ކުރިއަރަމުން އަންނަ ރެކޯޑް ލޭބަލް ’އިއްޔަ ރިކޯޑްސް‘ ގެ ކާމިޔާބު ލަވަ “ވަގުތު”ގެ ފިރިހެން ލަވަ މިމަހު 28ގައި ނެރޭނެކަމަށް ބުނެފިއެވެ.

“މާޒީ”ގެ ނަމުގައި ގެނެސްދޭ “ވަގުތު” ލަވައިގެ ދެވަނަ ވާރޝަން ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ގާލާ ރައުންޑާއި ހަމައަށް ދަތުރުކޮށް، ގަދަ ހަޔެއްގައި ހިމެނުނު އަޙްމަދު ފަރަޝް އެވެ.

‘އިއްޔަ ރިކޯޑްސް’ ގެ ސީއީއޯ އުލްޔާ ބުނީ މި ލަވަ އަޑުއަހައިލުމާއެކު ލަވަދެކެ ލޯބިވެވިއްޖެ ކަމަށެވެ. ލަވައިގެ ވީޑިއޯ ޓްރެއިލާއެއް އާއްމުކޮށްފައިވާއިރު އުލްޔާ ބުނީ މި މަހު 28 ގައި މި ލަވަ ނެރުމަށް ނިންމާފައިވަނީ އެ ދުވަހަކީ ‘އިއްޔަ ރިކޯޑްސް’ ގެ ލިރިސިސްޓް އަދި އެކްޓަރުގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ކަމަށެވެ.

މި ލަވައިގެ ވީޑިއޯ ފޭސްބްކަށް ރިލީޒްކުރަން ހަމަޖެހިފައިވާއިރު، ލަވައިގެ އޯޑިއޯ ރިލީޒްކުރާނީ ދިވެހި މިއުޒިކް ސްޓްރީމިން އެޕް ލަވަފޮށްޓަށެވެ.

ހުނަރުވެރި ގިނަ ފަންނާނުންތަކެއް ލައިގެން ހަދާފައިވާ މި ލަވަ ހަމަ ގައިމުވެސް ބެލުންތެރިންނާ އަޑުއެހުންތެރިންނަށް ކަމުދާނެކަމުގެ ޔަޤީންކަން އުލްޔާ މުސްތާޤް ކަށަވަރުކޮށްދެއެވެ.

“މާޒީ” ލަވަ ކޮމްޕޯސްކުރީ ޝާޒް އާއި އިރުފާން އެވެ. ލަވަ އިތުރަށް ފުރިހަމަ ކުރުމަށް މުސްތާޤް މޫސާ ކޮށްފައިވާ މަސައްކަތުން ލަވަ ވަރަށް ބޮޑަށް ފުރިހަމަވެފައި ވާކަން އުލްޔާ ފާހަގަކުރެއެވެ. މީގެ އިތުރުން ލަވައިގެ މިއުޒިކްގައި ވަރަށް ފުރިހަމައަށް ސެކްސޯފޯން ކުޅެފައިވާކަން އުލްޔާ ފާހަގަކުރަނީ އެކަން ކޮށްފައިވާ އައްޒާމަށް ޝުކުރުއަދާކުރަމުންނެވެ.

ފަރަޝް މި ލަވަ ކިޔާފައިވަނީ ވަރަށް މޮޅަށް، ވަރަށް ރީތިކޮށް ކަންވެސް އުލްޔާ ފާހަގަކުރެެެވެ.
ވަގުތު“ ގެ އަންހެން ވާރޝަން ކިޔައި، އޭގެ ވީޑިއޯގައި ހަރަކާތްތެރިވެފައި ވަނީ ޒުވާން، އުންމީދީ ލަވަކިޔުންތެރިޔާ ހަޔާ އަޙްމަދު ޝިހާމް (ހައި)އެވެ.

މީގެ ކުރިން ވާނީ ހަޔާ ގެ ”ވަގުތު“ އަޑު އަހައި ބަލާފައެވެ. ވަގުތެއް ހޯދައިގެ  ”ވަގުތު“ގެ ދެވަނަ ލަވަ “މާޒީ” އަޑުއަހައިލާ މާޒީ ހަނދާންކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟

އިއްޔަ ރިކޯޑްސް‘ ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.