މުނިއަވަސް އާމެދު ދިވެހި ފަންނާނުން ދެކޭ ގޮތް ގެނެސްދެމުން އައި ސީރީޒްގެ މިފަހަރުގެ ބޮޅުގައި ވެސް، ފިލްމީ އަދި މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ، މަޤްބޫލު ފަންނާނުންތަކެއް ހިމަނައިލީމެވެ. މިއީ މުނިއަވަސްގެ ފުރަތަމަ އަހަރީ ދުވަސް، 17 ޑިސެމްބަރު 2019 އާއި ގުޅިގެން ގެނެސްދޭން ފެށި ސިލްސިލާގެ އެންމެ ފަހު ބޮޅެވެ.
ދިވެހި ފަންނާނުންގެ ފަރާތުން މުނިއަވަސް ކުރިއަށް ގެންދިއުމުގައި ލިބެމުން އަންނަ އެއްބާރުލުމާއި ތަރުހީބަށް މުނިއަވަސް ޓީމުގެ ފަރާތުން އަބަދުވެސް ޝުކުރުވެރިވަމެވެ. މުނިއަވަސް އިން ދެމިތިބޭނީ ދިވެހި ފަންނުވެރިންގެ މަސައްކަތްތައް، އެންމެ އަވަހަށް، އެންމެ ތާޒާކަމާއެކު، ޞައްޙަކޮށް ގެނެސްދިނުމުގައެވެ.
އިތުރު ފަންނާނުން މުނިއަވަސް އާމެދު ދެކޭގޮތް ކުރިއަށް އޮތް ތަނުގައިވެސް ގެނެސްދެމުން ގެންދާނަމެވެ.
ކާމިޔާބު ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް
“މުނިއަވަސްއަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ނޫސް މަޖައްލާ.. މުނިއަވަސްއަކީ ވަކި ބަޔަކަށް ބަލައިނުލާ ހަމަ ކޮންމެ ބައެއްގެ، މުނިފޫހިފިލުވުމަށް ހަދާ ފިލްމެއް ވިޔަސް ޑްރާމާއެއް ވިޔަސް ލަވައެއް ވިޔަސް އެންމެ ފުރަތަމަ އެންމެ ފުރިހަމައަށް އެންމެ ފުރަތަމަ އާޓިކަލްއެއް ހެދޭ އެއް ބައެއްކަންވެސް ފާހަގަކޮށްލަން.. މި ފުރުސަތުގައި މުނިއަވަސްގެ މުޅި ޓީމަށް ވަރަށް އުފާވެރި ފުރަތަމަ އަހަރީ ދުވަހަކަށް މަރުހަބާ ކިޔާ ތަހުނިޔާ ފޮނުވަން.”
ޑައިރެކްޓަރ އަދި ކެމެރާމަން ޢަލީ ރަޝީދު (ގޮޅާ)
“ފުރަތަމައިނުންވެސް މުނިއަވަސްއަށް އެއް އަހަރު ފުރުމާއި ގުޅިގެން އެކަމުގެ ޝުކުރު މުނިއަވަސް ޓީމަށާއި އަންމަޑޭއަށް ވަރަށް އިޚުލާސްތެރިކަމާއެކު ދަންނަވަން.. ދެން އަޅުގަނޑު ބުނެލަން ބޭނުންވަނީ މުނިއަވަސްއިން ފިލްމީ ދާއިރާއާއި ތި ބަހައްޓަވާ ގާތްކަމާއި އެކުވެރިކަން އަބަދުވެސް ފެނިގެންދާނެކަމަށް، ޚާއްސަކޮށް އަޅުގަނޑުމެން މި އުފައްދާ އުފެއްދުންތަކުގެ އޮންލައިން ޕާޓްނަރކަން ނަގާ އެ ހުރިހާ ކަމެއް ކޮށްދޭތީވެ.. މުނިއަވަސް ކަހަލަ އޮންލައިން މީޑިއާއެއް، އޮންލައިން ނޫހެއް އޮންނާތީވެ ފިލްމީ ދާއިރާގެ ފަރާތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައިވެސް ވަރަށް އިޚުލާސްތެރި ޝުކުރެއް އަދިވެސް އެއްފަހަރު ދަންނަވާލަން.”
ޕްރޮޑިއުސަރ ޝާނީޒް ޢަލީ
“މީގެ ކުރިން ދިވެހިރާއްޖޭގެ އެއްވެސް މީޑިއާއަކުން ފިލްމީ ދާއިރާއަށް ނުދޭވަރުގެ އަހަންމިއްޔަތުކަމެއް މުނިއަވަސްއިން މި ވޭތުވެދިޔަ އެއް އަހަރުދުވަހުގެ ތެރޭގައި ފިލްމީ ދާއިރާގެ ކަންތައްތަކަށް ދީފައި ވާތީވެ ހަމަ ވަރަށް ޚާއްސަ ޝުކުރެއް މުނިއަވަސްގެ މުޅި ޓީމަށް ދަންނަވަން.. ހަމައެއާއެކު އަޅުގަނޑު އުއްމީދުކުރަނީ ކުރިއަށް އޮތްތަނުގައިވެސް މުނިއަވަސްއިން މިހާރުވެސް ފިލްމީ ދާއިރާގެ ޚަބަރުތައް އާންމުންނަށް ގެނެސްދޭން ތިކުރާ މަސައްކަތް މިހާރެކޭ އެއްގޮތަށް ބަރާބަރަށް ކުރިއަށް ގެންދާނެކަމަށް.. ހަޤީޤަތަކީ މުނިއަވަސް ވުޖޫދުވެގެން އައުމަކީ ފިލްމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް.. ފިލްމީ ދާއިރާއަށް ލިބުނު ދިރުމެއްކަމަށް އަޅުގަނޑު ސިފަކުރަނީ.”
ހުނަރުވެރި ލަވަކިޔުންތެރިޔާ ހަމޫދު އަޙްމަދު
“މުނިއަވަސްގެ ޓީމަށް މުނިއަވަސްގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަން.. މުނިއަވަސްއަކީ ވަރަށް އަވަހަށް މަސައްކަތްކުރާ ވަރަށް އިތުބާރު ހިފޭ ނިއުސް ޗެނަލްއެއް.. ހުރިހާ ބޭފުޅުންނަށްވެސް އެނގިލައްވާ ގޮތުގައި މުނިއަވަސްއަކީ ވަރަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި ވަރަށް ގިނަ މީހުންގެ، ވަރަށް ގިނަ އާޓިސްޓުންގެ އިތުބާރު ހޯދާފައިވާ ނިއުސް ޗެނަލްއެއް.. އެހެންކަމުން އައި ވުޑް ޓު ލައިކް ޓު ސޭ އިޒް ތިގޮތުގައި ދެމިހުންނާށޭ.. މުނިއަވަސްގެ ހުރިހާ ސްޓާފުންނަށް ހަމަ ސަތޭކައަކުން ސަތޭކަ ދޭވަރުވޭ.”
އަޙްމަދު އަމަން ޢަލީ (ޓޮމް)
“އާދެ! އަޅުގަނޑު ދަންނަވާނީ މުނިއަވަސްއަކީ ފިލްމީ ދާއިރާގައި ފަނޑުވެފައިވާ އަލިކަން އިތުރަށް ދިވެހިރާއްޖެއަށް ގަދަކޮށް ދައްކައިދޭ އަދި މުޅި ދާއިރާއަށް އެހީތެރިވާ އެއް ފަރާތޭ. މުނިއަވަސްގެ ފަރާތުން އަޅުގަނޑުމެންގެ ފަންނާނުންނަށާއި މުޅި ދާއިރާއަށް ލިބިގެންދާ ކުރިއެރުމާއި އަދި އެކި ރޮނގުރޮނގުން މުނިއަވަސްއިން ތި ކުރަމުންދާ ޚިދުމަތަށް ހަމަގައިމުވެސް އަޅުގަނޑު ޝުކުރުވެރިވަން.. މުނިއަވަސް ތިކުރާ މަސައްކަތަށް ހަމަ ފަށްފަށުން ޝުކުރު އަދާކުރަން.”
ބިދަބިން ބޮޑުބެރު ގްރޫޕްގެ މެނޭޖަރ އާއްކޮ
“މުނިއަވަސްއަކީ ވަރަށް ހިތްހަމަޖެހޭވަރަށް ޚަބަރުތައް ތާޒާކަމާ އެއްކޮށް ގެނެސްދޭ އަދި ފަންނާނުންގެ ޚަބަރުތައް ވަރަށް ތާޒާކޮށް ގެނެސްދޭ ނޫހެއްކަމުގައި ދެކެން.”
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”