލިޔުން ގާތްގަނޑަކަށް ބުނަންޏާމު ހަމަ ކޮޕީ ޕޭސްޓްކޮށްފަ ހުންނަ ކަހަލަ ގޮތަކަށް ވެސް ބައެއް ފަހަރު ބައެއް އޮންލައިން ނޫސްތަކުން ފެނޭ. އެހެން ވީމަ އެހެން އޮންލައިން ނޫސްތައް ވެސް މުނިއަވަސް ފޮލޯކުރާކަން އެއީ ހަމަ ގައިމުވެސް މުނިއަވަސްގެ ޚަބަރުތަކާ އޭގެ މަޢުލޫމާތާ، އެހެން ބައެއް އޮންލައިން ނޫސްތަކާ އަދި ރައްޔިތުން އޮންނަ ޔަޤީންކަން ކަމަށް މި ބަލަނީ. އެހެންވީމަ އޮންލައިން މުނިއަވަސް އަށް ހަމަ ވަރަށް ބޮޑަށް އެނިވާސަރީ ވީމަޔާ އެއްކޮށް މުބާރިކްބާދީއާ އަދި ހަމަ ކުރިއަށް އޮތް ދުވަސްތަކުގަ މުނިއަވަސް އަށް އިތުރު ކުރިއެރުންތައް ލިބޭނެކަމަށް އުއްމީދުކުރަން. އަދި މުނިއަވަސްގެ ހުރިހާ ސްޓާފުންނަށްވެސް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. އަދި ޚާއްޞަގޮތެއްގަ ރަޝީދުއަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.
އިތުރު ފަންނާނުން، މުނިއަވަސް އާމެދު ދެކިލައްވާ ގޮތްވެސް މި ސިލްސިލާގެ ދަށުން ގެނެސްދެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!